މިދިޔަ ރޯދަ މަހުގެ ތެރޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 މާޗް 2025 - 07:27
މިއީ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވާ ކަމަށެވެ. އެއީ، މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 12،594،777ރ. އަދި 2023 ވަނަ އަހަރު 12،691،506ރ. ލިބިފައިވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު ޒަކާތަށް ދައްކާފައިވަނީ 11،669،385ރ. އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ޒަކާތް ދައްކާ މީހުން އިތުރުވީ ޒަކާތު ހައުސް އަށް އޮންނަ އިތުބާރުން ކަމަށެވެ.
"ހަރުދަނާ ނިޒާމެއް ވެސް އޮތީމަ،" ޝަހީމް ވިދާޅުވި އެވެ.
ފަގީރުންގެ ދަފްތަރުގައި މި އަހަރު ރަޖިސްޓްރީވެފައިތިބީ 2،765 މީހުންނެވެ. އެ ކޮންމެ މީހަކަށް ބަހަން ނިންމާފައިވަނީ 4،500ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަލޯ1
31 March 2025
ސިޔާސީ މަންފާ ނުނަންގަވާ. ދީނީ ފަރުޞެއް އަދާ ކުރީމަވެސް ތިނަގަނީ ސިޔާސީ މަންފާ. ކިތަންމެވަރަކަށް މަށަށް އިތުބާރު ނުކުރެވުނަސް މަ ޒަކާތް ދައްކާނަން. އެއީ މަގޭ މައްޗަށް ވާޖިބެއް.
ބާކީ ކޮބާ؟
31 March 2025
ބާކީ 822،319 އަށް ވަނީ ކިހިނެއް؟ ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ރައްޔިތުން ނުކުރޭ އިތުބާރެއް!
ޝަހީމް
31 March 2025
ބޮލަކަށް 4,797 ރ ޖެހޭ. ބާކީ ވާ ބައިވެސް ބެހުން ރަނގަޅީ
ގުނަނ
31 March 2025
5ލައްކަ ގާޒާއަށް ހަދިޔާކުރިވާހަކަ ބުނޭ އެމީހުން
ރަމަ
31 March 2025
އަމިއްލަ ފިހާރައެއް ހިންގާ މީހަކުވެސް ފަޤީރުންގެ ލިސްޓްގައި ނަންއޮވެގެން ފައިސާ ލިބެމުންދިޔަ ތިޔަ ލިސްޓް އަލުން މުރާޖަޢާކުރުމަށް ސަރުކާރަށްގޮވާލަން މަސައްކަތްކުރެވޭ ގައިގަވަރުހުރި ޞިއްޙަތުރަގަޅު މީހުންވެސް ތިލިސްޓްގައި ފަޤީރުންގެ ގޮތުގައި ހިމަނައިގެންދަނީ ފައިސާ ނަގަމުން. އެއްވެސް އިންސާފުވެރި ގޮތަކަށްނޫން ތިޔަކަން ތިކުރައްވަނީ!
ޔޫތު ސްޕޯޓްސް
31 March 2025
ޖޯކު ގައުމެއްމީ. ކޮންމެވރަގަޅު ކަމެއްވެސް މިތާހިނގާނީ ރައީސްގެ ހިކުމަތު އަމަލުން. ދައުރުގެ ފުރަމަތަމަ އޯލެވެލް އަދި އޭލެވެލް ނަތީޖާ ރަނގަޅުވަނީވެސް ކުދިން ހިންތިހާނު ހަދާ ނިންމާތަނުން އިންތިހާބު ވާ ވެރިއެއްގެ މޮޅުކަމުން. ޓޮޕް 10 ޖަލްސާގައި އެކަމަށް އަތްޖަހާ ސަނާކިޔާ ހަދާނެ. ބޯހަލާކު. 50ހާފިޒުން ގުރުއާން ހިތުދަސްކުރީވެސް ހަމަ ރައީސްގެ ސިޔާސަތު މޮޅުކަމުން.
ގުނައިދު ޝަރީފް
30 March 2025
ހަމަ ޝަހީމްގެ މޮޅުކަން.
ހާސަރު
30 March 2025
އަތްމަތި ދަތިވެ ލަންކާ އާއި އިންޑިޔާގައި ދިރިއުޅުނު ގިނަބަޔަކު ރާއްޖެއަށް ބަދަލުވީމަ އަދި އަހަރުން އަހަރަށް އިތުރުވޭ އާބާދީވެސް.
ޓީޖެޓީ
30 March 2025
އާބާދީ އިތުރުވާނަމަ ޒަކާތަށް ލިބޭ އެއްޗެއްވެސް ދާންޖެހޭނީ އިތުރުވަމުންނެވެ. އެއީ ވަކި މީހެއްގެ މޮޅުކަމަކުން، ރަނގަޅުކަމަކުން ވާ ކަމެއް ނޫނެވެ. ދެން ސިޔާސި މީހުން ވެއްޖެއްޔާ ކޮންމެ އެއްޗެކޭ ވެސް ކިޔަންވީ ހެއްޔެވެ؟
ގެދޮރޭ
30 March 2025
ނޫން ޝަހީމް. ތިބޭފުޅުންނަށް ނޫނީ ޒަކާތު ހައުސް އަށް އޮންނަ އިތުބާރަކުން ވީކަމެއް ނޫން އެއީ. ކާބަޔަކު ކެޔަސް ޒަކާތް ދެއްކިމީހުންނަށް އޭގެ ޝަވާބު ލިބޭނެކަން ޔަގީން ކުރާމީހުން ގިނަވީ. ސަރުކާރުތަކުގެ ތެރޭން, ތިހެންލިބޭ ފައިސާތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން ގިނަ މީހުން ގަބޫލުކުރޭ.
ޖުއްބާ
30 March 2025
ދެން ތި ފައިސާއިން ވައްކަން ނުކުރާނެކަމައް ހީކުރަން. ހަގީގަތުގަ ތިފައިސާ ބަލަހައްޓަން ތަފާތު ދާއިރާތަކުން ހޮވާލެވިފައިވާ މެންބަރުންގެ ކޮމެޓީއެއް ހުރުން ލާޒިމު. ހަމައެކަނި އިސްލާމިކް މިނިސްޓްރީއިން ތި ފައިސާ ބެލެހެއްޓުން ރައްކާތެރިއެއް ނޫން.