އިކުއޭޓާ ވިލެޖު: މައްސަލަ ހައްލުކޮށް ޕްލޭންއާ އެއްގޮތަށް މަގު ހެދުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައި
17 އެޕްރީލް 2025 - 19:47
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް ހުސްކުރުމާ މެދު އޮތް ހިޔާލު ތަފާތުވުން ހައްލުކޮށް، އެކަން ސަރުކާރަށް އަންގާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ގަން އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓާ ވިލެޖްގެ ލޭބަކުއާޓާ ސަރަހައްދުގެ މައްސަލައާ މެދު ކަމާބެހޭ ހުރިހާ ފަރާތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފުރުސަތުގައި އޭއައިއޭގެ މެނޭޖްމަންޓުން މި މައްސަލަ ހަލުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މި މައްސަލަ އަޅުގަނޑުމެން އެދުނު ތާރީހަށް ހައްލުވެގެން މި ދިޔައީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެކަމަށް ބާރުއަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އައްޑޫގެ ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން."
މަގު ހަދަން ހުސްކުރަން ޖެހެނީ ލޭބާ ކުއާޓާގެ ހަތް ކޮޓަރި އެވެ. އެނގިފައިވާ ގޮތުގައި އައްޑޫ އެއާޕޯޓުގެ ޕްރޮޖެކްޓުގެ ތެރެއިން ހަދާ މަގަށް އަރާ ގޮތަށް ހުރި ކޮޓަރިތަކުގެ ބަދަލުގައި އީކުއޭޓާ ވިލެޖުން ބޭނުންކުރަން ނިންމީ އެ ހޮޓަލުން ބޭނުންކުރާ އިމާރާތެކެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާ ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް މިދިޔަ ދެ އަހަރު ސަރުކާރާ އެކު މަސައްކަތްކުރި އެވެ. އޭރު އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން ހުށަހެޅީ ސަރުކާރުން ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދިނުމަށެވެ. އަދި އެ ކުންފުނިން ހިންގާ އިތުރު ދެ ރިސޯޓެއްގެ ލީޒް މުއްދަތު 50 އަހަރަށް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރި އެވެ.
އެކަން ލަސްވެ، މާލީ ގޮތުން އިތުރު ހޭދައެއް ކުރަން ޖެހިދާނެތީ، މި މަހު އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު އުނިކުރަން އޭރު ސަރުކާރުން ނިންމި އެވެ. އެކަމަކު، މިހާރު ޓޫރިޒަމް މިނިސްޓްރީއާ އެކު ކައިމޫއިން ކުރި މަޝްވަރާގެ ތެރެއިން އެ ކޮޓަރިތައް ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް މި ގޮތަށް މި އެއްބަސްވީ މަޝްވަރާތައް ކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
އައްޑޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ފެށީ ޖޫން 2023 ގަ އެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޭދަކުރާ އެ ޕްރޮޖެކްޓް ނިންމަން އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ މި އަހަރުގެ މާޗް މަހަށެވެ. ނަމަވެސް، ބައެއް ސަބަބުތަކާ ހެދި ޕްރޮޖެކްޓް ލަސްވާތީ، މިއަހަރުގެ ނޮވެމްބަރު މަހަށް ޕްރޮޖެކްޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ ޕްރޮޖެކްޓްގެ ކޮންޓެކްޓަރަކީ އިންޑިއާގެ ރެނާޓަސް އެވެ. އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންޓަކީ އެސިސްޓަމް އިންޑިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
18 April 2025
ހީވޭ ކަމެއް ހެން! އިބްރާހިމް ވެރިކަމުގަ ހުރިނަމަ ތަނެއް ދޮރެއް ނުބަލާ 25 މިލިއަން ބަހާލާނެ! ނަންވެސް ބަދަލު ކޮށްލަންވީ ބަދަލުދޭ އިބްރާހިމަށް!
ޟމމމމ
18 April 2025
ހައްލުކުރި ގޮތެއް ރައްޔިތުންނަށް ސާފުވާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
18 April 2025
މިތަނުގައި އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއްހަދައި އެތަންހިންގުމަށް އެކަންކުރަން ޝަޢުގުވެރިކަންހުރި މާލީގޮތުންނާއި ތަޖުރިބާގެ ގޮތުންވެސް މިކަންކުރެވޭނެ މެނޭޖްމަންޓަކާއި ޙަވާލުކޮށް ނުވަތަ މިދެންނެވި ހޮޓާ ތަރައްޤީކުރުމަށް ހޭދަކުރިފައިސާ އެއްފަހަރާ ދީފައި އިންވެސްޓްމަންޓް ގަންނަފަރާތަކަށް ހޮޓާހިންގަން ދީގެންނޫނީ ދެކުނުގެ އަތޮޅުތަކަށް ޓްއަރިޒަމްގެންދިއުމަކީ ފަސޭހަކަމަކަށްނުވާނެ. މިފަދަހޮޓަލެއް އެޅުމާއިއެކު ހުވަދޫގެ ރަށްތައްނަގާނެ އިންވެސްޓަރުން ލިބޭނެ.
ނާޑުވާ
18 April 2025
ދެކުނުގެ އަތޮޅުތަކުގަ މީހުން ނުބައިވީމަ އެއްކަމެއްވެސް ކުރިއެއް ނާރާނެ. ދެން ބުނޭ މުޤައްދަސް ރަށްކޮޅު ނޫންވީމައޭ. އުތުރުގެ އަތޮޅުތަށް އެހެރަ ދެމިގަންނަނީ ފަތުއަޑުކިޔާފަ.
ރާއްޖެ
17 April 2025
އައްޑޫ މީހުން ޝަކުވާ ކުރާނެ ކަމެއް ނެތް. އައްޑޫ މީހުންގެ ޖީބަށް ސީދާ ޑޮލަރު މިދިޔަ 5 އަހަރު ނިމޭ އިރު ވަންނާނެ ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު ވައުދު ވީ ގޮތަށް އެކަން ހިނގާ ކަމަށް އަހަރެމެން އުއްމީދު ކުރަން.
އޮނަރަބްލް އަފީފު ދީދީ
17 April 2025
އައްޑޫ އެއަރޕޯޓްގައި GAN Equatorial Transit Hotel ގެ ނަމުގައި މަތީގައިދެންނެވި ފަދަ ހޮޓަލެއް ތަރައްޤީކޮށް އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދޭފަރާތަކަށް 99 އަހަރަށް ހޮޓާދޫކޮށްލުމުން ދެކުނު ސަރަޙައްދުގައި މަދުވެގެން 5000 މީހުންގެ ވަޒީފާ އުފެދޭނެ. އަދި ބާރުމިނުގައި ދެކުނުގެ ޓްއަރިޒަމް ތަރައްޤީކުރަން މަގުހުޅުވޭނެ. މިއިންވެސްޓްމަންޓްގެ ސަބަބުން އެންމެބޮޑު ފައިދާލިބޭނީ ޤައުމީ އެއަރލައިން ކުންފުނި މޯލްޑިވިއަންގެ ސީޕްލޭން ފުލީޓަށް ކަން ޔަޤީން ކަށަވަރު.
އޮނަރަބްލް އަފީފު ދީދީ
17 April 2025
އިންފްލައިޓް ކޭޓަރިންގ ސާވިސް އާއި ޑިޕާޗަރ ބިޒިނެސް ލައުންޖްގެ ހިދުމަތާއިއެކު، ބީޗްކޮޓަރިވެސް ހިމެނޭގޮތަށް ގޭންއެއަރޕޯޓްގައި ހަތަރު ⭐️ ގެ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަން ޗައިނާގެ އެގްޒިމްބޭންކް ލޯނާއި، ޗައިނާސަރުކާރުއެހީ ހޯދުމަކީ ވަރަށް ފަސޭހަކަމެއް. އައްޑޫސިޓީގައި އިންވެސްޓްކުރަން ބޭނުންކަމަށް ޗައިނާސަރުކާރުގެ ފަރާތުން އެތައް ފަހަރެއްގެމަތިން އިޝާރާތްކޮށްފައިވާތީ، މިއީ ވަރަށް ފަސޭހަކަމާއިއެކުގައި ކުރެވެން އޮތްކަމެއް.
އޮނަރަބްލް އަފީފު ދީދީ
17 April 2025
އާންމު ރައްޔިތުނަށާއި ދައުލަތަށް މި ސިނާއަތުގެ ފައިދާ "ހުރަހެއްނެތި ހޯދާ ދިނުމަށްޓަކާ" ސަރުކާރުގެފަރާތުން ކުރާންޖެހޭ އެންމެ މުހިންމުކަމަކީ GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް އެއަރޕޯޓް ޓްރާންސިޓް ހޮޓަލުގެ މިލްކުވެރިފަރާތަކީ ދައުލަތާއި ރައްޔަތް ޙިއްސާވާ ޓްއަރިޒަމް ކުންފުނި MTDC ކަމަށް ކަޑައަޅާ ހޮޓާއަޅަން ކުރިޙަރަދު އަބުރާލިބެންދެން ސަރުކާރުން އެހެންފަރާތަކަށް ޓްރާންސިޓް ހޮޓާ ކުއްޔަށްދިނުން.
އޮނަރަބްލް އަފީފު ދީދީ
17 April 2025
އައްޑޫ އެއަރޕޯޓްގައި މިފަދަ އިންވެސްޓްމަންޓެއްކޮށް އިންވެސްޓްމަންޓްގެ އަގު ލިބުމުން ޕްރޮޕަޓީގެ މިލްކުވެރި ފަރާތަކީ Maldives Tourism Development Cooperation ކަމަށް ކަޑައެޅާފައި އަދި އެއަރޕޯޓް ސީޕްލޭން ބޭސްއަކީ ޤައުމީއެއަރލައިން ކުންފުނީގެ މިލްކެއްކަމަށްހެދީމާ މި ދެކުންފުންޏަށް ދަރަނިން އަރައިގަނެވޭނެ. ޢަދި ގޭން އެއަރޕޯޓަކީ 3 ބިލިޔަނެއްހާ ޑޮލަރު އިންވެސްޓްކޮށްފައިވާ ކ.މާލޭ އެއަރޕޯޓަށްވުރެން ބޮޑުއާމްދަނީ އެއް ދައުލަތަށް ވަންނަ ތަނަކަށް ވެގެންދާނެ.
ތަކޭ
18 April 2025
އޯއި.. ތޯ މަޑު ހިށު. އަފީފު ބޮލާއު ނިކެއި. ތަކަށް ނިއެނގޭހެއް ގަން އެއަރޕޯޓަށް ހަދާނެ ގޮތަށް. ތައް މިތަނި މިލްކްވެރިކަން މީހުންނަށް ދޭއްކެން ބެނާކޯ ތަކީ ކޭއްޔަށް؟ ކޮންފަދަ ބޮލެ ރޯދަށް ތަކީ.
އޮނަރަބްލް އަފީފު ދީދީ
17 April 2025
މުއިއްޒު 2 ވަނަ ދައުރެއް ބޭނުންނަމަ "އައްޑޫމީހުންގެ ވޯޓް ކަށަވަރު ކުރުމަށްޓަކާވެސް" ބާކީއޮތް 3 އަހަރުން ނިންމޭނެ މިނޫން ޕްރޮޖެކްޓެއް ދެނެއްނެތް. މިއެއްބަސްވުމުގައި ސޮއިކޮށް ޗައިނާގެ ކުންފުންޏަކާއި މަސައްކަތް ޙަވާލުކޮށްފިނަމަ 2028ގެ ކެމްޕޭން ފެއްޓުމުގެކުރިން GAN Equatorial Transit Hotel ގެ މަސައްކަތްނިންމާ ހޮޓާ ޙަވާލުކުރާނެ. އަދި މުޅި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް 99 އަހަރަށް ހޮޓާ ދިނުމުން އައްޑޫ އެއަރޕޯޓް ހިގައިގަންނާނެ.
މޫސަ.
17 April 2025
އަސްލު ސަރުކާރުން ބޭނުން ވިގޮތަށް ތިކަން ނުވީމާ މިހާރު މިނިސްޓަރުން ތިބޭނީ ވަރަށް ކަޑަވެފަ. މިމީހުން ހީކުރީ ކައިމޫ އިން އިމާރާތް ދޫނުކުރާނެ ކަމަށް. ސަރުކާރުން ބޭނުންވީވެސް މަގު ނަހަދާ ހުއްޓުވޭނެ ގޮތެއް. އެކަމަކު ސޯޝަލް މީޑިއާގައި އައްޑޫ މީހުން ވަރުގަދައަށް ޖެއްސުމުން ގޮތް ހުސްވެ އަތަށް ގޮވީ.