މިރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.
02 މެއި 2025 - 00:39
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާ ފުލުހުން މިރޭ ބާރުގެ ބޭނުންކޮށްގެން ރޫޅާލައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި، އަނިޔާތަކެއް ލިބުނު ޔުމްނުގެ މައްސަލާގައި ޒުވާނުން މުޒާހަރާ ފެށީ ފުލުހުންގެ ތަހުގީގުގައި ގޯސްތަކެއް ހެދި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިންސާފު ހޯދައިދޭން ގޮވާލައި ފެށި މުޒާހަރާތަކަށް ފުލުހުން ކުރިން ފުރުސަތު ދިން ނަމަވެސް މިރޭ 12 ޖަހަން އުޅެނިކޮށް ފުލުހުން ވަނީ މުޒާހަރާ ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރި އެވެ.
މިރޭ އަށެއް ޖެހިއިރުން ފެށިގެން މުޒާހަރާ ކުރިއަށް ގެންދިޔައިރު، ފެނުނު އެއްކަމަކީ މަގުގެ މެދުގައި ޓީޓީ މޭޒެއް ބަހައްޓައިގެން ޓީޓީ ކުޅެމުން ދިޔަ ތަނެވެ. އަދި ކެރަމް ފަދަ ކުޅިވަރުތައް ވެސް މުޒާހަރާ ކުރިއަށް ގެންދިޔައިރު ކުޅެމުން ދިޔަ އެވެ. ވަކި ހިސާބަކުން ބާރަށް ލަވަ ޖަހަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ. އޭގެ އިރުކޮޅެއް ފަހުން ދެން ފެނުނީ މުޒާހަރާ ރޫޅާލަން ފުލުހުން ނުކުތް ތަނެވެ.
ޔުމްނުގެ މައްސަލާގައި ފުލުހުންނަށް އަމާޒުވި ތުހުމަތުތަކާ ގުޅިގެން އެކަން ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ޔުމްނުގެ މައްސަލާގައި، އޭނާއެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އިތުރު ބައެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަދޫމު ސިޓީ
02 May 2025
މިހާރު އިންސާފު ހޯދަދިނުމުގެ ބަދަލުގަ އަސްލު ޒުވާނުން މިގައުމުގަ ފަތުރަން ބޭނުންވާ ކަންތައްތަކެތް ޕޮރޮމޯޓު ކުރަން ނިކުމެ އުޅޭހެން ހީވަނީ އެއަންހެން ކުއްޖާވެސް މަސްތުވެ ފިރިހެނަކާ އެތްކޮށް ގޮސްއުޅުނީމަ ދޯ އެހެންދިމާވީ .އަންހެން ކަނބަލުން އުޅެންވާގޮތް ދީނުގަ އަންގަވާފަ އެބައޮތް މައިންބަފައިން ޒިންމާކޮބާ ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތު ނުކުރީކީއްވެ؟؟
ދައްޖާލު
02 May 2025
އެކަން ހުއްޓުވަން މުސާރަދީފަ ތިބޭ ބަޔަކު އެމީހުންގެ ވާޖިބު އަދާނުކޮށްގެން ނިކުމެ ތިބީ. އެކަން ކުރި ބައްޔަކު ހައްޔަރުކުރަން އެ ގޮވަނީ. ވަކިބައެއްގެ އާއިލާ މީހުންވީމަ ހުއްދަވަނީތޯ?
ބޮއިހަލާކު
02 May 2025
ހުތުރު ކޮށް އުޅެގެން އަނިޔާ ލިބުނީވެސް ޖެންޒީ އަކަށް، އެކަމާއި ގުޅިގެން އަޑުގަދަކޮށް އުޅެނީވެސް ޖެންޒީ ކުދިން، މިވާ އެއްޗެެއް ދިމަލެއް ނުވޭ! އަޙްލާޤުގެ ފާލުން ނެއްޓިފައި ޕޮލިޓިޝަނުން އުޅޭހެން ތިޔަ އުޅެވެނީ. އަމިއްލަ ހަޑި ހާވާފައި އެކަމުން ރެކެން އުޅޭހެން.
ރައްޔަތުމީހާ
02 May 2025
ރަގަނޅަށް ތިހެދީ ދަރިން ކޮޅު ނުނިދިގެން އުޅެނީ ގޭ ތިރީ ފލ ވަރނ ބޮޑުއުދަގުލެއް ކޮންމެމީހަކު އެމީހެއްގެ ގޭދަޝު ހަޅޭލަވާންވީންނު ވާއުދަގޫ އިގޭނެ ކުޑަކުދިންްވީމަ މައްސަލަޔަކީ އަހަރެމެން ނުނިދާ ހުރެފާނަން
ގަބުޅި ކަތީބު
02 May 2025
ތިއީކީ މުޒާހަރާއެއް ނޫން. ތިކަމުން އެނގެނީ މުޖުތަމައުގެ އާންމު އަޚްލާގީ ފެންވަރުގެ ދަށްކަން. ތިފަދަ މުޒާހަރާތަކުން ނިކުންނާނެ އެދެވޭ ނަތީޖާއެއް ނޯންނާނެ. ސިޔާސީ ކަނޑުކޮހުން ފަހަތުގަ ތިބެގެން ޒުވާން ޖީލުގެ އަދަބާއި އަޚްލާގު ނެތިކޮޑްލުމަށް ހިންގާ ޖަރީމާއެއް ތިއީ. ބާރުގެ ބޭނުންކޮށްގެންވެސް ފުލުހުންޖެހޭ ތިކަން ހުއްޓުވަން..
މުލޭ
02 May 2025
ފުލުހުން ތިޔަ ހެދީ ހަމަ ރަނގަޅަށް. ދިވެހި ފުލުހުން ވެސް އިންޑިއާ ފުލުހުން އުޅޭގޮތަށް އުޅެންވީ. ޓީވީތަކުން ފެނޭ އެ މަންޒަރު. މުޒާހަރާއަކީ އެހެން މީހުންނަށް އުނދަގޫ ކުރުމެއް ނޫން. އެއް ޙައްގުގެ ބޭނުން ކުރަންވާނީ އަނެއް ޙައްގަށް އަރައިނުގަނެވޭގޮތަށް. ތިމާއާމެދު އެކަނި ވިސްނައިގެން ވާކަށް ނެތް. ތިމާގެ ޙައްގު ބޭނުންކުރަންވާނީ އަނެކާގެ ޙައްގުތަކަށް އަރައިނުގަނެ.
އޮފިއެލޭ
02 May 2025
މަސްތުވާ ތަކެއްޗާ ރަލާ ހުއްދަކޮށް އެކަން ކުރި ބަޔަކު ހައްޔަރުނުކޮށްގެން ބަޔަކު ނިކުތީމަ ހާދަ ވަރެއް ތިވަނީ ސަރުކާރުގެ ބޮޓެއް ވީމަތަ.
ކެރެދި ބެއްޔާ
02 May 2025
ތިޔާއަކީ ތަނަކަށް މީހުން އެއްވެ ޝުއޫރު ފާޅުކުރާ ޒާތަކަށް ހިންގާ ކަމެއް ނޫން. ތިޔަ ޗަރުކޭހަކީ ސިޔާސީ ކަނޑުކޮހުން މަގުމަތިން ކުދިންކޮޅެއް ހޮވައިގެން ސަރުކާރުކާޅާއި ދެކޮޅަށް ހިންގާ ބޮޑު " "ޖަރީމާއެއް ". ތިޔަ ކުޅިގަނޑު ހުއްޓުވަން މާބޮޑަށް ވެސް ލަސްވެއްޖެ.
ޖެން އަލްފާ
02 May 2025
މުޒާހަރާ ކުރަންޏާ މުޒާހަރާކުރޭ. ޓީޓީ ކުޅެ، ކެރަމްކުޅެ މަގު ބައްދައިގެން ނުތިބެވޭނެ. ގެއެއްގައި ޝީޓެއް އަޅަންވިޔަސް މަގުބަންދުކުރެވެނީ ހުއްދައެއް ނަގައިގެން އެކަމަށް އޮންނަ ހާއްސަ ބޯޑެއް މަގު ކޮޅުގައި ޖަހައިގެން.ވީމާ މުޒާހަރާއެއް ނޫން ތިޔަ ކުރެވުނީ.ހުއްދައަކާނުލާ މަގު ބަންދު ތިޔަ ކުރެވުނީ. އެހެންވީމާ ރޫޅާލެވިދާނެ
ހޮޓްކިންގ
02 May 2025
ސަރުކާރުން އެކަން ބަލަން ފިޔަވަޅުތަކެއް އަޅައިފި.އެކަމަށް ފުރުސަތުދޭންވާނެ. ތިނޫސަސް މީހުން ވެއްޓިފައި އެބަހުރި. ތިވަރަކުން ނޫޅޭ. ޕާޓީކޮށް މަސްތުވުމުން އިތުރު ހައްގުތަކެއް ލިބެނީތޯ ނޫނީ އެއީ މާ މާތްކަމެއް، ޝަރަފެއްލިބޭ ކަމަކީތަ. މިހާރު ތިކަން ތި ކުރަނީ އެހެން ބޭނުމަކުހެން ހީވަނީ.
އަލިފާންފޮށި
02 May 2025
ރާއްޖޭގަ އަލަކަށް ނޫން މުޒާހިރާ ކުރަނީ….ބަޔަކު ހައްގެއް ނޫނީ ކަމަށް ޑިމާންޓް ކުރަން އެއްވުން ބާއްވާނެ، ބައެއް ފަހަރު ވިޔަފާރި ތަކަށާ އާންމުންނަށް އުނދަގޫ ވާނެ…. އެކަމަކު މިފަހަރު މި ސަރުކާރުން ރަގަޅު ގުއިރޯނެއްގަ މި އޮތީ ޖެހިފަ. ސުލްހަވެރިކަމާއެކު މުޒަހިރާ ކުރީމަވެސް ސަލާމަތެއް ނެތް.
ދަނޑުން
02 May 2025
ޜަނގަޅު، މަގުބަންދުކޮށް ނުތިބެވޭނެ...