ހދ. މަކުނުދޫ -- ފޮޓޯ: ވާސިފޮޓޯސް
17 އެޕްރީލް 2025 - 09:56
ހދ. މަކުނުދޫގައި ކުޑަކުއްޖެއްގެ ގަޔަށް ހޫނު ފެން އެޅިގެން ފިހިއްޖެ އެވެ.
އުމުރުން އެންމެ 8 މަހުގެ ފިރިހެން ކުއްޖާގެ ބައްޕަ "މިހާރު" އަށް މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު އެ ކުއްޖާގެ ގަޔަށް ފެން އެޅުނީ ސައިކުރާ ބަހައްޓާފައި ހުރި ތުވާލިކޮޅުގެ ރޮދިކޮޅަށް ދަމާލުމުން އެ ކުރާ ވެއްޓި ގަޔަށް ހޫނު ފެން އެޅިގެން ކަމަށެވެ.
އޭރު އެ ކުއްޖާގެ މަންމަ ހުރީ ބަދިގޭގެ މަސައްކަތެއްގަ އެވެ. ކުއްޖާ ބައިންދާފައި އިނީ ކައިރީގައި، ކޮއްޓެއްގަ އެވެ.
އާއިލާއިން ބުނީ، އެ ކުއްޖާގެ ގަޔަށް ހޫނުފެން އެޅުމާ އެކު 10 މިނިޓުގެ ތެރޭގައި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
އެކަމަކު، އެ ތަނަށް ދިއުމާ އެކު މަލަން އަޅައި، ފިހިފައި ހުރި ތަން ބައްދައި ގެއަށް ފޮނުވާލީ ކަމަށް އާއިލާ އިން ބުންޏެވެ.
"ރޭގަނޑު ބޭބީ ނިދާފައި އޮއްވައި މަލަން އަޅާފައި ހުރި ތަން ނައްޓާފައި ބަލައިލިއިރު އެބަހުރި ވަރަށް ބޮޑުވަރު ވެފައި. އަނެއްކާ ހެލްތު ސެންޓަރަށް ދިޔައީމާ ބުނީ ތިމަންނަމެންނަކަށް ނޭނގެއޭ ތިވަރު ވެފައި ހުރި ކަމެއް،" ކުއްޖާގެ ބައްޕަ ބުންޏެވެ.
"ކުޅުދުއްފުއްޓަށް ފޮނުވަން ބަލާލިއިރު އާރުޓީއެލް އިން ޖާގަ ލިބޭކަށް ނެތް އަވަހަކަށް. އަނެއްކާ ފަހުން މި ބުނަނީ އާސަންދައިން ފޮނުވޭކަށް ނެތޭ."
އާސަންދައިން ދަތުރު ހަމަނުޖެއްސުމުން، އާއިލާއިން އަމިއްލަ ހަރަދުގައި އިއްޔެ ވަނީ މާލެ އައިސްފަ އެވެ.
މާލެ އައިސް އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކުމުން އެނގުނީ 5-6 ޕަސެންޓު ފިހިފައިވާ ކަމެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފިހިގެން 8 މަހުގެ ފިރިހެން ކުއްޖަކަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމީލު
18 April 2025
ރާއްޖެތެރޭ މީހުންގެ ހާލު. ޝުކުރިއްޔާ ރައީސް މުއިއްޒު.
ެައައްޑޫކުއްޖާ
18 April 2025
ކޮބައިތަ ތި މުއިއްޒު ތައިލަޭންޑް ދޭން ބުނި އާސަންދަ
އަހްމަދުހު
18 April 2025
އާސަންދަވާނީ އުވާލާފަ. ރައްޔިތުންނަށް ޖެއްސުން ކޮށްލަންވެގެން ބޮޑުމުސާރަދީފަ ބަހައްޓާފަ އެހުރީ
މަލަނޯލައެވެ.
17 April 2025
ފިހުނު ތަނުގައި އެޅީ މަލަނެވެ. އެހެނއވީމާ މަކުނުދޫ ހެލްތު ސެންޓަރު އުވާލާށެވެ. ދެން އެންމެން އެކުއްޖާގެ މަންމަޔަށް ބަވާނީކީ ނޫނެވެ. މަންމަ ހުރި ހާލަތެއް ނޭގެއެވެ. ވައްސަލާމެވެ.
ކަޅުބެބެ
17 April 2025
ފަރުވާކުޑަވީމަ އޭގެ ނަތީޖާ ހިތިވާނެ
ދހޮއްތުބެ
17 April 2025
މައިންބަފައިންގެ ބޮޑޫ އިހުމާލެއް ފުރަތަމަ ބަލަންވީ އެކަންތައް.
ހަމަޖެހޭބާ
17 April 2025
މަހަމަ އަޖައިބުވެެެއްޖެ. އާސަންދަ ހަމަނުޖެހުން އުޒުރަކަށް ހަދައިގެން، އަވަސް ފަރުވާއަށްް ކުުޅުދުއްފުށީ ރީޖަނަލް ހޮސްޕޮޓިލަށް ނުގޮސް، ފަރުވާ ލަސްކޮށްފައި، އަމިއްލަ ހަރަދުގައި މާލެއަށް (ކުޑަ ހަރަދަކަށްވުރެ ބޮޑު ހަރަދެއްކޮށްފައި މާލެއަށް) އައުމަކީ (ފަރުވާ ލަސްކުރުމަކީ) ތިމާމެންގެ އަމިއްލަ ދަރިއަަށް އަމިއްލައަށް ދިން އަނިޔާއެއް.
ޒަވިޔަނި
17 April 2025
ފިހޭތަނެއްގަ މަލަން އެޅީމަ ދެން އެގެއެއްނު ތިރަށުގެ ސިއްޙީ ނިޒާމް އޮތް ހިސާބު. ތުއްތު ކުއްޖާގެ މައިންބަފައިންނައްވެސް އެގެންވާނެ ނުން މިވަރު. ސިއްޙީ މަރުކަޒްގަ ތިއްބެވި ގަމާރުންނަން ނޭގުނަސް. މިހިރީ ރާއްޖެތެރޭގެ ސިއްޙީ ޙީލަތު ހުރިގޮތްމީ. ކުޑަމިނުން މިކަންތައްތައް ރަގަޅު ކޮއްދޭށޭ މިކިޔަނީ ހޮވާފަތިއްބެވި މެމްބަރުންނާއި، ޤައުމުގެ ވެރިޔާގެ އަރިހު. ބޭބީއައް އަވަސް ޝިފާއަކަން އެދެން.
ބިކާރީން
17 April 2025
އާސަންދަ ނުހިނގާ އިރު މިވަރަކަށް މި މަތިބަރުކުރަނީ ކީއްކުރަން. ތިމާގެ ބޯއީޒް ކޮޅަށް ވަޒީފާ ދޭން ޖެހޭ އެބަ ކޮންމެހެންވެސް. ކިހާ ބޮޑު އުނދަގުލެއް. މަޖިލީހު މީހުނާ ބެހޭ ކުއްޖެއް ނޫންވީމަ ތިމައްސަލަ މަޖިލީހަކަށް ވެސް ހުށަނާޅާނެ. އެމީހުންގެ މީހަކު ފިހިގެން އާސަންދަ ހަމަނުޖެހިގެން ބޭސް ނުލިބިގެން ދުވެ ތެޅޭކަށް ނުޖެހޭނެ. ލައިފް ޖެހެކެޓު އަތު ޖެހޭ ހިސާބުގަ ނެތީ ކީއްވެތޯވެސް ބަލައި ނުލިއެއްނު އިހަށް ދުވަހުވެސް ދިވެހި ދަރިއަކު އެގެއްލުނީ.!
ބަކުރުބެއްޔާ
17 April 2025
"ކުޅުދުއްފުއްޓަށް ފޮނުވަން ބަލާލިއިރު އާރުޓީއެލް އިން ޖާގަ ލިބޭކަށް ނެތް އަވަހަކަށް. އަނެއްކާ ފަހުން މި ބުނަނީ އާސަންދައިން ފޮނުވޭކަށް ނެތޭ." ހުޅުމާލޭގަ 3 ބުރީގެ މިސްކުތެއް އެބަ ހުޅުވާ... ހެލްތު މިނިސްޓްރީ ޝަހީމުއާ ހަވާލުކުރަން ފެންނަނީ.