ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތަގުރީރު ކުރައްވަނީ
07 އެޕްރީލް 2025 - 15:17
ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް މޫސުމީ ބަދަލުގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި އެހެން ގައުމުތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިއަށްދާ އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ދިމާވާ ކަންކަމުގެ ގޮންޖެހުންތައް ރާއްޖެ ފަދަ ގައުމުތަކަށް ވަރަށް ބޮޑު ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އިގުތިސާދާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް މޫސުމީ ބަދަލާ ގުޅިގެން އަސަރުކޮށްފި. ކްލައިމެޓް ޖަސްޓިސްއަކީ ވެސް ސޯޝަލް ޖަސްޓިސް. އަޅުގަނޑު ގޮވާލަން މެންބަރު ގައުމުތަކަށް އިގުތިސާދީ ގޮތުން ނާޒުކު ގައުމުތަކަށް އެއްބާރުލުންދިނުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ހަމަނުޖެހުމާއި އިގުތިސާދީ ލޮޅުންތައް ދުނިޔެއަށް އަންނަ މި ދަނޑިވަޅުގައި ގައުމުތަކުން އެއްބާރުލުންދިނުމާއި މަޝްވަރާގެ އުސޫލު ކުރިއަށް ނެރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ރާއްޖޭން ގަބޫލުކުރާ ހަމަތައް ކަމަށެވެ.
އޭނާގެ ވާހަކައިގައި އަބްދުއްރަހީމް ވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން މަސައްކަތްކުރަން ގޮވާލައްވައިފަ އެވެ.
މި އަހަރުގެ އެސެމްބްލީގެ މައުލޫއަކީ އިޖްތިމާއީ ތަރައްގީ އާއި އިންސާފަށް ގާނޫނުހަދާ މަޖިލިސްތަކުގެ ދައުރު އެވެ.
ބައްދަލުވުން ކުރިއަށް ގެންދާ މައުލޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަމަށް ރާއްޖޭން ވަރަށް އިސްކަންދޭ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެކަންކަން ޔަގީންކޮށްދޭން މަޖިލީހުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ޖެންޑަ އިކުއަލިޓީ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނު ހިމެނޭ ގޮތަށް އިޖުތިމާއީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް އެ ގާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ގާނޫނުތަކުގެ ބޭނުމަކީ ރައްޔިތުންނަށް އިންސާފުވެރި އަދި އަދުލުވެރި މުޖުތަމައުއެއް ހޯދައިދިނުން ކަމަށެވެ.
"ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ އާންމު ރައްޔިތުންނަށް އަސާސީ ހުރިހާ ހިދުމަތްތައް ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިގުތިސޯދީ ބާރުވެރިކަން ކުރިއަރުވައި، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމަށް ވިދާޅުވި އެވެ. އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް ވެސް ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާހަކަދައްކާނީދޯ
08 April 2025
އަދުރޭ ވެސް އަދުރޭގެ ސައިޒު އަދި ލެވެލް އަދުރޭ އަމިއްލަ އަށް ދަންނަން ޖެހޭނެއޭ މެކުނު ފުމުނަސް ގާހަކަ އަކަށް ނުފުމެވޭނެއޭ ހިންދީ ލަވަތައް ކޮޕީ ކޮށްގެން ޔާރާ ދިލްދާރާ ލަވަތައް އެއީ ދިވެހިލަވަތައް ކަަމށް އަދުރޭ ހަދައިގެން ކަނޑުކޮހުން ލައްވާ އެފަދަ ލަވަތައް ކީ ނަމަވެސް އެއީ ރާއްޖެތެރޭ މީހުން އެލަވަ ތައް އަޑުއަހާނީ އެ ނުޗަލާނެ މާލެ އަށް ވެސް އަދި ދުނިޔެއަށް ވެސް އަދުރޭ ތިޔާ ގޮތަށް ދައްކާ ކައްޕަޅި ވާހަކަ ނުޗަލާނެއޭ އެމީހެއްގެ ލެވެލް އިން އެމީހަކު
ވޯޓަރލައިންސް
08 April 2025
މިފަދަ ބައްދަލުވުން ތަކަށް ސަރުކާރުން މިކުރާ ޚަރަދުތައް ނުކޮށް 1 އަހަރު މަޑުކޮށްލި ނަމަވެސް ހުޅުމާލޭގައި 4 ހާސް ފްލެޓްސް އެޅޭނެ ފައިސާ ރައްކާކުރެވޭނެއޭ މިގޮތަށް އެޑިއުކޭޝަނަލް ބެކްގްރައުންޑް ލޯ ޕްރޮފައިލްޑް މީހުން ދިވެހިން ލިޔެގެން ގޮސް އިނގިރޭސިން ވާހަކަ ދައްކާއިރު އެ އަޑުއަހާ މީހުންނަށް ވެސް އިނގޭ އެއީ ރޮބޮޓިކް ސްޕީޗް ކަން ގައުމަށް ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެއޭ މަޖްލީހުން މިގޮތަށް ކުރާ ހުރިހާ ޚަރަދު އެއީ ހަމަ ސީދާ ކަނޑުގައި އަޅާރޮނގު
އިތުރު
08 April 2025
އޭގެތެރޭގައި ނާޒުކު މީހުންވެސް ހިމަނަންފެނޭ.
ލާއިފް
07 April 2025
ކިތަންމެ ރަނގަޅު ޤާނޫނުތަކެއް ހަދާފަ ހުއްޓަސް، އިންޞާފުގެ މައްޗަށް ބޭއިންޞާފުން ބާރުތައް އަރައިގަންނަ ކަމަށްވާނަމަ އެފަދަ ޤައުމުތަކުގައި ރައްޔިތުންނަށް ހިތްހަމަޖެހިގެން އުޅެން ދަތިކަމަކަށް ވާނެއެވެ.
ބިއްލެ
07 April 2025
ޑރ. އަބްދުއްރަހީމް ތިމާވެއްޓާގުޅޭ ތަގުރީރެއް ދެއްވައިފި
އިހުތިރާމު ކޮށްބަލަ....
08 April 2025
މިލިޔުން ކިޔާ އެންމެނަށްވެސް ތިކަން އިނގޭ.....ތިމާވެއްޓާ ގުޅޭ ތަގުރިރެއް ދިނުމުގައި މައްސަލައެއް ނެތެއްނު.. ކީކޭ ބުނާނީ....
ޅޮހި
07 April 2025
އަދުރޭ ވަރެއް ނެތެއްނު. މައުމޫނާ އެއްލެވެލްގަ އަދުރޭ މި އުޅުއްވަނީ. ދިވެހި ބަހަށް އެހާމެ ފަރިތަ ޅެން / ލަވަ ހައްދަވާ، ދީނީ އިރުޝާދު ދެއްވާ ހަޠީބެއް، ދެން މި ފެނުނީ ތިމާވެއްޓާ ގުޅޭ ގޮތުން އިނގިރޭސި ބަހުން ފަރިތަކަމާއެކު ވަކާލާތު ކުރައްވާތަން.
ކޮބާތަ އެކަމުގެ މައްސަލައަކީ؟؟
08 April 2025
ތިކަހަލަ ކޮމެންޓުން ތިބާއަށް ލިބެނީ ކޮން ފައިދާއެއް؟؟
ޑރ. ފޮސްކަލޯ
08 April 2025
އަދި ޔާސީން ސޫރަތާއި ވައްލުހާ އިން ތިރީ ސޫރަތް ތައް ވެސް ހިތުދަސްކޮށްފި. މިހާރު ދެން އިރާދަފުޅުން ޕީއެޗްޑީ އެއް ހައްދަވަން އެބައްލަވަނީ ކަލޭމެން ޝޭމްޕޫ ފުޅި ގަންނަހެން ޕީއެޗްޑީ އެމަނިކުފާނު ނަހައްދަވާނެ .
އިންގްލިޝް
07 April 2025
ބަލާބަލަ އަދުރޭ އިންގްލިޝް އިން ވާހަކަ ދައްކަން ފަރިތަ ކަން ދޯ އަދުރޭ އަދުރޭ އިނގިރޭސިން ވާހަކަ ދައްކާ ފަށާ 1، 2 3، އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް އިންގްލިޝް
އިނގިރޭސި، "އިންގްލިޝް"އެއް ނޫން.....
08 April 2025
އިންގިރޭސިންނާއި ދިވެހިބަހުން ވާހަކަދައްކަން އޭނާއަށް އެނގުމަކީ ދެރަކަމެއް ހެއްޔެވެ؟؟؟ އަޖައިބުވޭ ތިވާގޮތުން....
.....
08 April 2025
ނުހަނު ފަރިތަކަމާއެކު ތަގުރީރު ވިދާޅުވީ، ކޮންމެހެން ނުޖެހޭ ފަރަންޖީއާއެއް1ގޮތަށް ވާހަކަދައްކަން.....މިއަދުގެ ދިވެހި ދަރިންނަށް ދިވެހި ނޭންގޭތީނު ދެރަކަމަކީ