މޯލްޑިވްސް އިމިގްރޭޝަން ބެޖު: .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 އެޕްރީލް 2025 - 10:44
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ހުށަހަޅައިފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ބިލުގެ މަސައްކަތަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިމިގްރޭޝަނުން އެ ބިލަށް ގެންނަން ބޭނުންވާ އިސްލާހެއް ވަނީ އިއްވައިފަ އެވެ.
މީކާއިލް ހުށަހެޅުއްވި ބިލުގައި މިހާރު އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ.
އޭގެ ބަދަލުގައި އިމިގްރޭޝަނުން ހުށަހެޅީ ރާއްޖެ އައުމަށް އެދި އިޒްރޭލު ޕާސްޕޯޓު ހުށަހަޅާ މީހުން އެކަނި ނުވަދެވޭނެ ގޮތަށް ބިލު އިސްލާހުކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ އެމްޑީޕީން ސުވާލު އުފައްދައިފި https://t.co/2odfmI9jox
— Mihaaru (@Mihaarunews) June 3, 2024
ސަބަބެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ ބިދޭސީން ރާއްޖެ އެތެރެވުމުގައި އެ މީހުންގެ ގައުމިއްޔަތު ދެނެގަތުމުގައި ބަލަނީ ރާއްޖެ އެތެރެވުމަށް ހުށަހަޅާ ޕާސްޕޯޓު ކަމަށް ވެފައި، ރާއްޖެ އަންނަ އެއްވެސް މީހަކީ ދެ ގައުމެއްގެ ޕާސްޕޯޓު ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއް ކަން ކަށަވަރު ކުރެވެން އިމިގްރޭޝަނަށް ނެތުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހަޅާފައިވާ ގޮތަށް އެކަން ތަންފީޒު ކުރެވިދާނެ ކަމަށް ނުބެލެވެ އެވެ.
މި ބިލު އިތުރަށް ދިރާސާކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ މިއަދު ބައްދަލުކުރުމަށް ބިލު ދިރާސާކުރާ ކޮމިޓީން ވަނީ މިއަދު ނިންމައިފަ އެވެ.
ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭގެ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލް ޕާސްޕޯޓުގައި ވަރަށް ގިނަ ފަލަސްތީން ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އެކި ފަހަރުމަތިން ލަސްކުރުމަށް ފަހު، ބިލު ނިންމުމުގެ ސުންގަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ޖުލައިގެ ނިޔަލަށެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ މޭ މަހު މަޖިލީހަށް ހުށަހަޅައި ކޮމިޓީ އަށް ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން އޮތީ ސަރުކާރު އަދި މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީ އަށް ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާނުބެ
14 April 2025
ތިޔަބުނާ ގިނަ އަމަލު ތައްހިންގާ މީހުންނަނީ އެހެން ގައުމުތަކުން އެތަނައް ގޮސް އެތާ ގަ މަސައްކަތް ކުރާމީހުން ، މިސާލަކައް ބުނަންޔާ އިންޑިޔާއިވެސް އެދީނުގެ މީހުން ގޮސް އެތަނުގެ ސިފައިންގެ ގޮތުގައި ހިދުމައް ކުރޭ އަދި މިހުރިހާ ޖަރީމާއެއްވެސް ހިންގާ. މާދަމާ އެމީހުން ރާއްޖެ އަންނާނީ އިންޑިޔާ ޕާސްޕޯޓުގައި ...
ވަރަށް ސަާފު
14 April 2025
މިވާ ގޮތުން ނަޓަންޔާހޫ އެމެރިކާގެ ޕާސްޕޯޓް ހުށައަޅައިގެން ރާއްޖެއަށް އެތެރެ ވެވޭނެ... މި ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުން މަނާ ވެސް ނުކުރެވޭނެ.
ޢޮނަރަބަލް މުދިންބެ
14 April 2025
ފިޔަވަޅު އަޅަނީ އަނިޔާވެރި އަމަލު ހިންގި އިޒުރޭލު މީހާގެ ބަދަލުގައި ޕާސްޕޯޓަށް....
ޢޮނަރަބަލް ބަކުރުބެ
14 April 2025
މިހާރު މިއޮތީ އިޒުރޭލުގެ އަނިޔާވެރި ލާއިންސާނީ އަނިޔާ ތަކަށް ހިތްވަރުދޭ ސަރުކާރެއް
ހޮޅިން
14 April 2025
ގަޓުހުރިކަމަށް ދައުވާކޮށް މިނޫނިއްޔާ ކަމެއް ކުރަން އެނގޭބަޔަކު އަދި ވާނެވެސް ބަޔަކު ނެތްކަމަށް ދައުވާ ކުރި ގްރޫޕް އުޅޭގޮތް ފެނިފަ، ހިތާމަކުރަން. މުއައްސަސާއެއްވިއްޔާ ފެއިލްކޮށްފި، މަގާމްގެ ކުރިއެރުމާކަންކަން ބަހާލަނީ، ތަނުގަ އިޚްލާސްތެރިކޮށް މަސައްްކަތް ކުރަން ތިބޭމީހުން ތަންދެކެ ފޫހިވާގޮތަށް. ކަނީ ވެސް ވަކިވަރެއް ބަލައިގެނެއްނޫން.
ދިވެހިބިން
14 April 2025
ކުރީސަރުކަރުގަނަމަ ޝެއިޚުންތައް މިހާރު ކެކިއަރާނެ! އަދިއެބައިމީހުން ބުނާނެތެ ދެންފަހެ އިމިގުރޭޝަންގެ އަޑީގަ ހުރީ ރައީސް ނޫން ދެންފަހެ ކާކުހޭ؟
ވާލު ސޮރުގެ ޗާރޭ
14 April 2025
މިހާރު އިސްލާހު ހުށަހެޅިގޮތަކަށް ފާސްކޮށްފިނަމަ ރާއްޖެގެ ރައްޔިތުންނަވެސް އަނބުރާ ދިވެހިރާއްޖެއަށް ނުވަދެވޭނެއެވެ. ސަބަބަކީ ހުށަހެޅި އިސްލާހުގެ އެންމެ ފަހު ޖުލްލައޮތީ އެ އިބާރާތުން އެ ބައި އުނިކޮށްފިނަމަ އިސްލާހު ބަރާބަރު ޑުއެލް ސިޓިޒެންޝިޕް އިމިގުރޭޝަނަ ދަނެގަންނަށް ނޭންގުމަކީ އެއީ ގާނޫނު އިސްލާހު ކުރަން އޮތް ހުރަހެނޫން އެކަން އިސްލާހު ކުރަންޖެހޭނީ އިމިގުރޭޝަނުން
ރަޒު
14 April 2025
އިޒުރޭލަށް ވާގިވެރިވާ ބައެއްތަމީ
އަހްމަދު ކަލީމް އެނބޫ!
14 April 2025
އިޒްރެއިލް މީހުންނާ ދެކޮޅައް ދިވެހިން ފުއްޕަން ހަދާނެ ކަމެއް ނެތް! އަހަރުމެންނައް އެމީހުން ގޯނާއެއް ނުކުރޭ!
އެންޓި އިޒްރޭލް
14 April 2025
އިޒްރޭލު ހައިވާނަކު އައިސް ކަލޭގެ އަނބިދަރިން މެރިޔަސް އެމީހުން ލާރިދޭހާ ހިނދަކު ކަލޭ ބުނާނެ ތިހެން. އުންމަތުގެ ނަޞްލެއް ނައްތާލަނީއޭ އެ ތިބަގެން އެ ނުލަފާ ޖައްބާރުން. ކަލޭ ލަދެއް ނުގަނޭތަ ގޯނާއެއް ނުކުރޭ ބުނަން.
ކަތްދައްތަ
14 April 2025
އިޒްރޭލޭ ކިޔާ ޓެރަރިސްޓު ޖަމާޢަތާ ގުޅިގެން އުޅެނީ ޔަހޫދީންގެ ތެރެއިން ހަރުކަށިފިކުރުގެ ބަޔަކު. އެޖަމާޢަތުގައި ގިނައީ ޒަޔަނިސްޓުން. އެއީ ޔަހޫދީން ކަމަކަށް ހެދިގަނެގެން އުޅޭ ޝައިޠާނިއްޔަތާއި ވަހުޝިއްޔަތަށް ތަބާވާ ބައެއް. ދުނިޔޭގެ އެކިކަންކޮޅުތަކުން މިބާވަތުގެ މީހުން ގެނެސްގެން ފަލަސްތީނުގައި މުޑުވައް ކުރަމުންދާއިރު އެމީހުންގެ އަތުގައި ދެ ޕާސްޕޯޓުއޮންނާނެ. ހިންޏަށް ހަކުރު އޮޅުވާލާކަށް އުޅޭނެކަމެއްނެތް