27 އެޕްރީލް 2025 - 11:25
އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ބޭއްވި ޖީޓީ 7 ގެ ލެޖެންޑްސް ސާކިޓްގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ޖުމްލަ 15 ގޭމަރުން ބައިވެރިވި އެ ޓޯނަމަންޓަކީ 5،000ރ. ގެ ޕްރައިޒްޕޫލްއަކާ އެކު ކުރިއަށް ގެންދިޔަ ޓޯނަމަންޓެކެވެ. އެ ޓޯނަމަންޓުގެ އެއް ވަނަ އަށް ހުށަހެޅި 2،500ރ. ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ މުހައްމަދު މާއިޝް އެވެ. ދެވަނައަށް ހުށަހެޅި 1،500ރ. މުހައްމަދު ޔޫހު ކާމިޔާބު ކުރިއިރު، ތިން ވަނަ އަށް ހުށަހެޅި 1،000ރ. ކާމިޔާބު ކުރީ އަޔާން އަހުމަދެވެ.
މި މުބާރާތުގެ ދެވަނަ ސީޒަން ގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި، ދެ ސީޒަނުން ވަނަ ހޯދުމަށްފަހު ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15،000ރ. އަލްޓިމޭޓް ޕްރައިޒް ޕޫލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy