އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެ އައުން މަނާކޮށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
15 އެޕްރީލް 2025 - 13:44
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވިތާ 308 ދުވަސް ފަހުން ބިލު ކޮމިޓީން ފާސްކުރީ އިއްޔެ އެވެ. އޭގެ ފަހުން މަޖިލީހުން އެ ބިލް ފާސްކުރީ މިއަދު އެވެ.
ރައީސް މުއިއްޒު ވަނީ އެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެ ބިލް ތަސްދީގު ކުރައްވައިފަ އެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައި ބިލުގެ މަގްސަދު ކަމަށް ބުނެފައިވަނީ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލަން ހިންގާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމެވެ.
ނަމަވެސް، ވެރިކަން ކުރާ ޕީއެންސީ މެޖޯރިޓީ އޮންނަ މަޖިލީހުން މި ބިލު ފާސްކުރީ ބައެއް ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް ބިލް ހުށަހެޅި އިރު އޮތް ނަމަވެސް ފާސްކުރީ އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް އެއީ އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް މީހަކަށްވާ ނަމަ އެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވެވޭ ގޮތަށެވެ.
އެގޮތަށް ފާސްކުރީ ދެ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޕާސްޕޯޓް ދެނެގަތުމުގެ ގާބިލްކަން މޯލްޑިވްސް އިމިގްރޭޝަންގެ ކިބައިގައި ނެތް ކަމަށް އެ އިދާރާ އިން މަޖިލީހަށް ދިން ލަފާގައި ބުނުމުންނެވެ. އިމިގްރޭޝަނުން ވެސް ލަފާ ދިނީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަންނަ އިޒްރޭލުން މީހުން ރާއްޖެ އަށް ވަނުން މަނާ ކުރުމަށެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމާއި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން އެކި ޕްލެޓްފޯމުތަކުގައި ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަދްް
16 April 2025
ކޮބާ ނުކުރޭތަ؟؟ ނުކުރޭތަ؟؟ އެއޮތީ ކޮށްފަ. ރައީސް މުއިއްޒަކީ ހުސް ވާހަކައެއް ދައްކަވާނެ ރައީސެއްނޫން.
ގަފޫެރްް
16 April 2025
ވަރަށް އުފާވެރި ދުވަހެއް. އިޒްރާއިލްގެ ލާއިންސާނީ މީހުންނަށް މި ރާއްޖޭގަ ޗުއްޓީ ހޭދަނުކުރެވުމަކީ އަހަރެމެންގެ ސަޕޯޓް ފަލަސްތީނަށް އޮތްކަން އަންގައިދޭ ލާމަސީލް މިސާލެއް.
ޖަލީލްް
16 April 2025
ރައީސް މުއިއްޒު ނޫން ވެރިޔެއްނަމަ ނުހުންނާނެ ގަޓެއް. ނަޝީދުމެން ސޯލިހުމެންނަކީ އިޒްރާއިލްގެ ޕަޕެޓުން. އެމީހުން ބިރުގަންނާނެ އެކަހަލަ ކަމެއް ކުރަންވެސް.
ނައުފަލްް
16 April 2025
އަދުގެ ދުނިޔެއަށް ރާއްޖެ ކުޑަޔަސް ރާއްޖޭގެ އަޑެއް ކުޑަޔެއްނުވާނެ. މިހާރު މުޅި ދުނިޔެއަށް ރާއްޖޭގެ ނަން ފެވިގެންދާނެ.
ޖޖޖޖޖޖޖޖޖޖޖ
16 April 2025
އިޒުރޭލުގެ އާބާދީގަ 18 % މުސްލިމުން އުޅޭ.. ހަނގުރާމަޔާ ދެކޮޅު މީހުން އުޅޭ..
ދެރަ
16 April 2025
މިހާރުވެސް އެމީހުން އަންނަނީ އެމެރިކާ ނޫނި އިގިރޭސި ޕާސްޕޯޓްގަ، ސަފާރީ ތަކާއި ރިސޯޓްތަކުގަ އުޅޭ އެންމެން ދަންނަ ކަމެއްމީ، ދިވެއްސަކު އަހާލިޔަސް ބުނާނީ އެމެރިކާ މީހެކޭ، އެހެން ވީމަ ތީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން ކުރިކަމެއް ބާވައޭ ހިތަށް އަރާ، ﷲ އަޢުލަމް
ޢިއްބޫ
28 April 2025
ލިޔެފަ އޮތް އެއްޗެ ކިޔަން ނޭގޭނަމަ ކޮމެންޓްނުކޮއް އިނުން ބުދިވެރި ، އިޒްރާއީލުގެ ޕާސްޕޯޓުގަ ނުވަދެވޭވާހަކަ އޮތީ ، އިގިރޭސިންގެ ވާހަކައެއްނެތް ،
ހާފިޒް ރަސާދު
16 April 2025
ކޮންކަމެއްތަ މިސަރުކާރުން މަނާކޮއްގެން މިއުޅެނީ، ޔަހޫދީންނެކޭ ކޮބާތަ ތަފާތެއް، ޔަހޫދީންނަށްބެސް މަސްހިފުން މަނާކުރިދުވަހު ދާޖަހާފަ އަނެއްދުވަހު ގޮސް މަސްކޮޅު ނަގަނީ. މިސަރުކާރުން ޔަހޫދީ ޕާސްޕޯޓް މަނާކޮއްފަ ޔަހޫން އައުން މަނަލެއްނޫން.
ނަތަން ޔާހޫ
16 April 2025
އިޒްރޭލު މީހުންނަށް މޮރޮޖިބް އަށް ނޭރޭގޮތް ހެދުމާ ގުޅިގެން މިއަދުންފެށިގެން ހަނގުރާމަ ނިންމާލަން މިޖެހުނީ ހާދަހާ ދެރައޭދޯ
ައަލިބެ
15 April 2025
މުއިއްޒު އަށް މަޖުބޫރުން ތިކަންކރިއިރުވެސް ތިކުރީ ތީގެ މަގުސަދު ހާސިލް ނުވާހެން
މަޖޫސީ
15 April 2025
އިރާނުގެ ޕްރޮކްސީ ވޯރ. ފުރަތަމަ ފިޔަވަހީގައިވެސް ކާމިޔާބް އިއުލާނުކޮށް ހަވާއެރުވީ އިރާނުން. ދިވެހިނަށް ގެއްލުން. ޢަރަބިން ވެސް ތި ހަގުރާމައަށް ނުވަދޭ.