އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ޖަޖުންނާ އެކު ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް
15 އެޕްރީލް 2025 - 11:42
ދިވެހި ބޭންޑް "ޓޫ އޮފް އަސް" އިން އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ރޭ ދިން ޕާފޯމަންސުން، އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މާލިކް އާޝޯހުކޮށްލައިފި އެވެ.
"ބެޓުލް އޮފް ބޭންޑްސް" އަކީ އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ ލަވަ މުބާރާތެކެވެ. މިދިޔަ ތިން އަހަރު ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެން ގެނެސްދިން މި ޝޯ މި އަހަރު ގެނެސްދެނީ ބޭރު ގައުމުތަކަށް ވެސް ފުރުސަތު ދީގެންނެވެ. އެހެންވެ، ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ބައިވެރިވީ ޒުވާން ބޭންޑް "ޓޫ އޮފް އަސް" އެވެ.
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން ޕާފޯމްކުރަނީ.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް
މި ބޭންޑުގެ ބައިވެރިންނަކީ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
"ޓޫ އޮފް އަސް" ގެ ރޭގެ ހުށަހެޅުމަކީ މި ޝޯގައި އެ ބޭންޑުން ދިން ދެވަނަ ޕާފޯމަންސެވެ. އެކަމަކު، ރޭގެ ޕާފޯމަންސް މާ ބޮޑަށް ހާއްސަވި އެވެ. އެ ބޭންޑުން ހުށަހެޅީ އޮރިޖިނަލް ދިވެހި ލަވަތަކެވެ. އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު މާޖިދު (މެޒޯ)ގެ "މުޅި އޮޑި" އާއި މޭނާ ހައްސާނުގެ "މިލަ މިލަ ހަނދުވަރު" އެވެ.
ރޭގައި ދެއްކި "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ އަށް ވަނަ އެޕިސޯޑުގައި ޖެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވީ އަނޫ މާލިކެވެ.
"ޓޫ އޮފް އަސް"ގެ ޕާފޯމަންސް ބެލުމަށް ފަހު އަނޫ މާލިކް ވަނީ މި ކަހަލަ ރިއަލިޓީ ޝޯތަކުގައި އެންމެ ފުރިހަމަ ހުށަހެޅުންތައް ހުށަހަޅާ ބައިވެރިންނަށް އޭނާ އާންމުކޮށް ދޭ ކޮމެންޓު ކަމުގައިވާ "އާގް ލަގާ ދީ" އޭ ބުނެފަ އެވެ. އެ ބޭންޑުގެ ހުށަހެޅުމުން އޭނާ އާޝޯހުވެއްޖެ ކަމަށް ބުންޏެވެ.
އަނޫ މާލިކް ބުނީ އޭނާއަށް ވެގެން ވަންޏާ އެ ބޭންޑަކީ އެ ޝޯގެ އެއްވަނަ ކަމަށް ރޭގައި ހޮވާނެ ކަމަށެވެ.
"މިއީ އަހަންނަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ފެނުނު އެންމެ ފުރިހަމަ އެއް ހުށަހެޅުން،" އަނޫ މާލިކް ބުންޏެވެ.
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގެ ޖަޖްއަކާ އެކު ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް
އެ ބޭންޑުގެ ލީޑު ވޯކަލިސްޓް އަދުހަމްގެ ހުނަރު ވަކިން ފާހަގަކޮށް އަނޫ މާލިކް ވަނީ އޭނާއަށް ވެސް ވަރަށް ތައުރީފުކޮށްފަ އެވެ.
ރާއްޖޭގެ އިތުރުން މި ޝޯގައި ވާދަކުރަނީ މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
18 April 2025
މިމީހުން ހިންދީވާހަކަދައްކާއިރުވެސް ސަހަރޯއޭ ހިތަށްއަރާ.....ބޮއިހަލަކި
މުލޭ
17 April 2025
އަނޫ މާލިކް އާޝޯޚު ވިޔަސް އަހަރެމެން އާޝޯޚެއް ނުވޭ. އެޖައްސާ ވައްތަރުތަކުން އަހަރެމެން ގަންނަނީ ލަދު.
ގަދަ ފަހެއް
16 April 2025
މިކަހަލ ބޮޑެތި ޕާފޯރމެންސް ތަކުގަ ރާއްޖޭގަ އަސްލު ޓެލެންޓުން ކަމަށް ވާ ތޭރަވާ' އަށްފާން' ޖިނާތު، ޗޮއްޕި އަދި ފިޔަޅޭމެން ކަހަލަ މީހުން ބައިވެރި ކުރުވާނަމަ. މިޔަށް ވުރެންވެސް ފުރިހަމަވީސް.
ސުޕުން ޑޭޑީ
16 April 2025
ދިވެހި ޜާއްޖެ ވެސް އާސޯކް ކޮއްލައިފި އަދުހަމް ޖެއްސި ވައްތަރުން ލަދުން ބޯހަލާކު
ހަމީ 1
17 April 2025
އެއީ މޭނާހައްސާންގެ ސްޓެޕްސް ބްރޯ؟
އަހުނަފް
15 April 2025
ވާނުވާ ނޭނގޭވަރާއި އެހެންމީހަކު ކުރިއަރަން ބޭނުންނުވާ ވަރާއި ޖާހިލުކަން ކޮމަންޓްތަކުން ފެނިގެންދަނީ.ތާރީހުގަވެސް އިންޑިޔާ ޝޯއެއްގަ އިންޓަނޭޝަނަލް ޕުލެޓްފޯމެއްގަ ލިބުނު ބޮޑު ކާމިޔާބެއްމި..ޝޯތައް ކާމިޔާބު ކަމަށް ކަނޑައަޅަނީ ލިބޭ ޓީއާރުޕީއަށް ބަލާފަ..އެމީހުން އަމިއްލައަށް މަޖާވަނީއެއްނޫން..ކޮންޓެއްޓެއް ކާމިޔާބުކުރަން އާންމުންގެ ތަރުހީބު ބޭނުންވޭ..އެކަމަށް އެންޓަޓައިން މަންޓްގެއިތުރުން ސަސްޕެންސް އުފެއްދުމާއި ތަފާތުކަންކަން ކުރިއޭޓްކުރަންޖެހޭ..
ނެމް
15 April 2025
ވަރަށް ސަޅި. ވިޝް ޔޫ ގައިޒް ލަކް
ޖޭމްސް ކުކީ
15 April 2025
ޕާފޯމެންސް ސަޅި. ދެންފަހަރަކުން އަމިއްލައަށް މަޖާވާން ނަހަދާތި. ކޮމޭޑިއަނުންނަށް އެބައި ދޫކޮށްލާ. އެ ބައި ސަޅިއެއްނޫން.
މަނަދޫ
15 April 2025
ހެސްކިޔާފަ ސަޅި
ބވވޗޗ
15 April 2025
ވ ސަޅި ހަމަ ލަވަކީގޮތް. ރާއްޖެ އިސްތިހާރުކޮށްދޭތީ ވ ސަޅި
2025
15 April 2025
ޢަސްލު އުނޫސާމެންކަހަލަ ކުއްޖަކު ގެންދިޔަނަމަ މާސަޅިވާނެ.....ބޮއިހަލަކި