ސިޓީ ޕާކް: މި ތަން ތަރައްގީކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައި.-- ފޮޓޯ: މިހާރު
27 އެޕްރީލް 2025 - 14:19
މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ސިޓީ ޕާކު އަލުން ތަރައްގީކުރަން އެތަން ބަންދު ކުރީ 2022 ވަނަ އަހަރު އެވެ. އޭރު ވެސް އެ ޕާކު ތަރައްގީކުރަން ކައުންސިލުން ޕްލޭން ކޮށްފައި އޮތަސް ފަހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
މިއަދު ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށެވެ. ސިޓީ ޕާކުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހު 9:00 އަށް އަގު ހުށަހަޅަންޖެހެ އެވެ.
ސިޓީ ޕާކު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އެ ޕާކު ތަރައްގީ ކުރަން ނިންމާފައި ވަނީ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓަކާ ވެސް އެކު އެވެ.
އެ ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ކަނޑައަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
ސިޓީ ޕާކު ތަރައްގީކުރާނެ ގޮތް ދައްކައިދޭ ކުރެހުމެއް. -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޕާކާއި ސަލާހުއްދީން މިސްކިތާ ދެމެދުގައިވާ ހަނި އަދި އަނދިރި ގޯޅީގައި ނޭދެވޭ އަމަލުތައް ހިންގުން މަދުކުރަން އެ ސަރަހައްދު އަލިކުރަން ކައުންސިލުން ވަނީ ޕާކްގެ ފާރުގައި "އެމްބެޑެޑް ލައިޓް" ހަރުކުރަން ނިންމައިފަ އެވެ. އޭރުން، ޕާކްގެ އެތެރޭގައި ދިއްލާ ލައިޓްތަކާ އެކު އެ ސަރަހައްދަށް އެކަށީގެންވާ އަލިކަން ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމާފައިވާއިރު ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރި އެވެ.
ސިޓީ ޕާކު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް" ގެ ނަމުގައި، ކުލަތަކުން ދިއްލޭ ގަސްތަކާ އެކު އެ ޕާކު ހުޅުވި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަދުއިބްރާހީމް
28 April 2025
އަޅެ ހުސްބިމެއް ބާއްވާލަދީބަލަ ވަށާ ފެންސް ޖަހާލާފަ އާއިލާތަކުން ކުދިންނާއެކީ އެއްވެ ގެއިން އެއްޗެހި ގެނެސް ކައިބޮއެ ހަދާލާ ވަށައިގެން ބެންޗު ޖަހާލާފަ މެދު ހުސްކޮށް ބާއްވާލަދީބަ ޕްލީޒް .
މިސްކިތުގެ ސަފު
28 April 2025
ހުކުރު ދުވަހު އަދި ރޯދަމަހު ޖެހިގެން ހުރި މިސްކިތް ސަފުތައް ހަދާއިރު މަގުމަތީ ހަދާ ސަފުތަށް ޕާކުގައި ހެދޭގޮތަށް ހުރުން މުހިންމު. މިހާރު ހުންނަނީ ފެންސު ޖަހާފަ. ޕާކް ދެބުރިއަށް ނަގާފަ ވިޔަސް މިސްކިތުގެ ސަފު ޕާކުތެރޭ ހެދޭ ކަހަލަ ގޮތަކަށް ޑިޒައިންް ކުރަންޖެހޭ
ދޮހޮއްތުބެ
27 April 2025
ޕާކިންއައް އިސްކަންދީފަވާތަނެެއް ނުފެނޭ..
ވިސްނާލާށޭ
27 April 2025
މިސްކިތްތަކާ ގާތުގައި އަޑުގަދަވާ ކަހަލަ ހަރަކާތްތައް ހިންގާ ގޮތަށް ޕާކެއްނޫން އެހެން ތަނެއްވެސް ތަރައްގީކުރުމަކީ މިސްކިތުގެ ހުރުމަތްކެނޑޭކަމެއް. ނުދާ ބަޔަކު ނުދިޔަސް މިސްކިތަށް ދާ މީހުންނަށް އަޑުބަޑުމަޑު ހަމަހިމޭން އެންވަޔަރަންމަންޓެއް ކަށަވަރުކޮށްދޭންޖެހޭ.
ފުޓްބޯޅަވެސް ގޭންގް ކުއެްޖަކަށް ނުވާނަމަ ނުކުޅެވޭ
27 April 2025
ތިޕާރްކްތަކަށް މާ ފޯރިއެއް އަރައިގެން މި އުޅެނީ، ފުޓްބޯޅަ އެންމެންވެސް ކުޅޭ ކުޅިވަރު، ކުޅެން ހުސްޖާގަބޮޑުބިމެއް ބާއްވާލަދީބަލަ، މިހާރު އޮތް ތަންކޮޅުގަވެސް ބައްސާމް ވެހިކަލް ޕާރްކް ކުރާތަނެއް ހަދައިފަ އޮތީ؟ އެ ހާދަބަޔަކަށް އެކަމުން ފަސޭހަވި ތަނެއް. މާފަންނު ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ހަދާ އާންމުންނަށް ދޫކޮށްލަދޭނަމަ ކޮންފަދަ؟
ކޮރަލް
27 April 2025
ބައެއް ޕާކް ތައް އެތައް ބަޔަކަށް އެއް ފަހަރާ ދީފަ އެބަ ހުއްޓެވެ. ޖީބަށް ނުލެވޭ ވަރަށް ފައިސާ ލިބިފަ އެބަ ހުއްޓެވެ.
މާލޭދަންނަކަލޭފާނު
27 April 2025
އިހަށް ޕާކު މަޑުޖައްސާލާފަ މާލޭގެ އުސް އިމާރާތްތައް ކައިރިތިބޭ ތިރި ފުރާޅުތަކުގެ ދަށުގައި އިސްފިރޭނު ހަރުކޮށް މަތިން ވެއްޓޭ ތަކެއްޗަށް ގެލުމެއްނުވެ ސަލާމަތްކުރެވޭނެ ސޭފްޓީ ނިޒާމެއް ގާއިމުކުރެވޭތޯ ބަލަންވީ. ވެއްޓޭ ތަކެތި ވެެއްޓޭގޮތްބަލަން ކަމިސަން ހަދާނެ. އެއަކާ ބެހޭނެ ކަމެއްނެތް.
ާބޮޑުބެގެ ބެއްޔާ
27 April 2025
ކުރިން ހަވާލުކުރި މީހުން ލާރިކޮޅު ކާލައިގެން ބެޗީ ދޯ؟
ސުމަން މިޔާ
27 April 2025
މާލެ ތެރޭގައި ހުންނަ ބައެއް މިސްކިތު ކައިރީގައި އާއްމުކޮށް ހުންނާނީ ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ ތަންތަނާއި ޑުރަގު ކޯޓާއި ޑުރަގު ސެންޓަރ؟ މީތި ކަޑަ ދޯ
ލަސް
27 April 2025
ކީއްވެގެން ކަޑަވަނީ؟ ބޮލުގެ ތެތްކަމެއް ނެތީމަދޯ
ކަންމަތީ ބްރޯ
27 April 2025
ބިރަކާ ނުލާ މަޖާކުރެވޭ ގޮތަށް ސިޓީ ޕާކް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ.