ހުޅުމާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ކުރަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
24 މާޗް 2025 - 11:51
މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އީދު ނަމާދުކުރުން ބޮޑު ޖަމާއަތުގައި އަދި މިސްކިތަކުގައި ވެސް އޮންނާނެ ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނީ މާފަންނަނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ސިންތެޓިކް ޓްރެކާއި ކުރިކެޓް ސްޓޭޑިއަމްގަ އެވެ. ވިލިމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ ބޯޅަދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެެ.
1. އިސްލާމީ މަރުކަޒު
2. މަސްޖިދުލްމަލިކި ސަލްމާން (ސަލްމާން މިސްކިތް)
3. މަސްޖިދުލްފުރުގާން
4. މަސްޖިދުއްނޫރު
5. މަސްޖިދުއް ޝަހީދު އަލީ
6. ތައިބާ މިސްކިތް
7. ދުނބުރި މިސްކިތް
8. ފަނޑިޔާރު މިސްކިތް
9. ބަންޑާރަ މިސްކިތް
10. ސަލާހުއްދީން މިސްކިތް
11. ޖަލާލުއްދީން މިސްކިތް
12. އިބްރާހިމް މިސްކިތް
13. އިސްކަންދަރު މިސްކިތް
14. ވަގުތީ މިސްކިތް ( ބޮޑުގެ )
15. ރަން މިސްކިތް
16. ފައިފުހޭ މިސްކިތް
17. މާފަންނު އާމިސްކިތް
1. މަސްޖިދުއްސަލާމް (ވިލިނގިލި)
2. މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
3. މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
4. މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
5. މަސްޖިދު ހަސަން އާދަމް (ހުޅުމާލެ ފޭސް 2)
6. މަސްޖިދު އަބީބަކުރިނިއްސިއްދީގު (ފޭސް 2 ހުޅުމާލެ)
މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ތަންތަން ހަމަޖައްސާފައިވާ ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ކެންސަލްވެއްޖެ ނަމަ ނަމާދު ކުރާނީ މާލެ ސަރަހްދުގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
ނަމާދަށް ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން މިނިސްޓްރީން އަބަދުވެސް ހަނދާން ކޮށްދެ އެވެ. އޭގެ ތެރޭގައި ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލަ އާއި ފެންފުޅި ގެންދިއުމަށް ސަމާލުވުން ހިމެނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ މި މަހުގެ 31 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރޫ
24 March 2025
މި އަހަރުވެސް އޭ؟ ކޮން އަހަރަކު ތަ އީދު ނަމާދު ނުކުރަނީ؟ އަޖައިބެއް
ޖސގސވ
24 March 2025
ބޮޑު ޖަމާއަތުގެ އިންތިޒަާމުތައް މިހާރު ވަރަށް ކަމުނުދޭ. މިކަމަށް ހޭދަކޮށްލާނެ ހެޔޮމީހަކުވެސް ނެތީތަ؟ ނަމާދަށްދާ އިހުސާސުވެސް ނުވޭ.