ޚަބަރު / އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް

އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒްގެ ކޮޓަރިތައް ހުސްކޮށްފި

އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް. އެތަނުން ހުސްކުރަން ޖެހޭ ހަތް ކޮޓަރި ހުސްކޮށްފި -- ފޮޓޯ: ސައީދު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް، އެތަން ހިންގާ ކައިމޫ އިން ދެ އަހަރެއްހާ ދުވަސް ފަހުން ހުސްކޮށްފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް (އޭއައިއޭ) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކޮޓަރިތައް މިހާރު ހުސްކޮށްފައި ވިޔަސް ރަސްމީކޮށް އެތަން އަދި އެ ކުންފުންޏާ ހަވާލު ނުކުރާ ކަމަށެވެ. އެކަމަކު މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭއައިއޭ އިން ބުންޏެވެ.

މަގު ހަދަން ހުސްކުރަން ޖެހެނީ ހަތް ކޮޓަރި އެވެ.

އެނގިފައިވާ ގޮތުގައި އައްޑޫ އެއާޕޯޓުގެ ޕްރޮޖެކްޓުގެ ތެރެއިން ހަދާ މަގަށް އަރާ ގޮތަށް ހުރި ކޮޓަރިތަކުގެ ބަދަލުގައި އީކުއޭޓާ ވިލެޖުން ބޭނުންކުރަން ނިންމީ އެ ހޮޓަލުން ބޭނުންކުރާ އިމާރާތެކެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް މިދިޔަ ދެ އަހަރު ސަރުކާރާ އެކު މަސައްކަތްކުރި އެވެ. އޭރު އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން ހުށަހެޅީ ސަރުކާރުން ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދިނުމަށެވެ. އަދި އެ ކުންފުނިން ހިންގާ އިތުރު ދެ ރިސޯޓެއްގެ ލީޒް މުއްދަތު 50 އަހަރަށް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރި އެވެ.

އެކަން ލަސްވެ، މާލީ ގޮތުން އިތުރު ހޭދައެއް ކުރަން ޖެހިނާތީ، މި މަހު އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު އުނިކުރަން އޭރު ސަރުކާރުން ނިންމި އެވެ. އެކަމަކު، މިހާރު ޓޫރިޒަމް މިނިސްޓްރީއާ އެކު ކައިމޫއިން ކުރި މަޝްވަރާގެ ތެރެއިން އެ ކޮޓަރިތައް ދޫކޮށްލަން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް މި ގޮތަށް މި އެއްބަސްވީ މަޝްވަރާތައް ކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

އީކުއޭޓާ ވިލޭޖުން ހުސްކުރަން ޖެހޭ ކޮޓަރިތައް-- ފޮޓޯ: އޭއައިއޭ

އައްޑޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ފެށީ ޖޫން 2023 ގަ އެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ހޭދަކުރާ އެ ޕްރޮޖެކްޓް ނިންމަން އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތީ މި އަހަރުގެ މާޗް މަހަށެވެ. ނަމަވެސް، ބައެއް ސަބަބުތަކާ ހެދި ޕްރޮޖެކްޓް ލަސްވާތީ، މިއަހަރުގެ ނޮވެމްބަރު މަހަށް ޕްރޮޖެކްޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ ޕްރޮޖެކްޓްގެ ކޮންޓެކްޓަރަކީ އިންޑިއާގެ ރެނާޓަސް އެވެ. އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންޓަކީ އެސިސްޓަމް އިންޑިއާ އެވެ.

30 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 22%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

17 April 2025

ދައުލަތާއި ރައްޔިތުނަށް ޓްއަރިޒަމް ސިނާއަތުގެ ފައިދާ "ހުރަހެއްނެތި ހޯދާ ދިނުމަށްޓަކާ" ސަރުކާރުގެފަރާތުން ކުރާންޖެހޭ އެންމެ މުހިންމުކަމަކީ ހަނިމާދޫ އާއި GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާތައް ތަރައްޤީކޮށް އެއަރޕޯޓް ޓްރާންސިޓް ހޮޓާތަކުގެ މިލްކުވެރިފަރާތަކީ ދައުލަތާއިރައްޔަތް ޙިއްސާވާކުންފުނި MTDC ކަމަށް ކަޑައަޅާ ހޮޓާއަޅަން ކުރި ޙަރަދު އަބުރާ ލިބެންދެން ސަރުކާރުން އެހެންފަރާތަކަށް ހޮޓާ ކުއްޔަށްދީގެން ހިންގުން.

The name is already taken The name is available. Register?

މަތީނު.

17 April 2025

ކ.ހުޅުލޭ އެއަރޕޯތްގައޮ ހުރި ހު:ުލެ އައިލެންޑް ހޮޓަލަކީ ސިންގަޕޫރު ކުންފުންޏަކާއި ގުޅިގެން ހިންގާ ތަނެއް. އެތަންުގައި 600 ކޮތަރި ހުންނައިރު އަބަދު އޮންނަނީ ފުލް ވެފަ. ވަރަށް ބޮޑު ފައިދާ ލިބޭ ތަނެއް. މިހާރު ރަށެއް ނަގައިގެން ރިސޯޓް ހަދާ ރިސޯޓް ވެސް ހިންގަން ފަށައިފި. ގަމުގައި ދީދީ ތިބުނާ ފެންވަރު ޓްރާންސިޓް ހޮޓަލެއް އަޅައިފި ނަމަ ވަރަށް ފައިދާ ވާނެ. ތިއީ ޝަންގުރިލާ އަށް ވުރެން ރަނގަޅު ކަމަކަށް ވާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 April 2025

އިންވެސްޓްމަންޓްގެ އަގުވެސް ނުލިބޭގޮތަށް "އެއްބަސް ވުމާއި އެއްގޮތަށް މަހުން މަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފީ ނުދެއްކިޔަސް ވަރިހަމަކަމަށް" މާލޭސަރުކާރުން އެރަށުމީހުން އާމްދަނީ ހޯދުމުގެ ބޭނުމަށްޓަކާ އެމީހުނަށްދޭންވެގެން ލޯނު ނަގައިގެން އަޅާ ފުލެޓް އަޅަން ޗައިނާގެ ލޯނު ލިބުމަށް ނުވަދަ ދިނުމަށް ހުރަސްތަކެއް ހުރި ކަމަށްވިޔަސް މަތީގައި ދެންނެވު ފަދަ "އާމްދަނީ ލިބޭނެ ކަންކަމަށް" ޗައިނާއިން ލޯނު ދޫކުރަން ތައްޔާރުކަމަށް އެމްބެސެޑަރ ވިދާޅުވެފައިވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 April 2025

އިންފްލައިޓް ކެޓަރިންގ ސާވިސް އާއި ޑިޕާޗަރ ބިޒިނެސް ލައުންޖްގެ ހިދުމަތާއިއެކު، ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް ގޭން އެއަރޕޯޓްގައި ހަތަރު ⭐️ ގެ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަން ޗައިނާގެ އެގްޒިމްބޭންކް ލޯނާއި، ޗައިނާސަރުކާރުގެ އެހީހޯދުމަކީ ވަރަށް ފަސޭހަކަމެއް. އައްޑޫސިޓީގައި އިންވެސްޓްކުރަންބޭނުންކަން ޗައިނާސަރުކާރުގެ ފަރާތުން އެތައް ފަހަރެއްގެމަތިން އިޝާރާތްކޮށްފައިވާތީ، މިއީ ވަރަށް ފަސޭހަކަމާއިއެކުގައި ކުރެވެން އޮތްކަމެއް.

The name is already taken The name is available. Register?

އަލީ. އަޙްސަން.

17 April 2025

މިއުޅެނީ އައްޑޫ މީހުންނަށް ބޭސް ފަރުވާއަކަށް އިންޑިޔާ އަށް ދެވޭނެ ގޮތެއްވެސް ހަދާ ނުދީގެން. އައްޑޫ މީހަކު އިންޑިޔާ އަށް ދާންޖެހޭ ނަމަ 4000ރ ގެ ޓިކެޓެއް ނަގައިގެން ފުރަތަމަ ޖެހެނީ ކ.މާލެއަށް ދާން. ހަނިމާދޫ މަގުން އިންޑިޔާ އަށް މިހާރުވެސް ހަފުތާއަކު 2 ފުލައިޓް ބައްވާ. އެކަމަކު އައްޑުއަށް އެފަދަ ފުރުސަތެއް ނުދިން ބަޔަކު ތިކަމެއް ނުކުރާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 April 2025

ޑރ މުއިއްޒު 2 ވަނަ ދައުރެއްބޭނުންނަމަ "އައްޑޫމީހުންގެ ވޯޓް ކަށަވަރުކުރަން" ބާކީއޮތް 3 އަހަރުން ނިންމޭނެ މިނޫން ޕްރޮޖެކްޓެއް ދެނެއްނެތް. މިއަހަރު އެއްބަސްވުމުގައި ސޮއިކޮށް ޗައިނާގެ ކުންފުންޏަކާއި މަސައްކަތް ޙަވާލުކޮށްފި ނަމަ 2028ގެ ކެމްޕޭން ފެއްޓުމުގެކުރިން GAN Equatorial Transit Hotel ގެ މަސައްކަތް ނިންމާ ހޮޓާ ޙަވާލުކުރާނެ. އަދި މުޅި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް 99 އަހަރަށް ހޮޓާ ވިއްކާލުމުން ގޭން އެއަރޕޯޓް ހިގައިގަންނާނެ.

The name is already taken The name is available. Register?

ކައްދައްތަ.

17 April 2025

ގަމުން ބޭރުގެ އެއްވެސް މަންޒިލަކަށް އެންމެ ކުޑަމިނުން އިންޑިޔާ އަށް ވެސް ދަތުރު ކޮށްނުދޭން އުޅޭ ބަޔަކު އައްޑޫ ގަމުގައި ޓްރާންސިޓް ހޮޓާ އަޅާނެތަ ؟ މުއިއްޒު އަކީވެސް އައްޑޫގައި ތިފަދަ ކަމެއް ކުރާނެ މީހެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 April 2025

އައްޑޫ އެއަރޕޯޓްގައި GAN Equatorial Transit Hotel ގެ ނަމުގައި މަތީގައިދެންނެވިފަދަ ހޮޓަލެއް ތަރައްޤީކޮށް ހޮޓަލުގެއަގު އެއްފަހަރާ ދޭ ފަރާތަކަށް 99 އަހަރަށް ހޮޓާ ދޫކޮށްލުމުން ސަރުކާރަށް އެއްވެސް ބުރަކަމެއްނެތި ދެކުނުގައި 2000 މީހުންގެ ވަޒީފާ އުފެއްދޭނެ. އަދި ދެކުނުގައި ބާރުމިނުގައި ޓްއަރިޒަމް ތަރައްޤީކުރަން މަގު ހުޅުވިގެންދާނެ. މިކަމުގެ އެންމެޙާއްސަކަމަކަށް ވެގެންދާނީ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް ވަރުގަދަކޮށް މުޅިދެކުނުގެ ކަނެކްޓިވިޓީވެސް ލިބުން.

The name is already taken The name is available. Register?

މުޙައްމަދު ޙަސީބު

17 April 2025

ބަލަގަ އަފީފު ދީދީ އަށް ވުރެން މޮޅަށް އިކޮނޮމިކް މިނިސްޓަރަކަށް ހުރި މީހާ އާއި ޓްއަރިޒަމް މިނިސްޓަރަށްވެސް ތިކަންކަން އިގޭނެ. ޓްައރިޒަމް މިނިސްޓަރަށް އެއަރޕޯޓު ހުންނަ ރަށުގައި ތިފަދަ ވިޔަފާރި ކުރެވޭނެކަން އިގޭތީދޯ އޭނާ ހަނިމާދޫގައި ގެސްޓް ހައުސް ހަދާނީ. އެކަމަކު އެމީހުުން ބޭނުމެއް ނުވާނެ އައްޑޫގައި ތިކަން ކުރާކަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 April 2025

އިބްރާހިމްގެ ވަޒީރުންނަށްތިބި ކ.މާލޭމީހުން ތިކަންކުރިއިރުވެސް ތިއޮތީ އެމީހުންގެ ރަށުމީހާގެކުންފުންޏަށް 25މ ޑޮލަރުގެ ބަދަލު ދޭންޖެހޭގޮތަށް "ގަސްތުގައި" ތިކަންކޮށްފަ. އައްޑޫމީހުނަށް ލަނޑެއްދިނުމަށް އެމްޑީޕީގެފަރާތުން ކުޅެފައިވާކުޅީގެ ނާޖާއިޒު ފައިދާނަގަން އުޅުނު ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސަސްގެ ވެރިޔާއާއި "މިމައްސަލަ ހައްލުކޮށްފިކަމަށް ބުނާ" ޟިސަރުކާރު ވަޒީރުވެސް ތިކަންކޮށްފައިވަނީ ހަމަ އާއިލާމީހާއަށް 25މ ޑޮލަރުހޯދަން މަގުފަހިވާގޮތަށް.

The name is already taken The name is available. Register?

އަހުސަން ފަލީ

16 April 2025

އިބޫސަރުކާރުން ޖެކްޕޮޓުން މަށަށްލައްވާލި ހުޅުމާލެ ގޯތީގެ މަތިންވެސް ސީޕްލޭން އުދުހޭމަގެއް ހަދަން ނިންމާތޯ އަހުރެން ދުއާކުރަމެވެ. އެހެންވެއްޖެނަމަ ސަރުކާރާއެކު 100 މިލިއަން ރުފިޔާ ހޯދުމަށް ނެގޯޟިއޭޓް ކުރެވިދާނެއެވެ. އައްދިއްޔޯއި މިއޮތީވާ ގައުމެއް!

The name is already taken The name is available. Register?

އަފްރާސިޔާބު

16 April 2025

މިޝްވަރާކުރާތާ 2 އަހަރެއްހާ ދުވަސް ފަސް. އެކަމަކު ޕްރޮޖެކްޓް ފެށީ 2023 ގައި. ތި ކިޔާ އެއްޗެއް ދެކޮޅެއްނުޖެހޭނުން. ސަރުކާރާ އިންޑިޔާ އެކު އެއްބަސްވުމަކަށް އަންނާނީ ބަދަލުގެ ކަންތައްވެސް ހަމަޖެހި އެއްބަސްވުމެއް ހެދިގެންތާ. މަގު ގެންދާނެ ގޮތުގެ ޗާޓް ތައްވެސް ހުންނާނެތާ. ވަކި ހިސާބަކަށް ދިޔަތަނުންތޯ އެތަނައް އެއިމާރާތް އަރާކަން އެނގުނީ. އެމް.ޑީ.ޕީގެ ޑީލަކަށްވުރެ މަސަރުކާރުގެ ޑީލަކާ އެއިމާރާތުގެ އަގު ވައްތަރުވާން އުޅެނީ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

16 April 2025

އަސްލު ނޫސްވރިންގެ ބާރު މިފެންނަނީ ، މުހިއްމުކަން ، ހަމަޔަގީނުންވެސް ނޫސްތަކުގައި މިޚަބަރު ޖަހާ އާްމުކުރުމާއިއެކު ރައްޔިތުން ކެކިގަތީ 2 އަހަރު ވަންދެން ތިލަނުވެ ކުރަމުންދިޔަ މަޝްވަރާތައް ތިލަކޮއްލީ ނޫސްތަކުގެ ފަލަސުރުޚީތައް ، އައްޑޫ ރައްޔިތުންގެ ތަރައްގީގެ ބޮޑު ޑްރީމްޕްރެޖެކްޓް ހުއްޓޭތަން ބަލަން އެވެރިން މަޑަކުން ނުތިބޭނެކަން ކައިމޫ ދައިތައަށް އެގުނީމާ އަވަހަށް ތަންހުސްކުރީ ، ކުރިން އުޅުނީ 25 މިލިއަން ޑްލަރ ހޯދަން ، އެކަންވެސް ފަޅާ އަރުވާލީ ނޫސް

The name is already taken The name is available. Register?

ދޭވާނީ

16 April 2025

އެޑިޓަރޫ މިނުވެއެއްނު ހަބަރަކައް، އެއްބަސްވީ ކިހިނެއްކަމެއް ބަދަލުގަ އެއްޗެއް ދޭންޖެހޭކަމެއް ނުޖެހޭކަމެއްވެސް އެނގޭކައް ނެތެއްނު، އާންމު އުސޫލުގެތެރެއިން އެކަންވެސް ގައުމީ ސަލާމަތައް ނުރައްކާވެ، ވަންހަނާކުރަން ޖެހުނީތަ، އެހެންވިއްޔާ އެވާހަކަވެސް ބުނެލީމައެއްނު ހަބަރަކައްވާނީ. ވެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454