މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އިޒްރޭލް ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި.
07 އެޕްރީލް 2025 - 10:59
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުން ލަސްވާތީ، މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ބޮޑު ޗުއްޓީއަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށި ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައެއްގެ ގޮތުގައި ހަމަވާން ޖެހޭ ކަންކަން ހަމަނުވާތީ، ކުއްލި މައްސަލައެއްގެ ގޮތުގައި މައުރޫފްގެ ހުށަހެޅުއްވުން ބަލައިގަނެވެން ނެތް ކަމަށެވެ.
މަޖިލިސްގެ ގަވައިދާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ކަންކަން މި މައްސަލާގައި ފުރިހަމަ ނުވާ ކަމަށެވެ.
މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ފެށި ފަހުން މިއަދަށް ދެ އަހަރާއި ފަސް މަސް ވެގެން ދިޔައިރު ވެސް، އެ ކަން ކުށްވެރިކުރުން ފިޔަވައި އިތުރު ހަރުދަނާ އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާ ކަމަށް ބުނެފަ އެވެ.
ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އިސްލާހު ހުށަހެޅުމާއެކު ކެބިނެޓުން އެ ގޮތަށް ނިންމަން ފާސްކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ކަމުގައި އަމަލީ ސިފަ ޖައްސަން ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
މި ބިލު ފާސްކުރުން މިހާ ދިގުލައިގެން ގޮސް، ނުވަ މަސް ވެގެން ދިޔައިރު މި މުއްދަތުގައި ސަރުކާރުން ބޭނުންވާ ގޮތަށް އިތުރު އެހެން ގިނަ ބިލުތަކެއް ކުރު މުއްދަތެއްގައި ފާސްކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީގައި ޕާކްކޮށްފައި އޮތް ބިލުގެ މަސައްކަތް ނިންމުމަށް އެކި ސުންގަޑިތައް ކަނޑައެޅިއިރު، މިދިޔަ އަހަރު ފުރަތަމަ ނިންމީ މި އަހަރުގެ ފެބްރުއަރީ ނިޔަލަށް ނިންމުމަށެވެ. އޭގެ ފަހުން ޕްރެޝަރު ބޮޑުވެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހު ނިންމަން ވެސް ކޮމިޓީން އަމާޒު ހިފި އެވެ. ނަމަވެސް، މާ ގިނަ ކުރިއެރުންތަކެއް ނުލިބި، އެ ބިލުގެ މަސައްކަތް އޮތީ ކޮމިޓީގައި މަޑުޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
08 April 2025
ޝިމަލް އެއީ އިސްލާން ނަމެއްތަ؟
ޗޫޤީ
08 April 2025
ދޮންކަލޯ! މިއަދު ހަމައިގަތަ އަނެއްކާ ތިހުރީ؟
ވާނުވާ.
07 April 2025
އެމްޑީޕީ ވެރިކަމުގައި އޮވެ އެމީހުންނާ ގުޅުން ގާއިމުކުރީ. މިހަނގުރާމަ ފެށީ އެމީހުންގެ ވެރިކަމިގައި. މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް އޮތް. ކީއްވެބާ ޕާސްޕޯޓު ނުހިފެހެއްޓީ. އޭގެ ފަހުން އެހެން ބަޔަކު ވެރިކަމަށް އެރީމާ ފަޔަށް ހިނިއަރައިގެން ތެޅެނީ ކީއްވެކަން އެންމެނަށް އެނގޭ. ރާއްޖެއަކީ އިޒްރާއީލާދެކޮޅު ޓެރަރިސްޓު ވެރިންތިބި ތަނެކޭކިޔައިގެން ސިޓީ ފޮނުވާފައި އެކަމުގެ ހެކި ދައްކަން ހުށަހަޅައިގެންއުޅޭ ބިލެއް ތިޔަ ބިލަކީ.
އަންދަލުސް
07 April 2025
ކޮބާތޯ ސަލަފު ޖަމިއްޔާ. އިލްމުވެރިންގެ ގުޅުން ކޮބާ ތޯ. އަންދަލުސް ޝޭޚާ ދެން ތިބި ޝޭޚުން ތައް ކޮބާތޯ . ލާދީނީ އޭ މަގެ ދީނާ ނުކުޅޭށޭ ކިޔާ ގޮވި ބައިގަނޑު ކޮބާތޯ.
ކައްޕީ
07 April 2025
"އަރަބީން ކައިގެން ތިބިއްޔާ އަހަރުމެންވެސް ތިބޭނީ ކައިގެން"!
ޢާދަނުބެ
07 April 2025
ކީއްކުރާނީ މިއަދު މުސްލިމުންގެ ހާލަތު ކާކުދެކެ ބިރުންތޯ ތިވަރުކަމެތް ކުރަން ނުކެރުނީ ރައީތުން އަޑު އިއްވާނަމޭ ރަށުކަންކަން ނުވަންޏާ އެވާހަކަތަށް ކަރުގެނެތްތަނަށް ގޮވާނަމޭކިޔާފަ ޕޯޑިއަމްތަކުގަ ދައްކާފަ އާހިރުގަ ކިހިނެތްމިވީ ދެއަތާ ދެފަަޔާ ބަނދެވިގެން މަޖިލީހައް ވަދެ މިތިބީ ދާއިރާގެ ރައީތުން ކަންފަތްމަތީގަ އެތިފަހަރެތް ޖަހާފަ މަންމަންބަޔަކަށްވެ މުސާރަ ނަގާލާ ތިތިބެނީ ކިހާތާހިރު
ނުބަދެވޭ
07 April 2025
ތިޔަހެން ބުނާ މީހާވެސް ބޭނުމެއް ނުވާނެ ކަމަކާ ނުލާ ހާލުގަ އުޅޭކައް ކުރާ ކަމަކުން. ދެން ތިޔަބުނާހެން ނުބަދެނވޭ ރައްޔިތުންގެ މަޖިލިހެއް ދައްކަބަލަ އެއްމެ ކުރީންސުރެއް
ޝައިތާނުން
07 April 2025
މަސައްލަ ބަލައިނުގަނެ ބޭރުކޮށްލި މީހުންނަށް ހަލާކު ހުރި
ޖެއްސު
07 April 2025
ޖެއްސުމައްލާ އެއްޗެކައް މައްސަލަ ބަލަން ޖެހޭތޯ
ކަންމަތީ ބްރޯ
07 April 2025
މިކަންވެސް ސިޔާސީ ކޮށްފި. އިދިކޮޅު ޕާޓީންވެސް ބަލަނީ ޤާޒާގެ ހާލަތު ބޭނުންކޮށްގެން ސަރުކާރަށް ޖެއްސުންކޮށް ސިޔާސީ މަންފާ ހޯދުން. ސަރުކާރުގަ ވެސް އިހުލާސްތެރި ކަމެއްނެތް. ޤާޒާއާއި ބެހޭ ގޮތުން ދޮގު ހަބަރު ފެތުރުން ނޫން ކަމެއް ނުކުރޭ. ސިޔާސީ އެއްވެސް މީހަކަށް މިކަމުގަ އިތުބާރު ކުރަން ހެޔޮނުވާނެ. ދުނިޔަވީ މުދަލާއި އިއްޒަތަށް ގެއްލިފައިވާ ބަޔަކުގެ އެއްވެސް އިންސާނީއްޔަތު ކަމެއް ނުހުންނާނެ.
އިންތިި
07 April 2025
ޕާސްޕޯޓް މަނާ ނުކުރިޔަސް ތިޔަކަން ވެދާނެ، ފަތުރުވެރިކަން ކުރާ ފަރާތްތަކުން ފިޔަވަޅު އަޅަން ފަށާބަލަ. އިޒްރާއިލް ޕާސްޕޯޓް ބަލައި ނުގަނެބަލާ އެހިސާބުން ހައްލުވީ. އެތެރެކުރަން ހުއްދަ ދެނީވެސް ދިވެހިން މަނާކުރަން ގޮވަނީވެސް ދިވެހިން
މިޔަރެން
07 April 2025
އަސްލު ވެސް
ޢަލްޓިކޯ
07 April 2025
ވިސްނާލުންމުހިންމު އަހަރެމެންގެ އުއްމަތުގެ މުސްލިމު އަޚުންނާ އުޚުތުން ގަތުލުކޮށްފަ ގެދޮރު ސުންނާފަތި ކޮށްފަ އަހަރެމެންގެ ތެރެއަށް އައިސް އަހަރެމެންގެ ބިމުން އުފާހޯދަން އެތިބެނީ މުސްލިމުންގެ ސިފައެއްތޯމިއީ؟ މިއީ ތޯ ރައްޔިތުންނަށް ޚުތުބާތަކުގަލިޔެ އިއްވާ އެއްހަށިގަޑުގެ މިސާލަކީ؟
ފޫނު
07 April 2025
އިޒްރޭލުގެ އެއްވެސް މީހަކު މިހާރަކު ނާދޭ ރާއްޖެއައް ފަތުރު ވެރިއެއް ގޮތައްވެސް އަދި އެހެން ގޮތަކައްސް އެއީ ހަގީގަތަކީ، އެވެރިން ވެސް ވަނީ މިތަނައް ނައުމައް އެދިިފަ. ދެން ބަޔަކު ސިޔާސީ ގޮތުން މިކަން ހިލުވޭތޯ ބަލަނީ
އެނަލިސްޓް
07 April 2025
މަނާ ނުކުރާނެ ،ސަބަބަކީ އެމެރިކާ އެމްބަސީއިން އެކަން ކުރިޔަ ނުދޭތީ! މިކަންވަންޏާ ފޯޅަވަހިވެސް އޮންނާނީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި. މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް.