އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި މިނިސްޓަރު ޝަހީމް
30 އެޕްރީލް 2025 - 21:51
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވުމާ އެކު، އޭނާ އަށް އަމާޒު ކުރައްވައި އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކަ އަށް ޝަހީމް މިރޭ ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ވެރިކަން 2023 ގައި ބަދަލުވި ފަހުން ސިޔާސީ ގޮތުން ރަސްމީކޮށް ވަކި ފަޅިއަކަށް ނާރާ އޮތް އަދާލަތު ޕާޓީއާ ގުޅިވަޑައިގެން މި އަހަރުގެ ފަހުކޮޅު ބާއްވާ އަދާލަތު ޕާޓީގެ ރައީސްގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިއަދު ހަވީރު ޝަހީމް އިއުލާން ކުރެއްވުމާ އެކު އޭނާއާ ދެކޮޅަށް އަދި އެއްކޮޅަށް ވެސް ވަނީ ބަހުސް ފަށައިފަ އެވެ.
ޝަހީމްއާ ދެކޮޅަށް "އެންމެ ވަރުގަދަ ރައްދެއް" ދެއްވީ އަދާލަތު ޕާޓީގެ ހަރަކާތްތަކާ މި ވަގުތު ވަރަށް ދުރުގައި ތައިލެންޑުގައި ދިރިއުޅުއްވާ އެ ޕާޓީގެ ރައީސް އިމްރާނެވެ.
އިމްރާން ވިދާޅުވީ "ރައީސް މުއިއްޒުގެ ދޯހަޅިކަމާ ހުރެ ގައުމު ވެއްޓިފައި މި އޮތް ހާލަތުން ސަލާމަތް ކުރުމަށް" ހާލިސްކަމާ އެކު މިހާރުގެ ކެބިނެޓު ދޫކުރައްވައި އަދާލަތު ޕާޓީގެ ލީޑަޝިޕަށް ޝަހީމް ވާދަކުރައްވާ ނަމަ އެކަމަށް އުފަލާ އެކު މަރުހަބާ ދަންނަވާ ކަމަށެވެ.
ޝަހީމް، އަދާލަތު ޕާޓީގައި އަމަލީ ގޮތުން އުޅުއްވި ދުވަސްވަރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ލީޑަޝިޕްގެ އެހެން ބޭފުޅުންނާ އެކު.
އެކަމަކު، އޭގެ ރައްދުގައި ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވަން ކެބިނެޓު ދޫކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެ ޕާޓީގެ މެމްބަރަކު ކެބިނެޓުގައި ހުންނެވުމަށް ވެސް އަސާސީ ގަވާއިދު މަނާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދާލަތު ޕާޓީގެ ރައީސްކަމަށް މެމްބަރުން އަޅުގަނޑު އިންތިހާބު ކުރައްވައިފި ނަމަ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީ އާއިގެން ކުރިއަށް ދާނަން، އިންޝާ ﷲ،" ޝަހީމްގެ ރައްދުގައި ވިދާޅުވި އެވެ
އަދާލަތު ޕާޓީގެ އެންމެ ސީނިއާ މުއައްސިސުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝަހީމް ވަނީ އެ ޕާޓީގައި 12 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އަދި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަހީމަކީ މިހާރު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް އުވުމާ ހަމައަށް އޭނާ ހުންނެވީ އެ ޕާޓީގަ އެވެ. ނަމަވެސް އޭގެ ފަހުން ޕީއެންސީއާ ވެސް ގުޅިވަޑައިނުގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ޝަހީމް ނިންމެވުމުން އިމްރާންގެ ބަހުގެ ހަމަލައެއް ދެއްވި ނަމަވެސް އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބައެއް ބޭފުޅުން ވަނީ ޝަހީމްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހު އިލްޔާސް ހުސައިނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހު މުހައްމަދު އަނިލް އާއި ޑރ. އިޔާޒް މުހައްމަދު ލަތީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގެ ސިޔާސީ ކަންކަމުގައި އަދާލަތު ޕާޓީ މިހާރު "ހިމޭނުން" އޮތަސް އެ ޕާޓީގެ ރައީސް އިމްރާން ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި އޭނާގެ ހިޔާލު އެކި ކަންކަމުގައި ފާޅުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިޝާ ރ
01 May 2025
ޝަހީމަށް ވާނެ ތިކަން ޕާޓީގެ މިހާރުގެ ރައިސް ހުރެ ޕާޓި ވަނީ ވ ބޮޓަށް ދޯހަޅި ވެފަ
ދުނިޔެ ދުނިޔެ ދުނިޔެ
01 May 2025
އަމައްޔާތް ދީން ކިޔަވައިން އުޅޭ ސޭހުން އުޅޭ ގޮތެއްދޯ
ބައިރޯ
01 May 2025
އިމްރާނު ބެންކޮކު ދޫކުރައްވަން ނުޖެހޭތަ؟؟؟؟
ބަ ޚަބަރު
01 May 2025
ޝަހީމަކީ ކުރީގައި ހާދަހާ ރަނގަޅު ކުއްޖެކޭ!މަށާއި މަގޭ ފުރެންޑުން ޝަހީމަށް ވަރަށް ގަދަރު ކުރީމޭ!! މިހާރު އެކަމެއް ނެތް
ގުދުގުދާބެއްޔާ
01 May 2025
އިމްރާން ބެންކޮކުގައި ހިންގާ ރެސްޓޯރެންޓް ހިންގަނީ ރަލާ އޫރުމަހާ ނުލައިތަ؟ އެކަަމަކު ބެންކޮކްގައި ރެސްޓޯރެންޓް އެއް ރަލާ އޫރުމަހާ ނުލައި ހިންގޭނެ ގޮތެއް ނޯންނާނެ! ލިބޭނެ އެއްޗެއްވެސް ނޯންނާނެ!
މާ ބޮޑަށް އިނގެނީ
02 May 2025
މާ ބޮޑަށް އިނގެނީ
ާައާމީ
01 May 2025
މިނިސްޓަރ ޝަހީމްގެ ނިންމުމަށް މަރުހަބާ. އަދާލަތުން ރާއްޖޭގެ ވެރިކަން ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަން. ރައީސް މުއިއްޒު ވެސް އަހަރެމެން ހީކުރިކަހަލަ ވެރިއަކަށް އަދި ނުވޭ. ސްޕުރީމް ކޯޓަށް ނުފޫޒު ފޯރުވުން ބަލައެއް ނުގަނެވޭނެ. ބޭއިންސާފު ބަލައެއް ނުގަނެވޭނެ. ރަނގަޅު ލީޑަރުން ކުށަށް އިޢުތިރާފުވެ ޒިންމާނަގާ އެކަންކަން ރަނގަޅު ކުރާނެ.
ލައިޓް
01 May 2025
ބެންކޮކް އަށްވުރެ ބާލީ ރަނގަޅީ! ހަމަ ދަންނަވާލީ!
ފާރިހަތު ޖަމީލު
01 May 2025
އިމްރާނާއި ޝަހީމަކީ އެއްކަހަލަ ދެމީހުން. އިމްރާނަކަށް ނުފެންނާނެ އިބޫގެ އެއްވެސް ގޯސްކަމެއް. ޝަހީމަކަށް ނުފެންނާނެ މުއިޒު ނޫނީ ޔާމީނުގެ ގޯސްކަމެއް. ރާއްޖޭގެ ސިޔާސީ މަޝްރަހަށް ޖެނުއިން މީހުން ބޭނުން!
އުއްތަމަ އުސްތާޛް
01 May 2025
ޝަހީމްގެ މަޤްޞަދަކީ މުއީއްޒުއަށް އަދާލަތުގެ ކޮންޓުރޯލް ނަގައި ދިނުން. އެހެން އެކަން ކުރިއަސް އަލުން މުއިއްޒު ހޮވޭތަނެއް ނުފެނޭ.
ދޮން ހުއްތު
01 May 2025
ބޭފުޅާގެ އެދުން ފުޅު ހާދަ ބޮޑޭ ދޯ، އެކެއްޗެއް ވެސް ދޫކުރާ ގޮތަކަށް ނޫން ހުރީ!!މާދަމާ ދާ އިރު ތިޔަ ހުރީހާ އެއްޗެހި ހިފާއިގެން ދެވޭނެބާޢޭ ސުވާލަކީ؟،