މޯލްޑިވް ގޭހުގެ ގޭސް ފުޅިތަކެއް. ގޭހަށް އޯޑަރު ދިނުމުގެ ހުރިހާ ބާރެއް ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައި -- ފޮޓޯ: މިހާރު
09 އެޕްރީލް 2025 - 17:33
ގޭސް ގަތުމުގެ ހުރިހާ ޒިންމާތަކާއި ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގައި، އެ ކަން ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ގޭސް އެތެރެކުރާ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވް ގޭހަށް ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވީ، ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލައާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
އެ މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މި ސަރުކާރު ހިންގާ ޕީއެންސީގެ އިސް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ. އޭނާ ވިދާޅުވީ، "ގެއްލުނު" ފައިސާ އަދި ރިކަވާ ކުރެވިފައި ނުވި ނަމަވެސް އެ މައްސަލާގައި އެސްޓީއޯ އިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެކަމަކު، މޯލްޑިވް ގޭހުގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ.
ގޭހަށް އޯޑަރުކޮށް، ދައްކަން ޖެހޭ ފައިސާއާ ގުޅޭ މުއާމަލާތުތައް ދެން ހިންގާނީ އެސްޓީއޯގެ ބެލުމުގެ ދަށުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ކަން އެގޮތަށް ކުރީ ގޭސް ގަތުމުގައި މޯލްޑިވް ގޭހުން އެހާ ބޮޑު އިހުމާލެއް ވެފައިވާތީ ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެކަމަކު، އެ މައްސަލާގައި އެސްޓީއޯ އިން އަދި ކޮމެންޓެއް ނުކުރެ އެވެ.
ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާ ދޫކުރީ ދިމާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެކަން ހައްލު ކުރުމަށް އެސްޓީއޯއިން މޯލްޑިވް ގޭހަށް ފުރުސަތު ދިން ނަމަވެސް، އަދި މިހާތަނަށް ދެއްކި ޕޭމެންޓު ރިކަވާއެއް ނުކުރެވެ އެވެ.
ނާޒިމް ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ ވެސް އޮކްޓޫބަރު މަހު ކަމަށެވެ. ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ގޭހުގެ ޝިޕްމެންޓުގެ 30 ޕަސެންޓެވެ.
ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ފައިސާ މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
10 April 2025
އިމިގްރޭޝަން ކޮންޓްރޯލަރ ހައްޔަރުކުރީ ފަސްލައްކަ ރުފިޔާގެ މައްސަލައެއްގައި މިއީ 4 މިލިއަން ރުފިޔާގެ މައްސަލައެއް އެކަމަކު ހަމަ އެއްވެސް މައްސަލަ އެއް ނެތް!
ނޫމާން
10 April 2025
ލޯންގް ޓާރމް ކޮންޓްރެކްޓަށް ގޭސް ފޯރުކޮށް ދިނުމުގެ ކަންކަން އެސްޓީ އޯ އިން ކުރިއަށް ގެންދަން ނިންމީ 2023 ވަނައަހަރުގެ ސެޕްޓެމްބަރުގަ މޯލްޑިވްގޭސްގެ ބޯޑުން ކަމަށް ވަނީ. މިގޮތަށް ނިންމީ އެމް.ޑީ.ޕީ ސަރުކާރުގަ މޯލްޑިވްގޭސް އިން. އޭރު އެމް.އެމް.އޭ އިން ޑޮލަރު ލިބެނީ އެސްޓީ އޯއަށް. އަބަދުވެސް ޑޮލަރުގެ ތާށިކަން އޮންނާތީ.
އެކްސްް
10 April 2025
މައްސަލަބަލަނީ.. ވާކަމެއް ހަރާމް. ކޮބާ ފިއުލް ސަޕްލައިސްގެ ވައްކަންގަނޑުގެ މައްސަލައިގެ އަޕްޑޭޓަކީ؟ މިދައުރު ނިމިދާނީ މުޅިންވެސް މިކަހަލަ ކަންކަމުގައި. މޯލްޑިވްސްގޭސްގެ ނަން މޯލްޑިވްސް ގޭސް ޑެލިވަރީ ސާވިސްއަށް ބަދަލުކޮށް، އެތަނުގެ އެމްޑީއަކަށް ރިޓަޔަޑް ޖެނެރަލެއްލާން ފެނޭ.
ފޫނު
10 April 2025
އެ މީހުން ވަނީ ވަޒީފާއިން ވަކިކޮއްފަ. މިއީ އެމްޑީޕީ ސަރުކާރެއް ނޫން ވައްކަން ކުރާ މީހުން ސަލާމަތް ކޮއްފަ އޮޅުވާލަން. މިހާތަނައް ކޮރަޕްޝަނައް ޕާޓީ ވިޔަސް ނުބަލާ ފިޔަވަޅު އެޅި ސަރުކާރެއް ނާދޭ. މިސާލު ފަޒުލް އާއި އިމިގްރޭޝަން ބޮޑު މީހާ
ޢަބްދުލް ޣަނީ ކުރެންދޫ
10 April 2025
މާދަމާ ހެނދުނު 7:40 ގައި އެއާޕޯޓުގައި އެސެމްބްލީ އޮންނާނެ... ކިޔާ ލަވަޔަކީ " ކޭބަޔަކު ކައިފިޔޭ، ކޭކަމެއް ނޭގެޔޭ "
ކެޕިތަން
09 April 2025
ތިޔަ ނިމުނީނު ދޯ ތިޔަކަންވެސް. އެވަރު ކަމެއްނު. ހިޔާނާތްތެރިން ހަމަ ތިބެންވީ އިއްޒަތާ ޝަރަފުގަ ބޮޑު މުސާރަ ނަގައިގެން ބޭރުގެ ގައުމުތަކަށް ދަތުރު އަޅާލަ އަޅާލާ ކުންފުނީ ހަރަދުގައި. އެހެންނު؟
ކޮލަމާހުއްޓާ
09 April 2025
ނުވާނެ އެއްކަމެއްވެސް. ތިކަހަލަ ކިތައް ... މިވެރިކަމުގަ ފެނިއްޖެ. އިމިގްރޭޝަން މިހާއެކަނި ބަންދުކުރި. ބާކީ އެންމެން މިނިވަންވެފަ.
ކަޓު
09 April 2025
ގޭސް ގަންނަމުން އައި ކުންފުނި ބަދަލް ކުރީ ކީއްވެކަން ދިދައިގެ ތަޖުރިބާ ކާރައް ނޭނގި ނުހުންނާނެ. ތިވާހަކަ ރައްޔަތުން ދައްކާތާވެސް އަހަރެއް ވެއްޖެ.ސަރުކާރު ކަހާތާ ހިރުވައިނުލައި އޮންނާނީ ވެސް ބޮޑެތީންނަ ބައި އެޅޭތީ.
ޢަހުރެން މިހުރީ ހަނު
09 April 2025
"ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ."
ގޮނުއަނގަ
09 April 2025
ޗެނެލް 13 އަށް އަރައި މީހުންގެ މަސް ނޮޅައި ކެއުމުގެ ނަތީޖާ ﷲ ތިޔަވަނީ ދައްކަވާފައި. މީހުންގެ ނެތިނުބައި ގޮވާމީހުން ﷲ ބޭޒާރު ކުރައްވާނީ ކިހިނެއްކަން ކޮންގޮތަކުންކަން ކޮން ސިފައެއްގައިކޮން މަޤާމަކުންކަން އެނގޭނެ ހަމަ އެކަކުވެސް ނުހުންނާނެ. މިހިރީ ދުނިޔެމަތިން ފެނިގެންދާ ޙަޤީޤަތް ކަމުގައި ދެކި އެކަކުވެސް އެކެއްގެ ދޮގުވާހަކަ ނުދައްކާ ދުނިޔޭގައި ހެޔޮގޮތުގައި އުޅެ ޤައުމަށް ޚިދުމަތްކޮށްދިނުމީ ލާޒިމުކަމެއް ކަމުގައި ދެކެންވީ.
އެހެނަސް
10 April 2025
އަދި މިހާތަނައް މިސަރުކާރުން ފިޔަވަޅު އެޅިވަރައް އަދި އެހެން ސަރުކާރެއްނާދޭ މިކަން ވެސް އެކަކައް ނޭނގެނީސް ފަޅާ އަރުވާލީވެސް ހަމަ މިސަރުކާރުގެ ބޮޑެއް. އެއީ އެކަން ޓޮލަރޭޓް ނުކުރާކަން އެއިނގެނީ. އެހެން ސަރުކާރެއް ނަމަ ލާހިކެއް ނޫން އިނގޭކައް
ނާޒިމް34
09 April 2025
މަޖިލިސް ނާއިބު: ކޮބާތޯ އެސްޓީއޯ އިން ހަކުރު ވަގަށް ވިއްކި މައްސަލަ. ޢެ މައްސަލަ ބަލަން ކެރޭނެތޯ؟ ފިއުލް ސަޕްލައި އިން ތެޔޮ ވަގަށް ވިއްކި މީހުން ސަސްޕެންޑްކޮށްފައި، އަނެއްކާވެސް ވަޒީފާ ދިނީ. މި މައްސަލަ ބެލުނުތޯ؟ ގޭސް ކުންފުނީގެ އެކަމުގެ ބައިވެރިންނަށް އެއްވެސް ފިޔަވަޅެއް ނޭލޭނެ. ޢެކަމެއް ނުވެސް ބެލޭނެ. ލައްކަ ވާހަކަ....