އައިޝަތު އަސްނާ ހަމްދީ
30 އެޕްރީލް 2025 - 08:57
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ ހަމަޖެއްސެވުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެމްއެމްއޭގައި ދެވަނަ އަށް އެންމެ އިސް މަގާމަށް އަސްނާ އައްޔަން ކުރުމާ މެދު ގޮތެއް ނިންމައި ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވާނެ އެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަ ސެކްޝަނާ އެވެ.
އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 17 އަހަރު ވަނީ ވެފަ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވެވަޑައިގަތުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމުތަކެކެވެ. އެއާ އެކު، އެ އިދާރާގެ ޑިޕާޓްމަންޓުތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރުންނެވެ. އެއީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް ހޮވާ މަގާމެކެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުގައި ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ހުންނެވި އެވެ. އިމާދު ވަނީ އެމްއެމްއޭގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލޯހާ
30 April 2025
ތަރިކަ ދެއްވުމާ ފޭރުމާ ތަފާތެއް ވޭބާ؟!!!
ޙުސެން
30 April 2025
މިއީ ލަވަކިޔާ ހަމްދީ ދަރިއެއް
މަބުނީ
30 April 2025
ވަރަށް ވައްތަރުދޯ.
ނެޕީ ބޭބީ
30 April 2025
ސޯ ވަޓް. ހޫ ކެއާސް
ހަތް
30 April 2025
މާމޮޅު ކަމެއް އެވެސް؟
ބަރާބަރު ކޮމެޓް
30 April 2025
ޥަރަށް ގާބިލު ކަންވާ ކަންކުރާ ނަތީޖާ ނެރޭނެ ބޭފުޅެއް ކަމަށް ބެލެވޭ
ނަށާ ޕާޓީ
30 April 2025
ކީއްވެ އެޑްރެސް ޖަހާ ނުލީ؟ ތިވެސް ހަމަ ކާފު މާލޭ މީހެއް.
90991
30 April 2025
ކޮބާ މައްސަލައަކީ!!!! މާލެ އަކީ ރާއްޖޭގެ ރަށެއް ނޫންތަ!!! އެއީ ދިވެހިންނެއް ނޫންތަ! ތިގޮތަށް ވިސްނުން ހުންނާތީ ބުނަންޖެހެނީ އަދި ވެސް ތިބީ ހަމަ އެގޮތަށޭ!!! އިންފީރިއޯރިޓީ ކޮމްޕްލެކްސް ދޫކޮށްލަން ވެއްޖެނު!!!!!!
މާލޭ އަށް އުފަން ކުރެއްވުމަކީ ﷲ ގެ ނިންމެވުން
30 April 2025
ދުނިޔޭގެ އެކި ޤައުމުތަކަށާއި އެކި ރަށްރަށަށް މީހުން އުފަން ކުރައްވައި ތަރިކަ ދެއްވުމަކީ ﷲ ގެ ނިންމެވުމެވެ. ޢެހެން ކަމުން މާލޭގައި ކާބަފައިންނާއި މައިންބަފައިން ތިބެ ތަރިކަމުދާ ހުރެ މާލޭ މީހަކަށް ވުމުން އެމީހެއްދެކެ ނުވަތަ އެބަޔަކު ދެކެ ޙަސަދަވެރި ވެވޭނަމަ އެއީ އީމާންކަން ބަލިކަށި ކަމުގެ އަލާމާތެކެވެ. އެމްއެމްއޭ ގެ ގަވަރނަރ އަކީ ރާއްޖެތެރެއަަށް ނިޞްބަތްވާ ބޭފުޅެކެވެ. ރައީސް މުޢިއްޒާއި ނާއިބް ރައީސް ވެހެވެ. އެވަރުންވެސް ތިއުޅެނީ ނުފުދިގެންނެވެ.
ޜޔތމހ
30 April 2025
މިހާރު ވަކި ރައްފުށުމީހުން މަތީ މަގާމްތަކުގަ މަދީތަ؟ މައްސަލައަކީ މިއެންމެން އެމީހަކަށް ޖެހުނުތަނަކުން ކާލައިގެން އޭން އާ އޭނަގެ އާއިލާއަށް ގޮތް ހޯދަ ދެވުނީމަ ނިމުނީ، ރައްފުށު ގާނޫނީ މީހެއްވެސް ނެތީދޯ؟ މިދިޔަ ސަރުކާރުގައި ދުނިޔޭގެ ފެންވަރުގެ ބޮޑު ރޭސިސްޓްކަންތަކެއް ހިންގާލިއިރުވެސް އެއްޗެއް ބުނެލާނެ ރާއްޖެތެރޭ ގާނޫނީ މީހަކުވެސް ނެތް، ޖަމީލު، ދިޔާނާ، މުނައްވަރު އަދި ބައިވަރު ގާޒީން ވަކީލުން މިއީ ރައްފުށުމީހުން ކޮބާ އެންމެން، ފައިސާއިން ބަނޑުފުރުނީ
ޖުއްލާބު.
30 April 2025
ކ.މާލެއަށް އުފަންވާ މީހުންގެ މައްސލައެއްނޫން މައްސަލަ އަކީ. ކ.މާލޭ މީހުންގެ ވާހަކަ ދައްކަނީ އެމީހުންގެ ފެންވަރެއް ނެތް ކަމުގައިވިޔަސް އެމީހުންނަށް ބޮދެތި މަޤާޟް ދޭތީ. ރައްޖޭގެ އެހެން ރަށެއްގެ މީހަކު ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް ކ.މާލޭ މީހަކު ނޫނީ މަފަދަ މަޤާމަކަށް އައްޔަން ނުކުރޭ. ޙައްސަކޮށް ބޭރުގެ އެމްބަސީ ތަކުގައި މުޅިންވެސް ތިބެނީ ކ.މާލޭގެ ބޮޑުން.
ބަރުބާދު
30 April 2025
އޮނަރަބްލް އެކިނަންނަމުގަ ކޮމެންޓުކުރުން ހުއްޓާލަންވީނޫންތޯ!.
ޑެފޮޑިލް
30 April 2025
ޖުއްލާބޫ!!!!! އެމްބެސީ ތަކަށާއި ހައިކޮމިޝަންތަކަށް ފޮނުވަންޖެހޭނީ ތަންކޮޅެއް ތަފާތު ބައެއް!!!! ތިޒާތުގެ ވިސްނުން ހުންނަ މީހުން ފޮނުވައިގެން ނުވާނެތީ އެދާއިރާގައި ގިނައީ މާލެ އަށް ނިސްބަތްވާ މީހުން!!!!އަދި ވެސް .........
ބޮޑުވަރު
30 April 2025
ބޭފުޅާ 90991، ޢެކަކު ތިހާވަރު ވާން ޖެހޭތަ މާލޭ މީހެކޭ އެޑްރެސް ނެތޭ މީހަކު ބުނެގެން؟ ހަމަ ތަފާތު ކުރޭ ރާއްޖެތެރެ މާލެ. ބޭފުޅާ އުޑުގަ ޖެހުނަސް ބިމުގަ ޖެހުނަސް. ކޮންހާ !!!!! ތަކެއް ތި ތަޅަނީ ކޮމެންޓުގައި؟ ކާކު ބިރުގަންނާނެ ކަމަށް؟ ލޮލް
!!!!!!
30 April 2025
މިތާ މާ ވަރު އުވާފަ އެކަކު ފައްސަ ހަ ކޮމެންޓު އެކި ނަންނަމޔގައި ކުރީމަ އެބޭޅާގެ ހަސީލަތް ސާފު ވެއްޖެ. ޖަދަލު ކުރުމަކީ މާކަ ރީތި ސިފައެއް ނޫން. ވައްސަލާމް