20 އެޕްރީލް 2025 - 17:22
ސަރުކާރުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދޭން، ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ހާއްސަ ވަޓްސްއެޕް ޗެނަލެއް އުފައްދައިފި އެވެ.
ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް މިހާރު އުފައްދާފައިވާ ކަމަށެވެ.
އެ ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ރައްޔިތުންނާ ގުޅުން ހުރި މުހިންމު މައުލޫމާތުތަކާއި މެސެޖުތައް ދުވަހުން ދުވަހަށް ފޯރުކޮށްދެވެމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާ އެކު ރައީސް ވަނީ، އެ ވަޓްސްއެޕް ޗެނަލްއާ ގުޅުމުގެ ދައުވަތު ދެއްވައިފަ އެވެ.
ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭން ރައީސް ގެންދަވަނީ ހާއްސަކޮށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓުފޯމުތަކުގެ ވެސް ބޭނުން ހިއްޕަވަމުންނެވެ.
I welcome everyone to join my official WhatsApp Channel, where daily updates, important information and messages are being shared.
— Dr Mohamed Muizzu (@MMuizzu) April 20, 2025
Join the channel via the link below to stay connected:https://t.co/r5BW37oUNv pic.twitter.com/Jpw0UFVeo6
މީގެ އިތުރުން، "ރައްޔިތުންނާ އެކު"ގެ ނަމުގައި މި ފަހުން ވަނީ ޕޮޑްކާސްޓެއް ވެސް ފައްޓަވައިފަ އެވެ. ވަކިވަކި ދާއިރާތަކަށް ހާއްސަ ކުރައްވައިގެން ގެނެސްދޭ ޕޮޑްކާސްޓު މެދުވެރިކުރައްވައިގެން ވެސް ރައީސް ގެންދަވަނީ އެ ދާއިރާއަކާ ގުޅޭ މުހިންމު މައުލޫމާތުތަކާއި ތަސައްވުރާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިނަރެސް އެންޑް ޔޫސަރ އަށް ވި ވައުދު ނުފުދޭ
22 April 2025
ވިނަރެސް އެންޑް ޔޫސަރ ފަރާތް ތަކަށް ވީ ވައުދު ނުފުދޭ. ނަމަވެސް ނޫސްތަކަށް އަރައިފި. 1. ބޭންކް ތަކުން ބުނަނީ އެޗް.ޑ.ީސީ އިން ފައިސާ ނުދޭކަމަށް 2. އެޗް.ޑީ.ސީ އިން ބުނަނީ ސަރުކާރުން ފައިސާ ނުދޭކަމަށް މަނިކިފާނު މިކަން ބައްލަވާ ދެެއްވާ. އެންމެނެއް މުޒާހަރާ ކޮށް ހަޑިކޮށް އުޅެން ބޭނުން ނުވެދާނެ.
ޢާފި
21 April 2025
ޜައީސް ވައުދު ފުއްދަވަނީ ސޯޝަލް މީޑިޔާގަ ..
ބޭކާރު
21 April 2025
މަޢްލޫމާތު ނުލިބިގެން ނޫޅޭ! ބެންކް ރޭޓަށް ގެންނަން ބުނި ޑޮލަރާއި ދެން އަގުބޮޑު ނުވާނެ ކަމަށް ބުނި ޑޮލަރު އަދިވެސް 19.20ގައި، މިކަން ރަގަޅު ކުރީމާ ލައްކަ ގިނަ ބަޔަކަށް ފައިދާ ކުރާނެ! އެމީހަކަށް ލިބުނު ގޯއްޗެއް ލިބުނު ފްލެޓެއް ދިންތަނަކުން ދިން ގޮތަކަށް ދޭނަމޭ ބުނެފަ އަދިވެސް ނުދޭ! ނުވިތާކަށް އެތައްބަޔަކު ފްލެޓުން މަހްރޫމު ވެސް ކޮށްފަ! އެކަން ރަގަޅު ކުރީމާ ފައިދާ ކުރާނެ! ތިޔަހެން ހަދާ ބޭކާރު ޗެނަލަކުން ވާނެ އެއްވެސް ފައިދާ އެއް ނޯންނާނެ
ޢާފި
21 April 2025
ޣޯތި ދޭކަށް ނުޖެހޭ.. އެއީ ޖަރީމާ. ޢެމްޑީޕީ ގެ ސަބަބުން އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ވޭ
ލައްޑޫކީ ކަހާނީ
21 April 2025
ދެން ކީއްކުރާ ތަރުޖަމާނަކާ މީޑިޔާ ޔުނިޓެއް ރައީސްއޮފީހުގަ..ކޮއްމެ ވުޒާރާއެއްގަ މީޑިޔާއޮފިސަރެއް..ތިންވަނަ ބާރުކަމަށްވާ މީޑިޔާތަކާ ނޫސްވެރިންނެ...ހުރިހާކަމެއްގަ ރައީސުލްޖުމްހޫރިއްޔާ އުޅުއްވީމަ ފުދޭ..ޒިންމާތަކާ މަސްއޫލިއްޔަތު ހަދުމަނެތް ވެރިއްތޯ އަހަރެމެންގެހުރީ.މަގެއްގެ ތާރުއަޅާނިމޭދުވަހާ ޖަންގުޝަން ސާފުކުރާނެ ދުވަސް ހޯދަންވެސް ރައީސާތޯ ސުވާލުކުރަންޖެހެނީ. ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ވެރިޔަކަށް ވަގުތުލުިބޭތޯ ވިކުރާބަލަހައްޓާނެވަގުތު
ހަނަފީ
21 April 2025
ރައްޔިތުން ބޭނުންވާ ސުވާލުތައްވެސް ކުރެވޭނެ ގޮތެއް ބޭނުން.
ސަސި
21 April 2025
ކީއްކުރަންތަ މައުލޫމާތުދެނީ، ވެފާހުރި ވައުދުތައް ފުއްދީތަ
ޙއބއބ
21 April 2025
ރައްޔިތަކަށް އަނގަވެސް ހުޅުވާނުލެވޭހެން ބޭކާރު ޗެނެލު ހެދުން ބޭކާރު. ކޮބާހޭ ކައުންސިލު މުވައްޒަފުންގެ މުސާރަ. ސަރުކާރު ކުންފުނިތަކުން 8 ހާސް ރ ނުލިބޭ. ކޮބާހޭ ކަނޑުއަޑީ އެޅި ޗެނެލް. ހިއްކަންބުނިތަން ހިއްކާ ނިމުނީތޯ. މާލޭގައި އުޅޭ އެންމެނަށް ބޯހިޔާވަހިވީތޯ
ހަސަންބެ
21 April 2025
ކޮބާހޭ ފުލެޓް, ތީ ދީބަލަ އަވަހަށް, އެއްމެ އިސްކަންދޭ ކަމަކަށް ވާތަން ނުފެނޭ.
ދިއްދޫމީހާ
20 April 2025
އަހުން ހީކުރީ ކެނަލެއް އުފެއްދީކަމަށް
ދޯރި،
20 April 2025
އަމިއްލައަށް މަސްހޫރުވެ، ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއްނެތް. ވެރިކަމަށް މަންތަރު ޖަހައިގެން ވެރިކަން ދަމަހައްޓަން އުޅުއްވާކަން އަހަރެމެން މިތިބީ ހޭބުއްދި ފިލާފައެއް ނޫނެވެ