ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާ އަށް ނިޝާން މުލީގެ އިއްޒަތުގެ ޝަރަފު ރައީސް މުއިއްޒު މިއަދު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
14 އެޕްރީލް 2025 - 09:37
ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) ގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސައޫދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަރުޝަދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ ދިވެހި ދައުލަތުން ދޭ ތިން ވަނަ ދަރަޖައިގެ އިއްޒަތެވެ. ނިޝާން މުލީގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.
ނިޝާން މުލީގެ އިއްޒަތް މަރުޝަދަށް އަރުވަން ނިންމެވީ، އެ ފަންޑުން ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެފައިވާ އަދި މިހާރު ވެސް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންނެވެ.
ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާ އަށް ނިޝާން މުލީގެ އިއްޒަތުގެ ޝަރަފު ރައީސް މުއިއްޒު މިއަދު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ގިނަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެކި ފަހަރު މަތިން ފައިނޭންސިން ހަމަޖައްސާފައިވެ އެވެ. އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން 1978، 1981، 1992، 1999 2016، 2024 ވަނަ އަހަރު ފައިނޭންސިން ހަމަޖައްސައިދީފައި ވެ އެވެ.
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ މަރުޝަދަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް އެރުވުމަށް މިއަދު ބޭއްވި ރަސްމިއްުޔާތުގައި ރައީސް މުއިއްޒާ އެކު.---ފޮޓޯ: ރައީސް އޮފީސް
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވާ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވާނެ އެވެ. މިއީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަމަ ލޯނެވެ.
އެފަންޑު މެދުވެރިކޮށް ރާއްޖޭގެ މުހިއްމު 16 މަޝްރޫއުއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ މިހާތަނަށް ފޯރުކޮށްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދއްދއ
14 April 2025
ސައުދީއާ ކުވައިތުގެ ތަނެކޭ 25 އަހަރަށް ކުއްޔަށްދޭން އުޅެ ކާމިޔާބު ނުވީ.
މަރުމޯލު1
14 April 2025
ސަޅި ކަލޯގަޔާ . 5 މިލިޔަން ޖީބައްވިއްޔާ ދާނީ އިއްޒަތް ހައްޤު ދޭން.
ވިއްކާލާވިއްކާލާ
14 April 2025
ރާއްޖޭގައި ހުރި އިއްޒަތްތައް ވިއްކާލިޔަސް ދަރަނިތައް ފޫބެއްދޭނެ. ކޮންކަމަކާ ހާސްވާންވީ. އެމެރިކާގެ ރައީސަށް ދޭންވީ ބޮޑުތަކުރުފާނުގެ އިއްޒަތް ދީފަ ހައެއްކަ ސަތޭކަ މިލިޔަން ޑޮލަރު ހޯދިދާނެ ކަމަށް ފެންނަނީ. އިއްޒަތް ބޭނުންވާ މީހުން ދުނިޔޭގަ ވަރަށް ގިނަވާނެ.
އޮނަރަބްލް ޓުއްތޯންބެ
14 April 2025
ސައުދީ ފަންޑުން ލޯނު ފައިސާ އަކީ އަބަދުވެސް ލިބޭ އެއްޗެއް މިނޫނީ މިކަން މާ ބޮޑުކަމެއްކަމަށް ދައްކާ މިވަރުގެ ދެއްކުންތެރި ކަމެއް އެއްވެސް ސަރުކާރަކުން މިހާތަނަކަށް ދައްކާފައެއްނެތް!
އުދުހޭ
14 April 2025
ފަންޑުގެ ވެރިޔާއަށް އެނގޭބާ ތުރުކީން ބާދަނޑުގަނޑެއް ހަދިޔާކުރިކަން؟
×ްދް
14 April 2025
އެކަން މަނިކުފާނަށް އެނގެ އެއްނު
ކަރީނާ
14 April 2025
ގަނޑުވަރު ގެ ޖެނިޓަރ އަޔަސް ތި އިއްޒަތް mihaaru ދޭން މަޖްބޫރު ވާނެ
ބޮޑުގޮހޮޑާ
14 April 2025
މި މުހިންމު ވަގުތު އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމަ އެކަނި ފަރާތް ދޯ މިއީ. ހަނދާން ބަހައްޓަންޖެހޭނެ.
ލުބްލާ2025
14 April 2025
މީގެ އެއްޗެއްގެ އަގަކީ 17 މިލިއަން ޑޮލަރުގެ ލޯނެއްދޯ؟ ހިލޭ އެހީނަމަ ވެސް ރަނގަޅު. އެކަމު ލޯނެއް ދިނީމަވެސް "އިއްޒަތް" ލިިބޭ.
ކަތްދައްތަ
14 April 2025
އަދި ކިރިޔާ ތިޔަ ހިގައިގަނެވުނީ ރަގަޅު މަގަކުން. އަރަބިންނާއި ނުލާހިބު ބޮޑު ޝަރަފާއި ފުޅާ ޢިއްޒަތެއް ބޭނުންވާ ބައެއް. ވީއިރު ތިޔަފަދަ ކަމެއް ނުކޮށް ނާށިގަނޑު ހިފައިގެން ސަޢުދީއަށް ދިޔަސް ވާނެކަމެއް ނޯންނާނެ. ތިޔާ ޢިއްޒަތް ހަމަ އެރުވުމާއެކު 17 މިލިޔަން ޑޮލަރުގެ ލޯނު އެހަމަޖެހުނީ. އަދިވެސް އިތުރަށް ބޭނުންވާނަމަ މިތަނުން ބޮޑު ފަޅުރަށަށް ތިޔައިން ޕްރިންސެއްގެ ނަންދީފަ އެކަން އިސްތިހާރުކޮށްލީމާ އަންނާނެ އެހީތައް ފަތުއަޑުކިޔާހަ
ޗަލޯ
14 April 2025
އެހެރީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ނަންދީފާ، އެވެރިން ގާތު އަހާވެސް ނުލާ.
ޑރ ވާންޗޯ
14 April 2025
ވަރަށްރަނގަޅު ހުރިހާއެންމެންވެސް އެންމެ ބޮޑަށް ބަލާ ކަމޭހިތާނީ އެންމެބޮޑު ތިޖޫރީއަށް.