މާލޭގައި ބޭއްވި ފިިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް ކުޑަކުދިންނާއި ބޮޑެތި މީހުން ނަމާދު ކުރާ ސަރަހައްދަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 މާޗް 2025 - 10:14
ހުޅުމާލޭ މިސްކިތެއްގައި އީދު ނަމާދަށް، އިމާމަށް ގަޑިއަށް ނާދެވުމުން އޭނާއަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.
މިއަދު ހުޅުމާލޭ އަޒީޒާ މިސްކިތުގައި އީދު ނަމާދު ފެށީ ނަމާދު ވަގުތު ޖެހި ހަތް ވަރަކަށް މިނެޓު ފަހުންނެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ވިދާޅުވީ، ނަމާދު ކުރުމަށް ކަނޑައަޅާފައިވާ އިމާމާއި އޭނާގެ ބަދަލުގައި ހަޖައްސާފައިވާ މީހާ ވެސް މިއަދު މިސްކިތަށް ހާޒިރު ނުވާ ކަމަށެވެ.
އެހެންވެ އިމާމުގެ މައްސަލަ އުސޫލުގެ ތެރެއިން ބަލައި، ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިމާމުގެ ބަދަލުގައި ހަމަ ޖައްސާފައިވަނީ އެ މިސްކިތަށް ކަނޑައަޅާފައި ހުންނަ އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރު ނުވުމުން އެ މައްސަލަ ވެސް ވަކިން ބަލައި. އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒީޒާ މިސްތުގައި އީދު ނަމާދު ކުރާނެ މީހަކު ނުވުމުން އެކަމާ ހަވާލުވީ، ބިދޭސީ މީހެއްކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުން އެނގެ އެވެ. އަދި ނަމާދަށް ފަހު އޭނާ ހުތުބާ ކިޔާފައިވަނީ އަރަބި ބަހުންނެވެ.
މިއަދަކީ ފިތުރު އީދު ދުވަސް ކަމަށްވާ އިރު ރާއްޖޭގައި ހުރިހާ ހިސާބެއްފައި އީދު ނަމާދު ކުރީ ހެނދުނު 7:00 ގަ އެވެ. މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރީ މާފަންނު ސްޓޭޑިއަމްގަ އެވެ. މާފަންނު ސްޓޭޑިއަމްގެ އިތުރުން ގިނަ މިސްކިތްތަކުގައި ވެސް އީދު ނަމާދުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
01 April 2025
ދެފަހަރު ދެ ލިސްޓް ވައިބަރ އަށް ފޮނުވީމާ އިމާމް އިނީ ފުރަތަމަ ކަނޑައެޅި މިސްކިތުގަ. އަދަބު ހަރުކަށިކަން ހައްދުފަހަނައަޅާފަ!
ކޮމެންޓު ގޯތި
31 March 2025
މި ގޯތިން ކޮމެންޓު ލިޔާނެ ގޮތާއި ފޮނުވާނެ ފަހުގެ އީޖާދު ދަސްކޮށްދެމެވެ
އިއްޒަތު
31 March 2025
ތިއެޅުއްވީ ވަރަށްހަރުކަށި ފިޔަވަޅުތަކެއް ތިކަން އަލުން މުރާޖަޢާކުރުމަށް ސަރުކާރަށްގޮވާލަން. ކަމެއް ދިމާވެދާނެ އެކަމަކު ތިވަރުގެ ހަރުކަށި ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.
ރަމަ
31 March 2025
އިމާމުންނަށް ހޭނުލެވިގެން ނުދެވުނީކަމަށް އެމީހުންވަނީބުނެފައި މީވެދާނެކަމެއް ނަމަވެސް 5 އަހަރު ދުވަހަށް އިމާމްކަން ނުކުރެވޭގޮތަށްހުއްދަ ހިފަހައްޓާ ނުވިތާކަށް ސަސްޕެންޑްކުރުމަކީ ހަރުކަށި ފިޔަވަޅެއް އަޅުގަނޑުވެސް ޤަބޫލުކުރަން ނަސޭހަތެއްނަމަވެސް ދޭނެޖެހޭނެކަން އަދިމިއީ މިއިމާމުންގެ ފަރާތުން މިކަހަލަކަމެއް ދިމާވި ފުރަތަމަ ފަހަރުތޯވެސް ބަލާފަ ފިޔަވަޅެއް އަޅާނަމަ އަޅަންޖެހޭނީ! އެހެންނޫނީ މިއީ އިމާމުންނަށްދިން ވަރަށްބޮޑު އަނިޔާއަކަށްނޫނީ ނުވާނެ!
ބުރަތޭރީ
31 March 2025
މިސްކިތުގަ ޢީދުނަމާދު ކުރުމަށް ހަމަޖެހިފައިވާ އިމާމާއި ބަދަލުގައިވާ އިމާމް ގަޑިޔަށް ހާޒިރު ނުވެއްޖެނަމަ، އެކަން މިސްކިތް ބލަހައްޓާމީހާ މައިކުން އިއުލާންކޮށް ޢީދުނަމާދު ކުރުމުގެ ހުއްދައޮތް އެއްވެސް ބޭފުޅަކު މިސްކިތުގައި އިންތޯ ސްވާލުކުރިނަމަ ރަނގަޅުވީސް..އެފަދަ ބޭފުޅަކު ނެތް ޙާލަތުގައި އެކަމަށް ޤާބިލު، މިސްކިތުގައި އިންނެވި ބޭފުޅަކަށް ފުރުސްތު ދެއްވިދާނެ...އަޒީޒާ މިސްކިތުގައި މި ތަރުތީބުން ކަންތަކެއްނުކުރޭ.
އަބްޑޫޅް +
31 March 2025
ބަދަލުގަ ތިޔަކަން ކުރަން، ދިވެއްސަކު ނުވީތަ؟
ކުކުޅޭ
30 March 2025
އެންމެ އައުލާކަން ބޮޑުވެގެންވަނީ އެ 2 އިމާމުންނާއި ދޭތެރޭގައި އިސްލާމިކު މިނިސްޓްރީން އެޅި ދެ އުޅިއެއް ނުވާ ހަރުކަށި ފިޔަވަޅު އަލުން މުރާޖާ ކުރުމަށް ފަހު ފިޔަވަޅު އަޅަން!
7000
30 March 2025
އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާނަމަ އެމީހަކަށް ޖަވާބުދާރީ ވުމުގެ ހައްގަކީ ވަރަށް އަސާސީ ހައްގެއް. ޖަވާބުދާރީވާން ފުރުސަތުނުދީ ކުއްލިއަކަށް ގޮތް ނިންމުމަކީ އެކަން ކުރާމީހަކު ނުވަތަ ބަޔަކު ކުފޫހަމަނުވާކަން.
ޥާހިދު
30 March 2025
އަސްލު އީދުދުވަހަށް ނުވާތީ. ޏުދިޔައީބާ
އަބްޑޫޅް +
31 March 2025
ވަރަށް އެކަށީގެންވާ ކަމެއް ތިޔައީ.
މަހުވާ
30 March 2025
އިއްޒައްދީނުމެން ކީއްކުރަނީ