27 އެޕްރީލް 2025 - 09:34
ސެވިއްޔާ (އޭޕްރީލް 27) - އިތުރު ވަގުތުގައި ލަނޑު ޖަހައިގެން 3-2 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ކާމިޔާބާ އެކު ބާސެލޯނާ އަށް ވަނީ މި ސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު ފަހިވެފަ އެވެ. އެ ޓީމު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނައިރު، ޗެމްޕިއަންސް ލީގުގައި ވެސް އޮތީ ސެމީ ފައިނަލުގަ އެވެ.
އަނެއްކޮޅުން ރެއާލް ހުސްއަތާ ނިންމާލަން ޖެހުމުގެ ފުރުސަތު ވެސް ވަނީ ބޮޑުވެފަ އެވެ. އެ ޓީމު ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު، ލީގުގައި ވެސް އޮތީ ދެ ވަނައިގަ އެވެ.
ސެވިލްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ ވަނީ ޕެޑްރީގެ ލަނޑަކުން ލީޑު ނަގައިފަ އެވެ. މިއީ ލަމީން ޔަމާލް ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. އެކަމަކު ދެ ވަނަ ހާފުގައި ކިލިއަން އެމްބާޕޭ ކުޅެން އަރައި ހިލޭޖެހުމަކުން ނަތީޖާ އެއްވަރުކުރި އެވެ. އޭގެ އިރުކޮޅެއް ފަހުން އޮރޭލިއަން ޗުއަމެނީ ބޮލުން ޖެހި ލަނޑަކުން ރެއާލުން ލީޑު ނެގި އެވެ. ނަމަވެސް އިތުރު ވަގުތު ކުޅެން ޖެހުނީ ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ފެރާން ޓޮރޭޒް ލަނޑެއް ޖަހައި ބާސާ އަށް ނަތީޖާ އެއްވަރު ކޮށްދިނުމުންނެވެ
މެޗުގެ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ މިނިޓުގެ ތެރޭން އެންމެ ފަހު މިނިޓުގައި ރެފްރީ، ބާސާ އަށް ޕެނަލްޓީއެއް ދޭން ވެސް ނިންމި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ވަނީ ބާސާގެ ރަފީނިއާ ޑައިވް ކުރީ ކަމަށް ނިންމައިފަ އެވެ.
އިތުރު ވަގުތުގެ ފަހު ހާފުގައި، 116 ވަނަ މިނިޓުގައި ބާސެލޯނާ މޮޅު ކޮށްދިން ލަނޑު ޖަހައިިދިނީ ޖޫލްސް ކޫންޑޭ އެވެ. އޭގެ ފަހުން ރެއާލާ ދެކޮޅަށް ރެފްރީ ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން، ބެންޗުގައި އިން އެންޓޯނިއޯ ރުޑިގާ ދަނޑަށް ފުޅިއެއް އުކުމުން އޭނާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
މިއީ، ސްޕެނިޝް ކަޕުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ބާސެލޯނާ، މުބާރާތް ކާމިޔާބު ކުރި 32 ވަނަ ފަހަރެވެ.
ބާސެލޯނާ ވަނީ މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ވެސް ރެއާލް މެޑްރިޑް ބަލިކޮށް ތަށި އުފުލާލައިފަ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތް އިރު، ދެ ވަނައިގައި އޮތީ ރެއާލެވެ. ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، އޭގެ ތެރޭގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ވެސް އެބަ އޮތެވެ.
ބާސެލޯނާ އަށް ދެން އެންމެ އަވަހަށް އޮތީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހާނާ
27 April 2025
'ދަނޑަށް ފުޅިއެއް އުކުމުން" ނެކޭ ދިވެހިބަހަކުން ނުބުނާނެ. "ދަނޑަށް ފުޅިއެއް އެއްލުމުން" ނޭ ބުނާނީ. "އުކުމުން" ނޭ ބުނާނީ ގިނަ އެއްޗެހިތަކެއް ހިމެނެންޏާ. އެންމެ އެއްޗަކަށް "އުކުމުން" ނެކޭ ނުބުނާނެ.
ޔޫ ސްޓޯލް ފިފްޓީން
27 April 2025
ކޮބާ ވީ ހޭވް ފިފްޓީން ގްރޫޕް.
ރެފުރީޒް
27 April 2025
އެންމެ ސީޒަނެއްގަ ރެފްރީންގެ އެހީ ބޭނުންވާ ވަރަށް ނުލިބުނީމަ ވީވަރަކީ މީ. ފަނަރަ ޗެމްޕިއަންސް ލީގު ހޯދުނީ ސީދާ ރެފްރީންގެ އެހީގައި. މިކަން ގަބޫލު ނުކުރާ މީހެއް މި އުޑު ބަޅުކުރި ހިސާބުގައި ނުހުންނާނެ.
އެފްސީ މާރާމާރީ
27 April 2025
ކަލޭމެންނަށް ނުފެނޭ ދޯ މުޅި ދުނިޔޭގަ މިވީހާ ތަނަށް އުފެދުނު އެއްމެ މޮޅު ކުޅުންތެރިޔާ ވިނީއާ ނަސްލީ ގޮތުން ދިމާ ކުރިތަނެއް، އަނެއްކާ ރުޑީގާ ދަމުނަމާދުގަ އޮއްވާ ރެފް ރަތްކާޑެއް ދެއްކިކަން ކަލޭމެންނަށް ނޭނގުމަކީވެސް ކަލޭމެން އަހަރުމެންނާ ޖައްސައިގެން އުޅޭކަމުގެ ހެކި.
ސުހާނާ
27 April 2025
ރުޑިގާއަކީ ކޮންމެ މެޗެއްގައިވެސް ރަތްކާޑު ދައްކަންޖެހޭ މީހެއް. ރޭގެ މެޗުގައިވެސް ކުޅުމުގެ ތެރޭގައި އޭނާ ކުރި ފައުލްތަކަށް ބަލާއިރު 2 ރީނދޫކާޑާއެކު ރަތްކާޑު ދައްކަންޖެހޭ. ކުރިން ބާސާއާއެކު ކުޅުނު މެޗުގައިވެސް، ބާސާގެ ކުޅުންތެރިޔަކު ވެއްޓުނު ވަގުތު އެކުޅުންތެރިޔާގެ ބަނޑަށް އޭނާ ފައިން އެރި. އެކަމަކު ރެފްރީ އަޅާވެސްނުލާ. ރޭގެ މެޗުގައި ރަފީނިއާއަށް ފައުލްކޮށްގެން ދޭން ފުރަތަމަ ނިންމި ޕެނެލްޓީއަކީވެސް ރަނގަޅު ޕެނެލްޓީއެއް. ރެފްރީ ބިރުން ބަދަލުކުރީ.
ޖޖޖޖޖޖޖޖޖ
28 April 2025
ދުނިޔޭގަ މިވީހާ ތަނަށް އުފެދުނު އެއްމެ މޮޅު ކުޅުންތެރިޔާ ވިނީއާ...ހެހެހެހހެ ހެހެހެހެހ ކޯންޗެއް މޮޅީ؟؟ ހަމަ ކުރެޕް
އަތަފަނި ބޮވުނުތަ؟
27 April 2025
ބަޔަކާ ވާކަހަލަ ބަޔަކާ ޖެހިގެން މޮޅުވަންޏާ ޕާޕާ ރެފްރީއަކަށް ލައިގެން ކުޅޭ. އެހެން ނޫނީ ނެތް ކްރައި ބޭބީސްއިންނަށް ޗާންސެއް.
ޕާޕާ ޕެރޭޒްގެ ރެމޮންޓާޑާ
27 April 2025
ރޮއެރޮއެފަވެސް ހިތުން މެޗަށް އެރީ މޮޅުވެދާނެ ކަމަށް. ހަމަ ޗޮކުންނޭ ކްރައިބޭބީސް އެފްސީ ދިޔައީ. ދެން ދުނިޔެވެސް ބޮއިކޮޓް ކޮށްލާ.
ކްރައި ބޭބީސް ބޮއިކޮޓް
27 April 2025
ރުޑީގާ ޗެމްޕިއަންސްލީގު ކުއާޓާ ސެކަންޑް ލެގުގަ މައިލްސް ލުވިސް ކެލީ ބަނޑަށް ގަސްތުގަ ފައިން އެރީމަވެސް ރެފްރީ ރީނދުލެއްހާ ހިސާބުވެސް ނުދައްކާ. ދާންވީނު ޕާޓޭންނާއެކު މާރާމާރީ ހިންގަން މީނަ.
އައްލޫބެއްޔާ
27 April 2025
ރެޔާލުން މައިންޑް ގޭމްސް ޖެއްސިވަރު ބާސާއަށް ލިބެންޖެހޭ 3 ޕެނެލްޓީއެއް ރެފްރީ ނުދިން. އެހެން ނޫންނަމަ ރިޔަލް ރިޔަލް ތިބެން ޖެހޭނީ އުނދުނު ފުއްޑަނުގައި ރިހާކުރު ކައްކަން.
ލަޓިބުރި އެފްސީ
27 April 2025
އުނހު އެމީހުންނާ އެއްމެ ގުޅޭނީ ލަޓިބުރި ހިފައިގެން މާރާމާރީ ހިންގަން.
ޕާޕާ ޕެރޭޒް
27 April 2025
ރޫޑިގާ އަކީ އަހުލާގީ ފެންވަރު ދަށް ރެއާލް އާއި ގުޅޭ ވައްތަރުގެ ޕްލޭޔަރެއް. ރެއާލް ޓީމްގައި އަބަދުވެސް މީގެ ދެތިން މީހަކު އުޅޭނެ. ކުރީގައި ޕެޕޭ ރާމޯސް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ. މެޗް ފެށުމުގެ ކުރިން ރެއާލް އިން ވަނީ ރެފްރީ ޕްރެޝަރަށް ދުއްވާލާފަ. ބާސާއަށް ލިބެންޖެހޭ ކްލިއަރ 3 ޕެނެލްޓީ އާއި ރެއާލް 3 ކުޅުންތެރިޔަކަށް ދައްކަންޖެހޭ ރަތް ކާޑު ދެއްކުމުގައި ރެފްރީ އިހުމާލުވި. އެކަމަކުވެސް ފުޓްބޯޅަ ކުޅޭ ބަޔަކުތާ މޮޅުވާނީވެސް.
ރަދީފްއޮފިޝަލް / ވިސްކައެލް ބާސާ
27 April 2025
މަރުހަބާ ދުނިޔޭގެ އެންމެ ގަދަފަދަ ކްލަބް.އެއީ ކޮން ކްލަބެއްތޯ؟.އާދެ އެއީ ސްޕެއިންގެ އެފްސީ ބާސެލޯނާ.ބާސާ އިނގޭ ތޯ.ބާސާއިން ރޭގަ ދެއްކި ކުޅުން ވަރަށް ބެސްޓް.ރެއާލް ބަލިކުރުން އެއީ ބުނެދޭން ނޭނގޭ ކަހަލަ އުފަލެއް ލިބޭކަމެއް.ވިސްކައެލް ބާސާ.ޕުތަމެދްރިދް.ވ.ވެދުން