އައިލެންޑް އޭވިއޭޝަނުން އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނައުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު:.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 އެޕްރީލް 2025 - 15:01
ޓެކްނިކަލް ރިކުއާމަންޓު ހަމަނުވާތީ، ކުރީގެ އިއުލާނު ބާތިލްކޮށް، އެއާބަސް އޭ330 މަރުކާގެ ބޯޓެއް ހޯދަން އައިލެންޑު އޭވިއޭޝަނުން އިއުލާނުކޮށްފި އެވެ.
އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވިއަން އެއާލައިނަށް ބޭނުންވާ ވައިޑް ބޮޑީގެ ދެވަނަ އެއާކްރާފްޓް ހޯދުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ ހައެއްގަ އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވީ، ބޯޓު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރީ، ކުރިން ލިބުނު ހުށަހެޅުންތައް، އެ ކުންފުނިން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ހަމަ ނުވާތީ ކަމަށެވެ. ބޯޓު ހޯދާއިރު، ޓެކްނިކަލް ރިކުއާމަންޓްގެ ގޮތުގައި މުހިއްމު ގިނަ ކަންތައްތަކަށް ބަލާނެ ކަމަށާއި އޭގައި އައިލެންޑް އޭވިއޭޝަނުން ކަނޑައަޅާފައިވާ ސްޓޭންޑާޑްތަކެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެކްނިކަލް ރިކުއާމަންްޓްގެ ގޮތުގައި ބޯޓުގެ އުމުރާއި ބޯޓު ބޭނުންކުރި މުއްދަތު ވެސް ބަލާނެ އެވެ. އަދި އިންޖީނާ ގުޅޭ މުހިއްމު ގިނަ ކަންކަން ޗެކް ކުރާނެ އެވެ.
އިޔާސް ވިދާޅުވީ، ފުރަތަމަ ބުރުގައި ވެސް ގިނަ ޕާޓީތަކުން އޭ330 ބޯޓު ގެނެސްދޭން ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ.
ގެޒެޓުގައި ކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައިވާ ގޮތުން ފަސް އަހަރުގެ މުއްދަތަށް އޭ330 މަތިންދާ ބޯޓެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅާން ޖެހޭނެ އެވެ. މޯލްޑިވިއަން އިން ބޭނުންވާ އެ ބޯޓު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ގެންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެބޯޓުން އަންނަނީ ޗައިނާގެ ތިން މަންޒިލަކަށް މިހާރު ދަތުރު ކުރަމުންނެވެ. އެއާބަސް އޭ330 ދެވަނަ ބޯޓާ އެކު ޔޫރަޕަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައިވެ އެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ހަތަރު ބޯޓާއި ސީ ޕްލޭންގެ 11 އޭޓީއާރްގެ ހަތަރު ބޯޓާއި ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަަސަނަނާ
14 April 2025
މިހާރު ބޯޓު ހޯދުމަކީ ފަސޭހަކަމެއްނޫން، އެއާރލައިންތަކުން އުޅެނީ ބޯޓުނުލިބިގެން. ޢަނެއްކާވެސް ބާދަނގަޑުގަނޑެއް ލިބިދާނެ ނުއަގުގަ!
މޮހޮނު123
13 April 2025
ކުރީބޯޓުގެ ޢުމުރަކީ 25 އަހަރުކަމަށް ޚަބަރު ލިބޭ
އޮނަރަބްލް ބަކުރުބޭ ގެ ޓުއްޓޯން
13 April 2025
ސުރިހީގައި އޮތީ ބޯޓެއް ގަންނަ ކަމަށް .. ސުރުހީ ހުޅުވާލީމާ ފެނުނީ ބޯޓެއް ހޯދަނީ ކަމަށް ހަބަރު އެކުގައި ކިޔާ ނިމުނު އިރުވެސް ބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ނުވެގެން ދެވަނަ ފަހަރަށް ހުޅުވާލި ވާހަކަ ފެންނާކަށެއްނެތް .
އަފްރާސިޔާބު
13 April 2025
އެހެންވީމާ ކުރިން ގެނައީ ކުއްޔަށްތާ. ނޫނީ ޓެކްނިކަލް ރިކްއަމެންޓް ހަމަވާ އެންމެ ބޯޓެއްތާ މުޅި ދުނިޔޭގައިވެސް ބޭނުންކުރުމަށް އެކުންފުންޏަށް އުފެއްދުނީ. އެ ގަތީ ދިވެހިރާއްޖޭންތާ. ނުވާވަރުން ކަންކުރަން އުޅުނީމާ ވާނީ ބޭޒާރު. ތިމާމެންގެ މައިބަދައިގައި އެވަރުގެ ހަކަތައެއް ނެތި ކަންކުރަން ނޫޅޭ. ދެންކުންތެރިކަމަކީވެސް ގައުމުތައް އިނދަޖައްސާލާކަމެއް.
ނޫރުﷲ
13 April 2025
ބޯ ހުންނަ މީހުން ކަންކަމާ ހަވާލުވީމަ ކުންފުނިތައްވެސް ހިންގަން އެބަ އިނގޭ. މީގެ ސަބަބުން ގައިމުވެސް ކުންފުނި ކުރިއަރި ޑޮލަރ މިގައުމަށް ވަންނަން މަގުފަހިވާނެ
ހަމަދު ސަލީމް
13 April 2025
މިކަން ފަށައި މި އުދުހެން ފެށުމުން މިގައުމުގެ އިގްތިސާދު ދެގުނަވާނެ ނުވަތަ ފުޅާވާނެ
ޝާހް ކަރީމް
13 April 2025
ސަރުކާރުން ދިވެހި ގައުމުގެ އިގްތިސާދު ފުޅާ ކުރަން މިކުރަނީ ރަނގަޅު މަސައްކަތެއް.
އަބްޑޫޅް +
13 April 2025
ކަލޭމެންގެ އިއުލާނަށް އިޖާބަ ދެނީ ހަމަ އެކަނި ދޮންކެޔޮ ޖުމްހޫރިއްޔާތަކުންތަ؟ ލަނަޑަޔާ ވާނީ ލަނޑާ ދޯ؟