އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.
13 އެޕްރީލް 2025 - 11:08
މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން ސްކޮލަޝިޕަށް މި ހަފުތާގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ، އިސްލާމީ އިލްމުގެ މުހިއްމު ތަފާތު ދާއިރާތަކުން މާސްޓާސް އާއި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކަކަށް ހުޅުވާލާނެ ކަމަށެވެ. އަދި މެޑިސިން ދާއިރާއިން ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓުން ނެތް މުހިއްމު ދާއިރާތަކުން ވެސް އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އެނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް މާލީ އެހީ ފޯރުކޮށްދޭން އިއުލާންކުރާނެ އެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ އެހީތެރިކަމާ އެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެންދިޔަ ނަސްރެއް ކަމަށެވެ. މީގެ ދަށުން ގުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މި ހަފްތާގައި ސްކޮލަޝިޕަށް ހުޅުވާލަން ނިންމިއިރު މަތީ ތައުލީމް ހާސިލްކުރަން ޒަކާތު ފަންޑުން އެހީދޭނެ ގޮތްތައް އިތުރުކޮށް، އާ އުސޫލެއް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އާންމުކޮށްފަ އެވެެ.
ސްކޮލަޝިޕްގައި އިސްކަންދޭނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެ އިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން އާއި ވިސާ ފީ އާއި ސްޓައިޕެންޑާއި ބުކިން އެލަވަންސް ވެސް ދޭނެ އެވެ.
- މާލީ ފުދުންތެރިކަން ނެތުން.
- ކިޔެވުމަށް އަމިއްލަ އަށް ހަރަދު ކުރެވެން ނެތުން.
- ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ހިލޭ އެހީގައި މީގެ ކުރިން ކިޔަވަން ފުރުސަތު ލިބުން ނުވަތަ ޒަކާތު ފަންޑު ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ނުވުން.
- ސަރުކާރުން ނުވަަތަ ސަރުކާރު މެދުވެރިވެގެން ހިލޭ އެހީ/ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުސަތުގައި ކިޔެވުމަށް ފަހު ބޮންޑު ފުރިހަމަނުކުރާ މީހަކަށް ނުވުން.
ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސްޕްލާންޓާއި ބޯން މެރޯ ހެދުމާއި ފުއްޕާމޭގެ ކެންސަރު ފަދަ ބޯޑެތި ބަލިތަކަށް ވެސް ހޭދަކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކް
13 April 2025
މިމީހުންގެ ދަރިން ކިޔަވަން އަމިއްލަޖީބުން ހަރަދުނުކޮށް ޒަކާތުފަންޑުން ނިންމާލީމަ އެޔޮތީ އިސްލާމްދީނަށް ނަސްރުލިބިފަ. މިމީހުންގެ އަތައް ހެޔޮނުވާނެ ޒަކާތު ލާރިދޭން. އަމިއްލަޔަށް އެކަންނިންމާލުން އެންމެރަނގަޅީ. ވަގުން ސޫޓުލާފަ މޮޅު ޓައި އެޅިޔަސްވާނީ ވަގުންނަށް.
ހަމަދު ސަލީމް
13 April 2025
ވަރަށް އުފާވެރި ހަބަރެއް. މީގެ ސަބަބުން ދެން ނުކިޔެވި ތިބި މީހުންނަށް އަނެއް ފުރުސަތު ލިބޭނެ.
ނޫޝިން
13 April 2025
ރަނގަޅު ކަމެއް. އެތައް ބަޔަކަށް ކިޔަވަން ފުރުސަތު ލިބޭނެ މީގެ ސަބަބުން.
އަބްޑޫޅް +
13 April 2025
ތިޔަ އިސްކޯލްސޮޕު ލިބޭނީ ހަމަ އެކަނި ޒިކުރު ތަސްބީހަ ކިޔާ މީހުނަށްބާ؟
ފާނު
13 April 2025
ޒަކާތު ފައިސާއިން ހައިހޫނުކަން ފިލުވަންޖެހޭ... އަދިވެސް ރާއްޖޭގައި ހައިހޫނުކަން ތަހައްމަލު ކުރާމީހުން އުޅޭކަން މިހާރުން ރޯދަމަހު ގެނެސްދިން ބައެއް ރިޕޯޓުތަކުން ހާމަވި...
ޑރ ވާންޗޯ
13 April 2025
ދައުލަތެއް ހިންގުމާހަވާލުވެހުރި ވެރިމީހާ ކޮރަޕްސަނަށް އާއެކޭ ބުނެފިކަމުގެ އެންމެބޮޑު އެއްހެކި، އެމިނިސްޓްރީ އެއްގެ މެންޑޭޓްގަ ނުހިމެނޭކަންތަށް ކުރަންދޫކޮށްލުން.
ޑރ ވާންޗޯ
13 April 2025
ޒަކާތުފަންޑުން ހަރަދުކުރާނެ ފަގީރެއް، ބޭސްފަރުވާއަށް ސަލާންޖަހާމީހެއް، ނިކަމެއްޗެއް ނެތީތޯ؟. ކީއްތޯވާނީ ސްކޫލްހުޅުވެންވާއިރަށް ބޫޓުފަދަތަކެތި ނުގަނެވިގެންއުޅޭ ބެލެނިވެރިންނަށް އެފަދަތަކެތި ދެވޭނެގޮތެއް ހަމަޖައްސައިދިނުން.
ޖހގް
13 April 2025
އެފަދަ މީހުން ފަޤީރުންގެ ދަފްތަރު ގައި ޖެއްސުމަށް އެހީތެރިކަން ދީބަލަ ފާޑުފާޑުގެ ކޮމެންޓް ނުކޮށް. ދަފްތަރުގައި ނަން އޮންނަ މީހުންނަށް ޒަކާތުން ތިފަދަ އެހީ ދޭނެ.
އުސޫލުލް ފިގުހު
13 April 2025
އުސޫލު ހެދުމުގައި އިސްކޮށްއުޅުނު ކޮންމެވެސް މީހެއްގެ ދަރިއެއް އަމިއްލަ ހަރަދުގައި ކިޔަވަން ހުރިކަމަށް ބެލެވޭ. ނުވަތަ ވަރަށް އަވަހަށް ކިޔަވަން ނައްޓާލާނެ ކަމަށް ބެލެވޭ
ވަިދުިް
13 April 2025
ތިކަހަލަ ވިސްނުމުގައި އުމުރު ތިހުސްކުރަނީދޯ
ޝައިހުލް އަޒްހަރު
13 April 2025
ވަރަށް ސަޅި. ލޯނުނަގައިގެން ކިޔަވާފަ ގަސްދުގައި ލޯނު ނުދައްކާ މީހުންނަށްވެސް ޒަކާތު ފަންޑުން ކިޔަވަން ލާރި ލިބޭ. މީގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއްވާނެ. ކޮރަޕްޝަނާ ނުލާ ކަދުރުކޮޅެއްވެސް ނުބެހޭއިރު. މިއީ ހައިރާންވާންޖެހޭ ކަމެއްނޫން
ކީކޭބުނާނީދެން
13 April 2025
ވަކި ދައިލަތެއް ހިންގަނީތާދޯ