ބަންގްލާދޭޝް އިން ވެސް މިހާރު ވަނީ އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތަށް ލައިންސަސް ދީފައި.
07 އެޕްރީލް 2025 - 06:10
ބަންގްލަދޭޝްއިން ވެސް، ޓެކް ބިލިއަނަރު އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ހިދުމަތަށް ލައިސަންސް ދީފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
މި ހުއްދަ ދީފައި މި ވަނީ، މަސްކް އިސް ދައުރެއް އަދާކުރާ އެމެރިކާ ސަރުކާރުން އެހެން ގައުމުތަކުގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމާ އެކު ބަންގްލާދޭޝްގެ މައިގަނޑު އެކްސްޕޯޓް ކަމަށްވާ ގާމެންޓް އިންޑަސްޓްރީއަށް ބޮޑު ބިރެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
ބަންގްލަދޭޝް އިންވެސްޓްމަންޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއާމަން ޗައުދަރީ އާޝިކް މަހްމޫދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި، ސްޓާލިންކަށް ލައިންސަންސް ދިންކަށް ކަށަވަރުކޮށްދެއްވުމަށް ފަހު ވިދާޅުވީ މިކަން ރަސްމީކޮށް ހާމަކުރާނީ މިއަދު ފަށާ އިންވެސްޓްމަންޓް ސަމިޓުގައި ކަމަށެވެ.
މަހްމޫދު ވިދާޅުވީ، މި ހުއްދަ ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެރިފްތައް ބޮޑުކުރުމުގެ ކުރިން، މާޗް މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
އެމެރިކާއިން ވަނީ ބަންގްލާދޭޝްގެ ފޭރާމުގެ ބާވަތްތަކުން ނަގާ ޓެރިފް 16 ޕަސެންޓުން 37 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. ބަންގްލަދޭޝްއިން ކޮންމެ އަހަރަކު އެމެރިކާއަށް 8.4 ބިލިއަން ޑޮލަރުގެ ގާމެންޓް އެކްސްޕޯޓް ކުރާ ކަމަށް ގައުމީ ވިޔަފާރީގެ އިދާރާ، ބަންގްލަދޭޝް ގާމެންޓް މެނުފެކްޗާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ބަންގްލާދޭޝްގައި މިދިޔަ އަހަރު ދަރިވަރުން ނުކުމެ ޝައިހް ހަސީނާގެ ވެރިކަން ވައްޓާލައި ވަގުތީ ސަރުކާރަކުން ގައުމު ހިންގަމުން ދާއިރު އޮތީ ޑިޕްލޮމެޓިކް ގޮތުން އެމެރިކާގެ އެހީތެރިކަމާއި ތާއީދު ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަހަމަމީ
08 April 2025
ކޮންމެހެން މޭޑް އިން މޯލްޑިވްސް ޖަހާކަށްވެސް ނުޖެހޭނެ. ކުރަން ޖެހޭހާވެސް ކަމަކީ ބަނގުލަދޭޝް މުދާ ރާއްޖެ އިމްޕޯޓް ކޮށްފައި ރިއެކްސްޕޯޓް ކުރުން. މި ކަމުން ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބިދާނެ. އަވަހަށް މިކަމާއިގެން އުޅެންވީ.
ރީއެކްޕޯޓް
07 April 2025
އަލްހަމުދު ލިއްލާހި .. ބަންގާޅު ފެކްޓަރީތަކުން ތައްޔާރުކޮށްގެން ގެނަސް މެއިޑިން މާލެ ލޭބަލް ކޮށްފަ އެމެރިކާއަށް 10 ޕަސެންޓްގަ ބޭރުކޮށްލެވޭނެ. ކުރީން ގަމުގައި ހިންގި ފެކްޓަރީތަކުން ލަންކާއިން ގެނަސް އެމެރިކާއަށް އެކްސްޕޯޓް ކުރި. ދިވެއްސަކަށް ދިނީ މަހަކު 300 ރުފިޔާ... (ޖޭ އެސް އެމް / އެސްޓީއޯ / ޔާމީން ގެ މޭސްތިރިކަމުގައި)