ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒް: ސީއެސްސީ އަށް އައްޔަން ކުރަން އޭނާގެ ނަން ވަނީ ފޮނުވާފައި --
07 އެޕްރީލް 2025 - 12:38
ސިވިލް ސާވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ސީއެސްސީގެ ގޮނޑިއެއް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުޖްތާޒް އައްޔަން ކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވައިފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުވީ ވެސް މުޖްތާޒްގެ ނަން އެކަންޏެވެ.
މުޖްތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޒީ
08 April 2025
ސިވިލް ސަރވިސް ކޮމިޝަނަކީ އެކެޑެމިކް އަދި ތަޖުރިބާ ހުރި ޕްރޮފެޝަނަލް މީހުން ތިބެންޖަހޭ ތަނެއް. މިފަދަ ތަންތަނަށް ސިޔާސީ މީހުން ލުން ހުއްޓާލަން އެބަޖަހޭ. އެހެން ނުނީ ދުވަހަކުވެސް ރާއްޖޭގެ ސަރުކާރުތަކުން ދޭ ޚިދުމަތުގެ ފެންވަރު ރަގަޅެއް ނުކުރެވޭނެ.
ވޯލް
08 April 2025
ކުރީގެ މީހާ ވަކިކުރަން އުޅުނީ ސިޔާސީ ފިކުރުގައި މަސައްކަތް ކުރަނީއޭ ކިޔާ، މިހާރު ތިޔަޅލީ ވަކި ކާކުތޯ؟؟؟ މުއައްސަސާއަކަށް މީހަކު ހޮވި އޭނަގެ ދައުރު ނިމެންދެން މަޑުކޮށްލަން ދަސްކުރަންވެއްޖެ ނޫންތޯ ރާއްޖޭޣެ ވެރިކަމުގައި ހުންނަ މިހާއާ ރާއްޖޭގެ މަޖިލީހުގެ މެމްބަރުން.
ވާޥުއަލިފު
08 April 2025
އެއްގޮތަކަށްވެސް ކަމަކުނުދޭ. ސިޔާސީ މީހެއް، ހުރިހާ ނިންމުމެއްވެސް ނިންމާނީ ސިޔާސީ ވިސްނުމެއްގައި. މީހުންނާއި ޒާތީވުމުގައިވެސް ހައްދުފަހަނައަޅާފައި ހުރި މީހެއްމީ. ރައީސް ޔާމީންގެ ސަރުކާރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝިއަލް އެފެއާޒްކިޔާ ނުފޫޒުގަދަ މަޤާމެއްގައި ރައީސްއޮފީހުގައި ހުރެ، މީހުންގެ ވަޒީފާ ހިފަހައްޓައި، އަނިޔާވެރިވި މީހެއް މީ. އެއްވެސް ހިންގުންތެރިކަމެއްނެތް ސިޔާސީ ބޮލެއް. ސިވިލް ސަަރވިސް ކޮމިޝަންގެ ދުވަސްވެސް ދެން ތި ދިޔައީ
މުޙހައްމަދު
09 April 2025
mihaaru ދުވަސް ނުގޮސް އޮތް ތަނެއްތަ؟
ޖަމީލާ މާހިރު
08 April 2025
ކަމަކު ނުދޭ. ހިނގުންތެރިކަމެއް ނެތް ބޭފުލެއް.
ލުޖޭން
07 April 2025
މި ފެނއނަނީ ރާއްޖޭގައި ތައުލީމުގެ ބޭނުން ކެޑޭތަން. ކޮމިސަން ތަކަށް ވެސް ޕާޓީ ގެ ސިޔާސީ މީހުން. ދެން ގޮސް ކޮންމެސް ޕުރައިޒު ޑޭ އެއްގައި މުއީޒު ކިޔާނެ ކިޔެވީމާ ރަނގަޅު ޖޮބު ލިބޭނޭ. އެކަމަކު މަންޒަރު މުޅީން ތަފާތު
ލައިޖިން
08 April 2025
ޑިގްރީ އެއް އޮތީމަ ކިޔެވީ ކީ ނޫންތަ. ދެން ކިހާ ވަރަކަށް ކިޔަވަން ވީ. ދެން ހަމަ އެއްޗެކޭ ކިޔަނީ
ބޮކިމަނިކުގެ ދޮންބެ
07 April 2025
މީ އަޅެ ބަލަދު އަރާފަ ހުންނަ މީހެއްތަ؟ އެއް ސަރުކާރުން އަނެއް ސަރުކާރަށް. އެއް މަގާމުން އަނެއް މަގާމަށް. މިކަހަލަ ބަލަދު އަރާފަ ތިބޭ ލައްކަ މީހުން އުޅޭ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ ތަރިން މިތިބީ: 1. އެމްޑީޕީ ސަރުކާރެއް ވިއްޔާ އިނގިރޭސި ހައިކޮމިޝަނަރ ކަން ފަރަހަނާޒް ފައިސަލް އަށް ނޫނީ ނުކުރެވޭނެ. 2. އެހެން ސަރުކާރެއް ވިއްޔާ އިނގިރޭސި ހައިކޮމިޝަނަރކަން އިރްތިޝާމް އާދަމަށް ނޫނީ ނުކުރެވޭނެ.
އެކްޓިވިސްޓް
07 April 2025
ސިޔާސީ އެކްޓިވިސްޓުން މިނިވަން މުވައްސަސާތަކަށް ލުން ހުއްޓާލަން ޖެހޭ. ތިއީ ވަރަށް ސިޔާސީ މީހެއް. މިނިވަން ކަމާއރކު ނިންމުންތަކެއް ނުނިންމޭނެ.
ބްރީޒް
07 April 2025
މާތް ކަލާކޯ.
ނުފޮރުވާ ހާމަކުރޭ
07 April 2025
އެ މަގާމަށް ދެން ކުރިމަތިލީ މީހުންގެ ނަންތައް ވެސް އާއްމުކުރަން ޖެހޭ. ރައްޔިތުންގެ ޓެކުސް ފައިސާއިން މުސާރަދޭ މަގާމަކަށް މީހަކު ހޮވާ އިރު ރައްޔިތުންނަށް ދެފުއް ފެންނަން ޖެހޭނެ!!!