އީ ސިމްގެ ހިދުމަތް ދޭން ފަށާ އެޕަލް ވޮޗް ސީރީޒްގެ ގަޑިއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 މެއި 2025 - 16:26
އެޕަލް ގަޑިތަކަށް އީސިމް ދޭ ގައުމުތަކުގެ ލިސްޓުގައި އެޕަލްގެ އޮފިޝަލް ވެބްސައިޓުގައި ރާއްޖެ ހިމަނައިފި އެވެ.
މި ހިދުމަތަކީ ރާއްޖެއަށް އުރީދޫއިން ދޭން ފެށި ހިދުމެތެކެވެ. މި ހިދުމަތް އުރީދޫން ތައާރަފްކުރީ މިދިޔަ މަހު އެވެ. އުރީދޫން ބުނީ އެ ހިދުމަތަކީ ދިވެހިންގެ ޑިޖިޓަލް ތަޖުރިބާތައް ފުރިހަމަކޮށް، އެންމެ ފުރިހަމައަށް ފަހުގެ ޓެކްނޮލަޖީތައް ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށްދީ، ޑިޖިޓަލް ރާއްޖެއަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.
Apple Watch - Carriers
Apple Watch with cellular. Go with just your watch — make calls, get messages, stream music. See if Apple Watch works with networks in your country.
Apple
އެޕަލްގެ ގަޑިތަކަށް އީސިމް ހިދުމަތް ދޭ ލިސްޓު.
އެ ކުންފުނިން އަލަށް ދޭން ފެށި އީސިމް ހިދުމަތް ފެށީ ހާއްސަ އޮފާއަކާ އެކު އެވެ. އެ އޮފާގެ ދަށުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ހިލޭ ލިބޭނެ އެވެ. އެ އޮފާގެ މުއްދަތަށް ފަހު މަހަކު 200ރ. އަށް ހިދުމަތް ލިބޭނެ އެވެ. އުރީދޫން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެ ހިދުމަތް ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ.
އީސިމް ވެއަރަބަލްސްއިން އައިފޯނާއި ނުލައި އެޕަލް ވޮޗް މެދުވެރިކޮށް ފޯންކޯލުކުރެވޭނެ އެވެ. މި ހިދުމަތުގައި ފޯނާއި އެޕަލް ވޮޗްގައި ވެސް ބޭނުންކުރާނީ އެއް ނަންބަރެއްގެ ސިމް އެވެ.
އުރީދޫގެ އީކޮމާސް މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗްތައް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމާމް ބުހާރީ
03 May 2025
ކަމަކު ނުދެޔޭ ކިޔަމުން އެމެރިކާ އާ ދިމާލައް ބަވަން ފަށާ!
ސަރަބޯހާ
02 May 2025
ގަޑިހަދާފަ ވިއްކާބަޔަކު އޭގައިންނަ ހިދުމަތެއް ރާއްޖެއަށް ދިނީމަ އެއީ މާމޮޅުކަމަކަށް ވަނީތަ. އެލާމުގަޑިއަށް ބެޓެރި ލެއްވޭ ލިސްޓުގައި ރާއްޖެ ޖަހައިފިއްޔާ އެވެސް ހާދަ މޮޅުކަމެކޭ.
ޛރޖފޖފޖފޖ
01 May 2025
އަހަރުމެން ބޭނުންވަނީ، އެޕަލް ޕޭ އެޕަލް ވޮޗްގެ އީސިމް އައްވުރެ ބޮޑައް