މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން. އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން ރާއްޖެއިން އަންނަނީ ދުނިޔެއަށް ގޮވާލަމުން.
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޕީއެންސީގެ 64 މެންބަރުންގެ ވޯޓާ އެކު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ވަނީ ބަލައިގެންފައި
15 އެޕްރީލް 2025 - 11:24
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ލާއިންސާނީ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވިތާ 308 ދުވަސް ފަހުން ބިލު ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.
ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަން ނިންމައިފި https://t.co/ZlB0fZEtjD
— Mihaaru (@Mihaarunews) June 2, 2024
ބިލު ފާސްކޮށްފައިވަނީ ބިލު ހުށަހެޅިއިރު އޮތް ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނައީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ.
އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. އެއީ އެގޮތަށް ނޫނީ އެކަން ތަންފީޒު ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ކޮމިޓީއަށް އެންގުމުންނެވެ.
މި ގޮތަށް ބަދަލު ގެނައުމުން އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.
އިދިކޮޅު އެމްޑީޕީން ބަހުސް ވަގުތުގައި މި އިސްލާހުތަކަށް ދެކޮޅު ހެދިނަމަވެސް، ބިލު ފާސްކުރުމަށް ނެގި ވޯޓުގައި ވޯޓު ދީފައިވަނީ ބިލު ފާސްކުރުމާ އެއްކޮޅަށެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރިއިރު، ޣައްޒާއަށް ދެމުންދާ ލާއިންސާނީ އުދުވާނުތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން އަންނަނީ ދުނިޔެއަށް ގޮވާލަމުންނެވެ. މަޖިލީހުގައި ބިލް ފާސްކުރިއިރު، ރާއްޖޭގެ ކެބިނެޓުން ވެސް އިޒްރޭލު ޕާސްޕޯޓް މަނާކުރަން ވަނީ ނިންމައިފަ އެވެ.
ރައީސްގެ ވަރުގަދަ މެސެޖެއް: އިޒްރޭލުން ހިންގަނީ ގަތުލުއާމެއް، ޖަވާބުދާރީކުރުވަންޖެހޭ: ރައީސް https://t.co/sFFl7Tu7io
— Mihaaru (@Mihaarunews) September 24, 2024
ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި އެ ރައްޔިތުންނާ ދެކޮޅަށް ކުރާ އެއްވެސް ލާއިންސާނީ އަމަލަކަށް ރާއްޖެ އިން ތާއީދުނުކުރާނެ ކަމަށް ރާއްޖެ އިން ބުނެފައިވެ އެވެ.
މި ސަރުކާރުން ވަކާލާތު ކުރަނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ގުދުސްއަކީ، ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބާން އަލީ
15 April 2025
ބަރާބަރު. މިހެން ވާންޖެހޭނެ. މީ އަހަރުމެންގެ އަޑު ހަމަ އިއްވާލަދިނުން.
ރިފާއު އައްބާސް
15 April 2025
ރައީސް މުއިއްޒްއަކީ ހިތްވަރުގަދަ ރައީސްއެއް ކަން މި ސާބިތު ކޮށްދިނީ. ގަދަ
ސިޔާދު އަލީ
15 April 2025
ފެނޭތަ އިދިކޮޅަށް؟ ތިމީހުންގެ ވެރިކަމުގައި ނުވި ކަމެއް މިކޮށްލީ. ބިރަކާ ނުލާ
އަބްދުﷲ މަޝްއޫދު
15 April 2025
މީ ސަރުކާރަށް ތާއިދު ކުރާ ޕާޓީ މީހުން އަހަރުމެން ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް.
އަމްޝާދު
15 April 2025
އަލްހަމްދުﷲ. ޝުކުރިއްޔާ ރައީސް. ޝުކުރިއްޔާ ރައީސް. ޝުކުރިއްޔާ ޕީއެންސީ
ތިހާމް ހުސައިން
15 April 2025
މުސްލިމް ގައުމެއްގެ ގޮތުގައި އަދުގެ ސަރުކާރުން މިއަދު މިގައުމު ފަހުރުވެރިކޮށްލަ ދީފި. ގައުމުގެ އަގު ހިފަހައްޓާލާފައި ދީފި
ނިހާލް ސަލީމް
15 April 2025
ރައީސް މުއިއްޒްއަށް މިކަމުގައި ފުރިހަމަ ޝުކުރެއް ހައްގު.
ނަތަންކޮ
15 April 2025
މުސްލިމުން ޔަހޫދީނާއި ދެކޮޅަށް ހަގުރާމަ ފަށައި އަމިއްލަ އިސްލާމީ ގައުމުވެސް ފުނޑާލާ ވައްތަރު.
މަޖޫސީ
15 April 2025
އިރާނުގެ ޕްރޮކްސީ ވޯރ. ފުރަތަމަ ފިޔަވަހީގައިވެސް ކާމިޔާބް އިއުލާނުކޮށް ހަވާއެރުވީ އިރާނުން. ދިވެހިނަށް ގެއްލުން. ޢަރަބިން ވެސް ތި ހަގުރާމައަށް ނުވަދޭ.
ޔަހޫޒާ
15 April 2025
ތީ ހަމާސްގެ ހައްދުފަހަނައެޅި މީހުން ކުރާ ދީނީ ހަގުރާމައެެއް. ތިތަނުގައި ޖެނަސައިޑެއް ހިންގާނަމަ 2023 ވަނަ އަހަރު ވެސް ތިބީ 2 މިލިޔަން މީހުން 2025ގައި ވެސް ތިބީ 2 މިލިޔަން މީހުން. އިޒްރޭލުން ފެން ބަންދު ކުރި ނަމަ ފެން ނުބޮއި 2 އަހަރު ވަންދެން ދިރިތިބީ ކިހިނެއް. ކާނާ ހުއްޓުވައި އެއިޑް ޓްރަކްތައް ގޮއްވާ ނަމަ ނުކައި ދިރިތިބީ ކިހިނެއް. ހަމާސްގެ ހަގުރާމަވެރިން ތިބެނީ މަސް ޖަހާފައި. ފޮޓޯތަކުގައި ސެލްފީ ނަގައިގެން ތިބޭ އަންހެންކުދީން ތިބެނީ ރީތިކޮށް
ޔަހޫދީ
15 April 2025
2023 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ބަރު ހަތިޔާރުތައް ދީގެނާއި ޣައްޒާގެ އެންމެން ނައްތައިލައިގެން އިޒްރޭލުން ޣައްޒާ ހިފަނީ އަދި އެންމެ ތަންކޮޅެއް ވެސް ނުހިފޭ. މީ 2025. އެންމެ ފަހުން ޚަބަރު ކީ އިރުވެސް ޔަހޫދީނަށް އެންމެ ތަންކޮޅެއް ވެސް ނުހިފޭ ކަމަށް އޮތީ. 30 ކިލޯމީޓަރު ތަންކޮޅެއް ނުހިފިގެން މި ދަނީ. އެންމެ ފަހުން ވެސް ނަސްރު ލިބި މޮޅު ވެއްޖެ ކަމަށް އިއުލާނު ކުރީ ހަމާސްއާއި އިރާނުގެ ޚާމަނާއީ. މި ކަހަލަ ދޮގުތަކަށް ޓޫރިޒަމް ފުނޑާލާނީ މޮޔައިން
ހިކިމިރުސް
15 April 2025
ކަލޯއަށް ޣައްޒާ 2025 ވަނަ އަހަރު ފެންނަނީ 5 ތަރީގެ ރިޒޯޓެއް ގޮތަށް ދޯ؟؟ހަމަ އެންމެ އިމާރާތަކަށްވެސް ގެއްލުން ވެފައެއް ނެތް. ދެލޯ ސަލާމަތުން ހުރެފަ މަތި މަތިން 100 އައިނު އެޅިޔަސް ހިތާއި ސިކުނޑި ބަންދުވެފަ ތިބޭ މީހުންނަކަށް އިޒުރޭލުގެ އަނިޔާވެރިކަމެއް ނުފެންނާނެ.