ރައީސް ލިވަޕޫލަށް ކުރެއްވި ދަތުރުގެ ތެރެއިން: ރައީސް ކުރެއްވި ދަތުރަށް ހަރަދުކުރީ 150،000ރ.
10 އެޕްރީލް 2025 - 13:06
އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ހަރަދުކުރީ 153،000ރ. ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި ގޮތުގައި މި މަހުގެ 1-5 ގެ ނިޔަލަށް ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 153،689ރ. އެވެ. މި މައުލޫމާތު އާންމުކޮށްފައިވަނީ ރައީސް ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ހަރަދުވާ އަދަދު ހާމަކުރައްވަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.
ރައީސް މުއިއްޒުގެ ޕޮޑްކާސްޓް ޝޯ ގައި މިއަދު ވިދާޅުވީ، ދޮޅު ލައްކަ ރުފިޔާއަކީ ގާތްގަނޑަކަށް އެ މަނިކުފާނުގެ ޓިކެޓުގެ އަގު ކަމަށާއި ވަފުދުގެ އެހެން ބޭފުޅުން ހަރަދުތަކާއި އެހެން ހަރަދުތައް ކުރީ ޕްރައިވެޓް ސެކްޓަރުގެ ފަންޑިންގައި ކަމަށެވެ.
ރައީސް ލިވަޕޫލަށް ވަޑައިގަތީ އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް މަންޒިލަކަށް ރާއްޖެ ހެދުމުގެ ހަރަކާތް އިފްތިތާހު ކުރެއްވުމަށެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އިތުރު ޓޫރިސްޓުންނަށަް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
ރައީސްގެ ދަތުރުފުޅުގައި ފަހުގެ ވަސީލަތްތަކާ އެކު، އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވައި، ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީ އަށް ކުރެވިދާނެ ކަންކަމާއި އުއްމީދީ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ ހަރަކާތް، ލިވަޕޫލް ކްލަބު (އެލްއެފްސީ) އިން ފަށާ ފުޓްބޯޅަ މެދު ރައީސް މުއިއްޒު ބައްލަވާލެއްވި އެވެ. އޭގެ އިތުރުން ފުޓްބޯލް ފޯ ޕީސްގެ އިސް އޮފިޝަލުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވި އެވެ. އަދި ޔުނިވާސިޓީ ޕީސް ސެންޓަރުގައި ފުޓްބޯލް ފޯ ޕީސް އިން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުގައި ލޯޑް މޭޔާ އޮފް ލީޑްސް، ކައުންސިލާ އެބިގެއިލް މާޝްލް ކަޓުންގެ އަދި ވެސްޓް ޔޮކްޝަޔާގެ މޭޔާ ޓްރޭސީ ބްރޭބިންއާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ. އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބާދް
10 April 2025
މީ ހަގީގަތެއް. އަހަރެންވެސް ދިޔައިން މިގައުމަށް. ތިބުނާ ހަރަދެއް ނުވޭ. މީހުން ހީކުރާ. އަދި އެހާމަ ކުރު ދަތުރެއް ކުރީވެސް
އާތިފް ޝުކޫރް
10 April 2025
މިދަތުރުން އެހެންވީމަ ދިޔަ ހަރަދަށްވުރެ މާ ގިނަ ޓޫރިސްޓުން ގައުމަށް އަންނާނެ. އަދި މާ ގިނަ މިލިޔަނުން ޑޮލަރ ވަންނާނެ
ފާތުން ސޯލިހް
10 April 2025
އާރްޓީއައި ނުލާ ފުރަތަމަ ވެރިކަން މިއީ ހަރަދު ހާމަކުރާ. ހެޔޮ ފާލެއް
އިދުހާމް ހުސައިން
10 April 2025
ވަރަށް ކުޑަ އެއްޗެއް މިދަތުރަށް މިދިޔައީ. އަދި މި ދަތުރުގެ ސަބަބުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ. ބަލަން ތިބޭ
އިސްމާއިލް އުޝާޟް
10 April 2025
މިކަހަލަ މައުލޫމާތް ހާމަކުރާތީ އުފާކުރަން.
ސޯޅަ
10 April 2025
ހާދަ ބޭރުގެ ދަތުރު ގިނަ ރައީސެއް ދެއްތޯ؟ 16 ދަތުރު 16 މަސްތެރޭ!
ވޯލް
10 April 2025
ތިޔަ ބުނާ ފަންޑީން އަކީވެސް ޓޫރިޒަމްގައި އޮންނަ ކޮންމެވެސް ޓްރަސްޓް ފަންޑަކުން ކުރާ ޚަރަދަކަށް ރަގަޅަށްވިއްޔާ ވާނީ.
ކުދުބެއްޔާ
10 April 2025
ތިޔަ ވިދާޅުވާ ޕްރައިވެޓް ސެކްޓަރގެ ނަންތައް ހިމަނާލިނަމަ ވަރަށް ރަގަޅުވާނެ. އެންމެ ފަރާތެއްގެ ނަން ހާމަ ކޮށްދެވިދާނެތޯ؟
ސަދަގާތެއް
12 April 2025
ސަދަގާތް ކުރަނީ ލިއްލާހިއަށް. އެހެންވީމަ ހާމަ ނުކުރާނެ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
10 April 2025
މިއީ ޤަބޫލު ކުރެވޭނެ އަދަދެއް ނޫން. އިތުރު ތަފްސީލު ބޭނުންވޭ. ރައްޔިތުންގެ ފައިސާއިން ހަރަދު ކުރާއިރު މިއަށްވުރެ ދެފުށް ފެންނަގޮތަށް ކަންކަން ހާމަ ކުރެވެންޖެހޭނެ
އިނގިރޭސި ޖުހާ
10 April 2025
އަހަރަމެން އެންމެން ސޭކުހެދިފަ. ރައީސްގެ ދަތުރު ހަރަދު ތިޔަކިޔަނީ އެންމެ އިންސާނެއްގެ ހަރަދު އެއީ މުޅިދަތުރުގެ ހަރަދު ކަމަށް އަހަރަމެންނަށް ވިސްނައިދޭން. ކޮބާ އަރިހުގަ ދިޔަހާ މީހުންގެ ޚަރަދު. އެއީވެސް ރައީސްގެ ދަތުރުގެ ބައެއް ރައީސް ވަޑައިގަންނަވާނަމަ ކޮންމެހެން ދާންޖެހޭ މީހުންގެ ޚަަރަދު އެއީ ރައީސްގެ ދަތުރު ހަރަދު. 150 ކޭ އަކުން އިނގިރޭސިވިލާތަށްގޮސް އެނބުރި ރާއްޖެއަށް ތިވަރުގެ ވަފުދަކަށް ނާދެވޭކަން އެއީ ދެން މެދުރުގެ އިރުހާ ސާފުކަމެއް.
ސުހާނާ
10 April 2025
ރަނގަޅަށް ޚަބަރު ކިޔާލިންތަ؟ އެއީ ރައީސްގެ ޓިކެޓަށް ޚަރަދުވިވަރު ކަމަށް ރައީސް ވިދާޅުވި ކަމަށް އެއޮތީ. އެހެން ޚަރަދުތައް ކުރީ ޕްރައިވެޓް ސެކްޓަރުގެ ފަންޑިން އިންވކަމަށްވެސް ވިދާޅުވިކަމަށް އެބައޮތް.
ކަރީނާ
10 April 2025
ސެކިޔުރިޓީން ނަށް ޑިފެންސް މިނިސްޓްރީން ހަރަދު ނުކުރޭޔަ