މާލޭ ވިޔަފާރި ބަނދަރުގައި އެމްޕީއެލްގެ މުވައްޒަފަކު ހަރަކާތްތެރިވަނީ. --ފައިލް ފޮޓޯ: މިހާރު
17 އެޕްރީލް 2025 - 08:50
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް، ސަރުކާރުން ގާއިމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމް "ޓްރޭޑިއަން" އަށް ބަދަލުކުރަން ފަށައިފި އެވެ.
ވިޔަފާރިވެރިންނަށް ހިދުމަތްދޭ އިދާރާތަކާ އެއް ވިއުގަކުން ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެމްޕީއެލްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިމްޕޯޓް އެކްސްޕޯޓާ ގުޅުން ހުރި އިދާރާތައް ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް އަންނަ އާދީއްތަ ދުވަހު ބޭނުން ކުރަން ފަށަން މިދިޔަ ފެބްރުއަރީ މަހު ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
އެއާ އެކު، އެމްޕީއެލްގެ ބައެއް ހިދުމަތްތައް އެ ޕްލެޓްފޯމަށް ބަދަލުކުރަން ނިންމައި، އަންނަ ޖޫން މަހުން ފެށިގެން އެ ހިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި އެ ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް އެމްޕީއެލް އިން ބުންޏެވެ.
ޖޫން މަހުން ފެށިގެން އެ ޕްލެޓްފޯމަށް ބަދަލުކުރަން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި، ފޮރިން ވެސަލް ރަޖިސްޓްރީކުރުން، ވެސަލް އެރައިވަލް އިންފޮމޭޝަން (އީޓީއޭ) ހުށަހެޅުން އަދި ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން ހިމެނެ އެވެ.
"ޓްރޭޑިއަން" ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމުގެ މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
17 April 2025
އެމްޕީއެލް އަށް މިހާރު ބަންގްލަދޭޝް ބިދޭސީން ނަގަން ފަށައިފި އެވެ. ވަޒީފާ ހޯދަން ކޮންމެ މީހަކު 20 ހާސް ރުފިޔާ އެބުނާ މީހަކާ ހަވާލު ކުރަން ޖެހެ އެވެ. އެކޮނޮމިކް އިން ވ ޕާމިޓް އަކަށް ކުރީން ނެގީ 20 ހާސް ރުފިޔާ އެވެ. މިހާރު ނަގަނީ 26 ހާސް ރުފިޔާ އެވެ. އެހެން ގައުމު ތަކުން ލޭބަރުންނަށް މީހުން ނުގެންނަނީ ޖީބަށް ލާން ލިބޭ ފައިސާ މަދު ވީމަ އެވެ. ދިވެހީންނަށް ވަޒީފާ ނުލިބެނީ ބިދޭސީން ވަޒީފާ ދޭ ފަރާތަށް ފައިސާ ދީފަ ގަންނާތީ އެވެ. ދައްކަން ޖެހޭ ވާހަކަ..
ޢަލީބެ
17 April 2025
ދޮގު ހަދާމީހުން ވަރަށް ފަސޭހައިން ބޭޒާރުވާނެ. އިކޮނޮމިކް އިން ބޭރުމީހުންގެ ވިސާކަންތައް މި ސަރުކާރުގައި ނުކުރޭ. އެހެންވީމާ ވ.ޕާމިޓް އަށް އިކޮނޮމިކް އިން ފައިސާ ނަގާ ކަމަށް ބުނެ ދޮގު ހަދާނެ ކަމެއް ނެތް.