ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި މިރޭ ބާއްވާ ފުރަތަމަ ހަފުލާގައި ހިފްޒު ކުރި ދަރިވަރުންތަކެއް.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
26 މާޗް 2025 - 23:20
ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގައުން އާއި ހަނދާނީ ލިޔުން ދެއްވައިފި އެވެ.
ހާފިޒުންނަށް ހަނދާނީ ލިޔުން ދިނީ ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިރޭ ބޭއްވި ހަފުލާގަ އެވެ.
ރައީސް މުއިއްޒު މެޑަލް އެރުވި ހާފިޒުންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކުރެއްވި ހާފިޒުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިވަގުތަށް 250 ކުދިންނަށް ހާފިޒު ކަމުގެ ސަނަދު މިނިސްޓްރީން ދީފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެ ގައުނަކީ އެ ކުދިންނަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ގައުނެއް ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެ ގައުނާ އެކު ތުރުކުރައްވާ ތާކިހާ އުސޫލެއްގެ ތެރެއިން ކުދިންނަށް މިލްކު ކުރެވޭނެ. އަދި އެ ކުދިން ބައިވެރިވެވަޑައިގަންވާ ހާއްސަ ހަފުލާތަކާއި ޖަލްސާތަކުގައި ގުރުއާން ކިޔެވުމާއި ވަޑައިގަނަންވާ ބޭފުޅުންނަށް ހުތުބާ ދެއްވުމާއި މި ކަންކަމަށް އެ ތާކިހާ ބޭނުން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ އެކަމަށް ހާއްސަ ކުރެވިފައިވާ ތާކިހާއެއް. ތާކިހާ އަޅައިގެން ހުއްޓާ ފެނިއްޖިއްޔާ ބައްލަވާ އެއީ ހާފިޒެއް ކަމަށް. އަދި އެ ގައުން ވެސް އެ ކުދިންނަށް މިލްކު ކުރެވޭނެ."
މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ނުލާއި ރަންކުލައިން ފަރުމާކޮށްފައިވާ މި ގައުން އިން ދައްކުވައިދެނީ ރާއްޖޭގެ އިސްލާމީ ތާރީހާއި ސަގާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުހުއްވަތްތެރިކަން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުހަލް ދީދީ
27 March 2025
ކޮބާތަ އެމިހުންނަށް ސަރުކާރުން ދޭ މެޑަލް
މުހައްމަދު.
27 March 2025
ގައުނާއި ތާކިހާ ރާއްޖޭގެ މާހައުލަކާއި ނުގުޅޭ! ތަޖަކިސްތާނު ތުރުކުމަނިސްތާނާއި ގުޅޭ އެމީހުންގެ ޑުރެސްކޯޑު!!!ކޯޓު ފަޓުލޫނު ޓައި އޯކޭ؟ ބޭކާރު ޚަރަދު ކުރުވާ ތަން ފެންނަނީ كُلُوا وَاشْرَبُوا وَلَا تُسْرِفُوا.
ރަނގަޅު ކޮށްލަމާ
27 March 2025
އަންހެން ކުދިންގެ ގައުން އޯޕަން ކޮށްލާފަ އިންނަ ނަމަ ވަރަށް ފުރިހަމަ ވާނެ. ބުރުގާ އަޅާފަ ހުންނަ އިރު އެގޮތަށް ޒިބު އަޅުވާފަ ހުރީމަ އެހާއެއް ނޫން
ޗޫޤީ
27 March 2025
ރައީސްގެ ޚިޠާބު އަޑުއަހާލަން ވަރަށް ޝައުގުވެރިއެވެ. ނަމަވެސް ރައްޔިތުންނަށް ޤުރުއާނަށް އަމަލުކުރެވޭނީ ދައުލަތުން އެކަމަށް މަގުފަހި ކޮށްދިނީމައެވެ. ޤުރުއާނުގައި އޮތީ ހަމައެކަނި ނަމާދުކޮށް ޒަކާތްދޭކަށް ނޫނެވެ. ޤުރުއާނުގައި އަންގަވާފައިވާ އެންމެ މުހިންމު އެއްކަމަކީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމެވެ. ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ މުޖުތަމައެއް އުފެއްދިއްޖެނަމަ ގައުމުގެ މުސްތަގުބަލު ވަރަށް އުޖާލާވާނެއެވެ.
ވިލް
27 March 2025
މިގައުމުގެ ނޫސްވެރިންގެ ނޮހޮރުއްޕާނުން ސަލާމަތް ވެގެން ތިކަން ކުރެވޭނީ…ފިތުނަ އުފެއްދުން ނޫން ކަމެއް ނުކުރޭ
މައްކޫ
27 March 2025
ޤްރުއާން ހިތު ދަސްކުރުމަކީ ތާކިހަލެއް އަޅާ މީހުންނަށް އަންގަންޖެހޭ ކަމެއް ނޫން، އެއީ އެމީހެއްގެ އުހުރަވީ ދުނިޔެއަށް ނުހަނު ރަނގަޅު ޢަމަލެއް، އެއީ މުސާރަވެސް ދޭންޖެހޭކަމެއް ނޫން، ޤުރުއާން އުނގަންނައޮދޭ ފަރާތްތަކަށް ތި ފައިސާ ދިނުމަކީ މާރަގަޅުކަމެއް، ޓެކްސް ފައިސާ ޚަރަދިކުރަންޖެހޭނީ ޓެކްސްޕޭޔަރގެ ބޭނުންތަކަށް.
ބސވަޗަ
27 March 2025
ހިތްވަރެއްގެ ގޮތުންދޭ އެއްވެސއ އެއްޗެއް އަދި ކަމެއްވެސް ގުރުއާންވީމައި ނުކުރަންވީތަ. އެހެން ހުރިހާކަމެއްގައި އޯކޭ. ގުރުއާން ކުރިއަރުވަން ހިތްވަރެއްލާންވީމައި ހަނދެއްނާރަޔޭ އިރެއްނޯއްސެޔޭ. ކޮންސަކަރާތެއް. ގުރުއާން ކުރިއެރުވުމަށް އަޅަނުކުމުގެ ސަބަބުން ވޭތުވި 30 އަހަރުވެސް މިކަން ކުރިނާރަނީ.. ހިފުޒުވާހަކަ މިބުނީ
ޖާދޫ
27 March 2025
ވަރަށްވެސް އުފާވެރި ޙަބަރެއް، 24 ފަރާތުގެ ތެރެއިން ގިނައީ ޒުވާންޖީލު ޤައުމުގެ މުސްތަޤްބަލް އިރާދަ ކުރެއްވިއްޔާ އުޖާލާވާނެ.
ކިހިނެއް
27 March 2025
އެއީ ކިހިނެއް؟ ޕްރޮޑަކްޓިވް ކޮންކަމެއް މިކަމުން ނުކުންނަނީ.
ސޮންމި
27 March 2025
ގައުމަށް މީގެން ވާނެ ފައިދާއެއް ނުވިސްނުނު.
އަމާޒު11
27 March 2025
އަމާޒު ހިފަންވީއޭ ރާއްޖެއިން އަހަރަކު 10000 ހާފިޒުން ނެރެން. ދެން ކޮންމެ ހާފިޒަކަށް ވާނެ މަހަކު 10000 ރުފިޔާގެ އެލަވަންސެއް ދޭން. ގައުމު އާރާސްތުކުރެވޭނީ އޭރުންނޭ. ހުރިހާ މުސްލިމް ގައުމުތަކުްނވެސް ރާއްޖެ ނަމޫނާއަކަށް ބަލައި ހާފިޒުންނާއި ޝެއިޚުންތައް ގިނަކުރިވަރަކަށް ގައުމުތައް ތަރައްގީވެ ކުރިއަރައިގެންދާނެ. ޝެއިޚުންނަށް އެނގޭނެ ހުރިހާ އިޖްތިމާއީ އިޤްތިޞާދީ މައްސަލަތައް އަވަސްކަމާއި ފަސޭހަކަމާއެކު ޙައްލުކުރަން. ވީމާ މިއީ ސޮލިއުޝަންއަކީ.
ޚސކކސކ
27 March 2025
އަހަރެމެން ރަށު ސޭހުން ކުރާ ކަމަކީ އެމީހުންގެ އެކުވެރި ބޫގަލޭމެން ދިފާއު ކުރަން ކުދި ކުދި ފާފަތައް ދައްކައި މޮޅެތި ޕޮރޮޕެގެންޑާ ޖެއްސުމޭ.
ކުމާރު.
26 March 2025
ދީނީ ކަންތައްތައް ދެއްކުމުގެ ގޮތުގައި ހަނދަން އުޅޭ ކަމައްވައްޏާ އެއީ ގޯހެއް؟ ތާކިހާ އަޅާއި ގެން ޙާފިޒައްކަން ދެއްކުމުގެ ގޮތުން ކޮންމެއްހެން ޝޯކުރަން ޖެހޭބާއޭ؟
އަބްޑޫޅް +
26 March 2025
ހާފިޒުންނޭ؟ ކަލޭމެން ދިވެހިބަސް ދެކޭ ރުޅި އަރަނީ ދޯ؟ ދިވެހި ބަހުން ގުރުވާން ހިތުދަސް މީހުންނަށް ކިޔަނީ، "މުގުރީން". އެހެންވީމަ ސުރުހީ އަކަށް ވާންޖެހޭނީ، "މުގުރީންނަށް ތާރީހީ ރެއެއް، އިތުރު 24 ފަރާތަކުން ގުރުވާން ހިތުދަސްކޮށްފި"، މިހެން.
މުގުރައެއްނުލާ
27 March 2025
"މުގުރީން" އެއީ މަޖާޒީ މާނައެއް ނެރެގެން އުފެދިފައިވާ ބަހެއް ކަމަށް ބެލެވޭ. ވީމާ އެބަސް ރަނގަޅެއް ނޫން.
ޗޫޤީ
27 March 2025
/، މުގުރީންނަކީ ބަލައިގެން ފަރިތަކޮށް ގުރުއާން ކިޔަވާ ގާރީވެރިން. ކަލެއަށް ތިއުޅެނީ މުގުރީންނާއި މުގުރާން އޮޅިގެން. ހާފިޒުންނަކީ ގުރުއާން ހިތުދަސް މީހުން.
ހފޒނ
26 March 2025
މާޝާﷲ ހިތްވަރުގަދަ ކުދިންކޮޅެއް. އަހަރމެންވެސް ތިކަންވޭތޯ ބަލާނަން އިންޝާﷲ