އެޗްޑީސީގެ ބޯޑު މެންބަރު މުހައްމަދު ވަހީދު: އޭނާ މިއަދު ވަނީ މަގާމުން ވަކިކޮށްފައި
06 އެޕްރީލް 2025 - 13:44
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުގެ މަގާމުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ޕީސީބީއިން ނުބުނެ އެވެ.
މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ޑިސެމްބަރު، 2023 ގަ އެވެ. އޭނާ ކުރިން ވަނީ ވެމްކޯ އާއި ހައުސިން މިނިސްޓްރީގެ މަގާމުތަކެއް އަދާކޮށްފަ އެވެ.
އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިބެ އެވެ.
އެޗްޑީސީގައި ހިނގި ކޮރަޕްޝަންގެ ބައެއް މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރު މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑްކުރި އެވެ. ނަމަވެސް ސަސްޕެންޑް ކުރިތާ ހަތަރު ދުވަސް ފަހުން ވަނީ މެންބަރުން ސަސްޕެންޝަން އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެން ޙުސެން
06 April 2025
ސުބްޙާނަﷲ. އަހަރެންނަކީ މީނަގެ ސްޕަވައިޒަރެއްގެ ގޮތުގައި ހުރި މީހެއް. އެއްކޮށް މަސައްކަތް ކުރި މީހެއް. ދެރަ ބަހެއް ބުނަނީކީ ނޫން. މީނަގެ ހުންނާނީ ގްރޭޑް 5 ގެ ފެންވަރު. އެވެސް ރާއްޖެތެރޭގެ އާދައިގެ ސްކޫލެއްގައި ކިޔަވާފައިވާ ދަރިވަރެއްގެ ފެންވަރު. މަޖީދިއްޔާ ކަހަލަ ތަނަކުނއ ގްރޭޑް 5 ކިޔަވާ ކުދިންވެސް ހުންނާނެ ރާއްޖެތެރޭގެ އާދައިގެ ރަށެއްގެ ގްރޭޑް 8، 9 ގެ ފެންވަރު ދެން މި ވަރުގެ މީހުން ސިޔާސީ ވަޒީފާތަކަށް އައްޔަން ކުރީމަ ކިހިނެެް ގަޢުމަށް ވާނީ.
ލެހމެހ
08 April 2025
ރާއްޖެތެރޭ އާދައިގެ ސުކޫލްތަކުން ކިޔަވާ ކުދިން މިހާރު ނެޝަނަލް ޓޮޕް 10 ގައިވެސް ހިމެނޭ ވާހަކަ ބުނަން.
ކޮސް ސަރުކާރު
06 April 2025
ޙައުސިންގ މިނިސްޓއރީގައި އަދާކުރީ މަގުމަތި ބަލަހައްޓާ މަސައްކަތު މީހެއްގެ ވަޒީފާ
އަމޫލް
06 April 2025
ބުނި ގާބިލް މީހުނޭ ސިޔާސީމަގާމްތަކަށް ލާނީ...މިއޮތީ ހަގީގަތް ފެންނަން..އެޗްޑީސީ ބޯޑަށް ލައިގެން އުޅުނީ..ލިޔުމެއްގައި އޮތް އެއްޗެއްވެސް ފަހުމް ނުވާވަރު މީހުން.
ދޮން
06 April 2025
އެމް ޑީ ޕީ އާއި ޑިމޮކްރެޓްސް ގުޅިގެން 2028 އަށް މަގުތަކަށް ނުކުމެ މުއިޒުގެ ސަރުކާރު ސައިޒް ކުރާއިރު ރަގަޅު ފައިޓެއް ދެވޭވަރު މީހަކު ނުހުންނާނެ ، ނޭގިނަމަވެސް ތިޔަވަކި ކުރަމުން ދަނީ ޕާޓީގައި ތިބި ވަރުގަދަ ތަބުތައް ، އޭރުން އޮންނާނީ ފައިސަލް ، ވަޙިީދު ، މެންފަދަ މީހުންގެ ބޭނުން ޖެހިފައި ، މިހާރު ތިއުޅޭ އެކަކުވެސް ނުހުންނާނެ ، ވަރަށް ދެރަކޮޮން ކުރަމުން ކަމެއް ތީ
ވެލިގާތަނބު
08 April 2025
ވަރުގަދައޭ؟ އުޑެއް ބުޑެެއް ނުދަންނަ އިލްމެއް ހިލްމެއް ނެތް މީހުން ވަރުގަދަ ތަނބަށްވާންވީމަ ދެން ވިސްނާލާ ވާނެ ގޮތް… ބޭރުކުރަން ލަސްވެއްޖެ..
ޝަރުތު
06 April 2025
އައްޔަނު ކުރިއިރު ސަރުތު ހަމަނުވާކަން ނޭގިއޮތީ.