ޚަބަރު

ސިޔާސީ ގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރަން، ކޮމިޓީތަކުން މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު

"އަންހެނުންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ގޮތުން އަންހެނުންގެ ބައިވެރުވުން އިތުރު ކުރުމަށް އަންހެނުންގެ ކޮމިޓީތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް ލޯކަލް ގަވަމެންޓް މިނިސްޓްރީން އިންތިޒާމުކޮށް ބާއްވާ "އަންހެނުންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށެވެ.

އެކި ރަށްރަށުގައި ހިންގަން ޖެހޭ ޕްރޮގްރާމްތައް ތަފާތުކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ އެއް ބަޔަކީ ރަށްރަށުގެ އަންހެނުން ކޮމިޓީތައް ކަމަށެވެ.

"އަންހެނުންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެއީ އަންހެނުން ކޮމިޓީތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެފަދަ ކޮމިޓީތަކުން އަންހެނުންގެ ބާރުވެރިކަމާއި ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ހަމަ އެކަނި ވަކި ފިކުރަކަށް ނުވަތަ ތިމާމެން ނިސްބަތްވާ ޕާޓީއަކަށް ނަޒަރު ހިންގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ގައުމީ ވިސްނުމަކުން މީހުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މުހިންމުކަން އަދި އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާންވީ ކިހިނެތްކަން އަދި ބައިވެރި ވުމުގެ މުހިންމުކަން ވިސްނައިދޭންވީ ކިހިނެތްކަން އެ ސަގާފަތް އަޅުގަނޑުމެންގެ ތެރޭގައި އެބަ އަށަގަންނަވަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުން އަރައިގަތުމަށްޓަކައި ހޭލުންތެރު ކުރުމަށް ވެސް އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާގެ ވާހަކައިގައި ވިދާޅުވި އެވެ.

"އަންހެނުންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެ ސައްލާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ.

އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް ލޯކަލް ގަވަމެންޓް މިނިސްޓްރީން އިންތިޒާމުކޮށް ބާއްވާ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.

އެ ސައްލާގައި މާލެ އަތޮޅާއި ހއ، ހދ، އަދި ށ އަތޮޅާއި އދ، ޅ، މ އަދި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެމްބަރުން ބައިވެރިވެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަހެރުވައް

29 April 2025

ތިކަން ކުރާނެގޮތެއް މަށަކަށް ނުވިސްނޭ. ސިޔާސީގޮތުން އަންހެނުން ބާރުވެރި ކުރުވަން ކުރަންވީ ކޮން މަސައްކަތެއް؟ އަންހެނުންނަކީ އުފެދުމުގަވެސް ފިރިހެނުންނާ ތަފާތު ބައެއް. ފިރިހެނުން ސިޔާސީގޮތުން ބާރު ހޯދަނީ ބަޔަކު ބާރުވެރި ކުރުވައިގެނެއް ނޫން. ލަދުހަޔާތުގެ ފޭރާން ބާލާފަ ހެއްދެވި ނެހެއްދެވިއަށް ގޮވާ ދޮގާ އޮޅުވާލުމުގެ ތެރެއިން. އަންހެނުންންވެސް މިކަން ކުރަންވީއޭތޯ މިނިސްޓަރު ތިވިދާޅުވަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454