މީހަކު ގޮވާމުން ޒަކާތް ދައްކަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 މާޗް 2025 - 03:45
ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން މި އަހަރު ފިތުރު ޒަކާތް ބަހަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށް އެއްވަރަކަށް ޒަކާތް ބަހަން ނިންމީ އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް ކަމަށެވެ.
މީގެ ކުރިން، ޒަކާތް ބެހީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. ޒަކާތް ބެހުމުގެ ނިޒާމަށް އަލަށް ގެނައި ބަދަލުން، މި އަހަރު ކޮންމެ މީހަކަށް ވެސް ލިބޭނީ 4،500ރ. އެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ބަދަލުތައް ގެނައުމުން މުޅި ރާއްޖެއަކީ އެއްބައެއް ކަމުގައި ބަލާ ކަމަށެވެ.
ފިތުރުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފަގީރުންގެ ދަފްތަރުގައި މި ވަގުތު ރަޖިސްޓްރީވެފައި ތިބި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ބުނީ އެ ލިސްޓުގައި 5،023 މީހުން އެބަތިބި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާވެރި
28 March 2025
ރަނގަޅު ނިންމުމެއް. ބަރަކާތް ލައްވާށި. އާމީން.
އަހާލީ
28 March 2025
ޝަހީމު ކުރީ ފަހަރު ތިކަން ނުކުރެއްވީ ކީއްވެތޯ
ކަހާލީ
28 March 2025
ކުރީގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟
މަހުފޫޒް.
28 March 2025
ގައުމުގެ ހަމަހަމަކަން ގާއިމްކުރަން ނެގި ރަނގަޅު ފިޔަވަޅެއް
މަހުމޫދް
28 March 2025
މިހާރަކު ޒަކާތު ފަންޑު ޖީބަށް ކަހާނުލެވޭނެ. މުޢިއްޒު ހުންނާނީ ކޮރަޕްޝަނަށް ފައި ނެގި މީހަކުވެސް އެ މަޤާމުގަ ބައިންދާނެ ގޮތަކަށް ނޫން. ހަޤީޤީ ޒީރޯ ޓޮލަރެންސް މިހާރު އަދި ކިރިޔާ މި ފެންނަނީ. ސެލިއުޓް ރައީސް
ބުންޏާ
28 March 2025
ތަންތަނުގަ ހުރި މިފަދަ ބޮޑެތި ހައްލުކޮށް ހަމަހަމަ އުސޫލެއް ޤާއިމް މިކޮށްދެނީ. މުއިއްޒު ރަނގަޅޭ
ޝިއުރީ
28 March 2025
މީގެ ކުރީ ސަރުކާރުތަކުން މިހެން ނަހަދާ އޮތީ ޒަކާތު ފަންޑުން ލިބޭ ފައިސާ ވެސް ބޮޑު ބަޔެއް ޖީބަށް ލާންވެގެން
ކައިލީ
28 March 2025
މިއީ ވަރަށް ރަނގަޅު ކަމެއް. ހުރިހާ ފަޤީރުންނަށް އިންސާފުވެރިވާންޖެހޭނެ.
ތިހާމް އަލީ
28 March 2025
ކުރިންވެސް މަގޭ ހިތައް އަރާ ކީއްވެބާއޭ އެހެން ސަރުކާރުތަކުން މިކަން ނުކުރަނީ. މީ ހާދަ މުހިއްމު ކަމެކޭ އަސްލު
އާދިލް އާޒިމް
28 March 2025
ފެނޭތަ އިދިކޮޅަށް؟ ހުރިހާ ކަމެއްވެސް ކުރަންޖެހޭ ގޮތަށް މިދަނީ ކުރަމުން
އާދިލް އާޒިމް
28 March 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް ހަމަހަމަވާނެޔޭ.