ގިނަ އަދަދެއްގެ ބަޔަކާއެކު މާލޭގައި ބޭއްވި ބޮޑު އެއްވުން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިންތިޒާމު ކުރި "ދިވެހިން ފަލަސްތީނާއެކު" ހަރަކާތް މުޅި ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 އެޕްރީލް 2025 - 14:27
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ފާސްކޮށްފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ބިލުގެ މަސައްކަތަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލު ފާސްކުރުމުގެ ކުރިން ގިނަ އިސްލާހުތަކެއް ބިލަށް ވަނީ ގެނެސްފަ އެވެ.
އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނައީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ.
އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. އެއީ އެގޮތަށް ނޫނީ އެކަން ތަންފީޒު ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ކޮމިޓީއަށް އެންގުމުންނެވެ.
މި ގޮތަށް ބަދަލު ގެނައުމުން އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.
ބިލު މި ގޮތަށް އިސްލާހު ކުރުމަށް ފަހު ފާސްކޮށްފައިވަނީ ސަރުކާރު ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީގެ އިއްތިފާގުންނެވެ.
މި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު މި ފާސްކުރީ އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިކަމް އިން ޕީސް
15 April 2025
ހަންގުރާމަ ފެށިދުވަހަކީ އޮކްޓޯބަރ 7 2023 ކީއްވެބާ އޭރުއޮތް ސަރުކާރުން ޔަޢުނީ އެމްޑީޕީ ސަރުކާރު އެމްޑީޕީ ފުލްމެޖޯރިޓީ މަޖިލިސް ކީއްވެ ޕާސްޕޯޓް މަނާނުކޮއް ވެރިކަމުން ފޭބީ؟ އޭރުގަ ޕަލަސްތީން ރައްޔިތުންގެ ހައްޤެއް ނެތީތޯ؟ ވެރިކަން ބަދަލުވީމަ ތޯހައްޤު އޮންނަނީ؟ ގައިމު ނޮވެމްބަރު 16 ވަނަ ދުވަހުވެސް އުޅުނު ހުޅުމާލޭގަ ހުރިބިންތައް ޕާޓީ ކުދިންނަށް ބަހާ ހުސަކުރަން
އަލިފަާންފޮށި
15 April 2025
ބޮޑު އޮޅުވާލުމެށް، މި ނިންމުމުގެ މާނަ އަކީ، އިޒުރޭލު މީހުން، ފަލަސްތީން ކުޑަކުދިންނާ ކުށެއްނެތް އެތައްބަޔަކު ޝަހީދުކުރުމަށްފަހު، ރާއްޖެއައިސް ބޯ ހަމަ ޖައްސާލާށޭ.
ޢަންނަޖ
15 April 2025
ނެޝަނަލް ކައުންޓަރ ޓެރަރިޒްމުން ގެންގުޅޭ ޓެރަރިސްޓް ލިސްޓަށް ލާންވީނުން އިޒްރޭލޭ ކިޔުނު ޓެރަރިސްޓް ބައިގަނޑު.
ރުންކުރު
15 April 2025
ވާނެ ހައެތި ވީމަ މިކަހަލަ ކަންކަން ކުރިޔަސް ކުރާ ކަންކަން ކުރުމުގައި އިހުލާސްތެރި އެކޭ ބުނެވޭކަށް ނެތް. ފަސްދޮޅަސް ހަތްދިހަ ހާހުން މީހުން މެރިއިރު ކުރިކަމެއް ހަރާން. ހަމައެކަނި ކަންކަން ކުށްވެރިކޮށްލުމަކުން ނުނިމޭ. ދެންވެސް އަވަހަށް މަޖިލިސް ތަޅުމުން މިކަންވެސް ފާސްކޮށްބަލަ!!
އައިޝަތް މާހާ
14 April 2025
ހަގީގަތުގައިވެސް ރައީސް މުއިޒް އަކީ އިސްލާމީ އުއްމަތަށް ހުރި ނަމޫނާ ވެރިޔެއް
ވާންޗޯސް
15 April 2025
ފަލސްތީން ސަލާމަތްކުރަން ޖިހާދަށް ބަޔަކު ފޮނުވީތަ؟ ތިވަރަކަށް ނަމޫނާއަކަށްވަނީ؟
އަލިފާންފޮށި
15 April 2025
ކޮބާތޯ ނަމޫނާ ވެފަ. މި ބިލު ތަޅުމުން ފާސްކޮށް ތަސްދީގު ކުރުމަކީ، ފުލެއްނެތް ބާލިދީއަކަށް ފެން ފުރުން ކަހަލަ ކަމެށް.
އަބްޑޫޅް +
15 April 2025
ބަލަ، ކުރީގެ ރައީސު މީހާ، ގައްޔޫންބެ އަކީ ވެސް އިޒުރޭލު މީހުން ހޭ އަރުވާލި މީހެކޭ. ގައްޔޫންބޭ ގެ ނަމޫނާ އަށް ވުރެން، ވަށަފަރު ރައީސު މީހާގެ ނަމޫނަ ކުޑައީތަ؟
އަސްލަމް ވަހީދު
14 April 2025
ދެން ކީކޭ އިދިކޮޅުން ބުނާނީ؟ ހުރިހާ ގޮތަކުންވެސް ގައުމަށް ފައިދާވާނެ އަދި ގެއްލުން ކުޑަވާނެހެން މިކަން ކޮށްފަ މިއޮތީ
އަލިފުއް
15 April 2025
ފައިދާ ވަނީ ކިހިނެތްކަމެށް ބުނެލަދެއްވާ! ކުދިން މަރާފަ ރާއްޖެ އައިސް އަހަރުންނަށް ފައިސާ ދޭށޭތަ ތި ބުނަނީ!
އަންސަރު
14 April 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް އަކީ ގަޓް ހުރި ވެރިޔެކޭ. މީ އެހެން ވެރިންނަށް ކުރަން ނުކެރުނު ކަންކަން. ވާހަކަވެސް ދައްކަން ބޭނުން ނުވި ކަންކަން.
އަސްލަމް ވަހީދު
14 April 2025
އަހަރެން ފަހުރުވެރިވަން ރައީސް މުއިއްޒްއަށް. ވޯޓް ދެވުނީތީވެސް ފަހުރުވެރިވަން.
އޮނަރަބްލް ބަކުރުބެ
15 April 2025
އެމްޑީޕީން ބިލު ހުށަހަޅައިގެން ރައްޔިތުން ނުކުމެ ސަރުކާރު ފަހާ ދުވެ ވަރުބަލިކޮށްލައިގެން މަޖުބޫރުން ބިލު ފާސްކުރީމައި އަހަރެން ގެ ގިރުވާން ކޮޅަށް . ރައްޔިތުންގެ ހިތްވަރަށް ސެލިއުޓު.
ލޯޔަރު
14 April 2025
ތި ކޮމިޓިން ފާސް ކުރިއަސް މަޖުލޮހުން ފާސްކުރިއަސް ތިކަން ގާނޫނަކުން މަނާ ނުކުރާހާ ހިނދަކު އިޒުރާރު މީހުން ރާއްޖެ އައުމަކަށް އެއްވެސް ހުރަހެއް ނެތް. އަބަދުވެސް ރައްޔިތުން ލޮލުގައި އަނދުން އެޅުވުމުގައި.
ބޮކި
14 April 2025
ފޫނެތް ފަޔަށް ފެންފުރާލިދޯ.............