30 އެޕްރީލް 2025 - 13:39
މެޑްރިޑް (އޭޕްރީލް 30) - ރެއާލް މެޑްރިޑަށް ކުޅޭ ޖަރުމަންގެ ޑިފެންޑަރު އެންޓޮނީ ރުޑިގާ ހަ މެޗަށް ސަސްޕެންޑް ކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
އޭނާ ސަސްޕެންޑްކުރީ ސްޕެނިޝް ކަޕުގެ ފައިނަލުން ބާސެލޯނާ އަތުން 3-2 އިން ރެއާލް ބަލިވި މެޗުގައި ރެފްރީއާ ދިމާލަށް އެއްޗެއް އެއްލުމުންނެވެ.
ރެއާލާ ދެކޮޅަށް ރެފްރީ ނިންމި ނިންމުމެއްގެ ސަބަބުން ރުޑިގާ ރުޅިގަދަވެ ރެފްރީ އަށް ހަމަލާދޭން ވެސް މަސައްކަތްކުރި އެވެ. އެ ވަގުތު އެ ޓީމުގެ ޖޫޑް ބެލިންހަމް އާއި ލޫކަސް ވަސްކުއޭޒް އުޅުނު ގޮތުން އެ ދެ ކުޅުންތެރިންނަށް ވެސް ރެފްރީ ރަތްކާޑު ދެއްކި އެވެ.
ބެލިންހަމްގެ ކާޑު އެޕީލްކުރުމުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ވަސްކުއޭޒް ސަސްޕެންޑްކުރީ ދެ މެޗަށެވެ.
ރުޑިގާ އަށް ލީގުގެ ބާކީ ފަސް މެޗާއި، އަންނަ ސީޒަންގެ ލީގުގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ އެވެ.
ރުޑިގާ ވަނީ މެޗުގައި ހިނގާދިޔަ ކަންކަމަށް މާފަށް ވެސް އެދިފަ އެވެ. އަދި އިއްޔެ އޭނާ ވަނީ ކަކުލުގެ ސާޖަރީއެއް ވެސް ކޮށްފަ އެވެ. މިއާ ގުޅިގެން 6-8 ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސާޖަރީއާ ގުޅިގެން މި ސީޒަންގެ ބާކީ ބައިގައި ރުޑިގާ އަށް ނުކުޅެވޭ އިރު، ޖަރުމަނާ އެކު ޖޫން މަހު އޮންނަ ނޭޝަންސް ލީގުގެ ފައިނަލްސް ވެސް އޭނާއަށް ކުޅެވޭނެ ކަމާމެދު ޔަގީނެއް ނޫނެވެ.
ރެއާލަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައި ވާއިރު އިތުރު ދެ ޑިފެންޑަރުން ކަމަށްވާ ފާލަންޑް މެންޑީ އާއި ޑޭވިލް އަލަބާ އަށް ވެސް ވަނީ އަނިއާއާ ގުޅިގެން ސީޒަން ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާޕާ ޕެރޭޒް
30 April 2025
ކީއްވެ ބެލިންގހަމް ގެ ކާޑު ބާތިލްކުރީ؟ މަގޭ ހިތަށްއަރާ ތިޔަ ބެލިންހަމަކީ ވަކަރުގޭގައި ބޮޑުވި މީހެއް ހެއްޔޭ؟ މެޗް ނިމިގެން ރެއާލަށް ރަނަރއަޕް ޓީމަށް ދޭ މެޑައްޔާއި ދޮލަނގާއި ހަވާލުވާން ދިޔައިރު ބާސާ ކުޅުންތެރިންވަނީ ނަމޫނާ ދައްކައި ރެއާލަށް ގާޑް އޮފް އޮނަރ އެއް ދީފަ. އެކަމަކު އެވަގުތު ރެއާލް ޓީމުގެ އެންމެން ބާސާ ކުޅުންތެރިންނާއި ސަލާންކުރިއިރު މިސޮރު ހުރީ ބޮޑާހާކާފަ. އާސެނަލް މެޗްގައިވެސް ޑެކްލަން ރައިސް ދެކެ ބޮޑާހާކާފަ. ޑޯޓްމަންޑުގައި ހުރިއިރުވެސް