ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
03 މެއި 2025 - 11:12
އެކި ބޭނުންތަކަށް ބިން ހިއްކުމުގެ ބަދަލުގައި ބޭރު މީހުންނަށް ކުރީގެ ސަރުކާރުން ދޫކުރި ހުރިހާ ބިންތަކެއް ސަރުކާރަށް މިހާރު ނަގައި އެ އެއްބަސްވުންތައް ވެސް ބާތިލް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
"މިހާރު ނޯންނާނެ ބޭރުގެ ކުންފުންޏަކުން ރާއްޖޭގެ ބިން ހިއްކުމުން އޭގެ ބަދަލުގައި ދީފައި އޮތް ބިމެއް. އެ ބިންތައް އަތުލައިފިން. އޭގެ ތެރޭގައި ވަރަށް ދުވަސް ހިނގައްޖެ،" ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ފުރަތަމަ ހަވާލުކުރީ އެ ތަން ހިއްކާ މީހުންނަށް ބިންތަކެއް ދޭ ގޮތަށް ކަމަށް ވިޔަސް އެ އެއްބަސްވުން ވެސް މިހާރު ބާތިލް ކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ބިންތައް ހިއްކުމަށްޓަކައި އެ ބަޔަކު ފައިސާ ހަރަދު ކުރުމުން އޭގެ ބަދަލުގައި ރާއްޖެ އިން ބިންތައް ދޫކުރުމުގެ ސިޔާސަތު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މި ސަރުކާރު ކުރިއަށް ދާނީ އެ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ގިރާވަޅުފަޅު ހިއްކުން ވެސް ލަސްވަނީ އެ ސަބަބާ ހެދި އެވެ. ހުޅުމާލެ 3 ހިއްކުމުގެ ބަދަލުގައި ވެސް ކުރީގެ ސަރުކާރުން ތިލަފުށިން ބިންތަކެއް ދޭން ނިންމާފައިވާތީ އެ އެއްބަސްވުން ވެސް މިހާރު ބާތިލް ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެކިއެކި ކޮންޓްރެކްޓަރުން ހޯދައިގެން، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް މި އަހަރު ނިންމޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ އުތުރު ތިލަފަޅުން ހިއްކާ ބިމުގައި ސެންޓްރަލް ޖަލެއް އިމާރާތްކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
03 May 2025
މަސައްކަތްތެރިންގެ ޙައްގުތައް ކޮބައިތޯ ނެއެހެނީ ކީއްވެބާ. ހުރިހާ މަސައްކަތެއް ސަރުކާރުގެ ކުންފުނިތަކަށް.
އައިމިނާ
03 May 2025
ފްލެޓްލިސްޓާއި ގޯތި ލިސްޓުގަ ބާކީބަޔަށް ވާނީ ކިހިނެއްބާ.
ޥޯ ÷ިޕރިއަޑް
03 May 2025
ދުނިޔެ މިއޮތީ 3 ވަނަ ބޮަޑު ހަނގުރާމައިގެ ތުންފަތުގައެވެ. ޑުނިޔޭގެ އެންމެ އެއްބޮޑު ބާރު ( ރަޝިޔާ) އާއި ހުޅނަގު ޤައުމުތައް އެމެރިކާއާއި ބައިވެރިވެގެން ހަނގުރާމަ ކުރާތާ 3،4 އަހަރު ވީއެވެ.ފަލަސްތީނު ކަންއތަކުގަ އަދި ވާނެ ގޮތެއް ނަެގެއެވެ ބޮޑެތި ބިންތައް ހިއްކައިގެންވިޔަސް، ނުހިއްކާ ވިޔަސް ބިން ބޮޑު ރައްތަކުގައި ފުޑް ސެކިއުރިޓީ ކަށަވަރު ކުރަން ހެސްކިޔާފަ ކާބޯތަކެތި ހައްދަން އެބަ ޖެހެއެވެ.
ޓޭސީ
03 May 2025
އަޅުގަނޑު ވަރަށް ދެރަވި މިއަދު. 4 ވަރަކަށް ގަޑިއިރު މަނިކުފާނު ހަމަ އެކަނިމާއެކަނި ކޮޅަށް. ހިތައްއެރި ވަރުވަރުން މިނިސްޓްރީ ތަކަށް އައްޔަނުކޮއްފަ ތިބި މީހުން ކޮބާބާއޭ. ސަރުކާރުން ރައްޔިތުންނަށް ދޭ ތިކަހަލަ މައުލޫމާތު ދޭނެ މީހަކުވެސް ނެތީތޯ؟ ނޫނީ އެމީހުންނަށް މަނިކުފާނު އިތުބާރު ނުކުރައްވަނީތޯ؟ އެންމެ އިންސާނަކު ތިހެން ކޮސްގޮވާއިރު ލައްކަ ކޮސް ގޮވޭނެ
ރާޖޫ
03 May 2025
ހުރިހާ ބިމެއް ރާޖޫއަށް ދޭން އުތަ
ހީހީ ސުލީހް
03 May 2025
ވައުދުވިގޮތާ އެއްގޮތަށް ދައުރު ނިމެންވާއިރަށް ގެދޮރުވެރިކަން ބޭނުންވާ އެއްމެނަށް ދެވޭނެ ކަމަކަށް ނުފެނޭ. މާ ބޮޑަށްވެސް ސުލޯ. ދައުރު ދެބައިވަނީ ފުލެޓް ލިސްތަށް ހަދާނެގޮތެއް ނޭންގިގެން ތިއުޅެނީ
ކޮރަލް
03 May 2025
ކުދި ކުލި ތަކުގަ މާލޭގެ ސަރުކާރުގެ ވ ގިނަ ތަންތަން ސިޔާސީ މީހުން ނަށް ވަނީ އެކި ސަރުކާރު ތަކުގަ ކުއްޔަށް ދީފަ އެވެ. އެތަން ތަން އަތު ނުލަ އެވެ. ކުލި ބޮޑެއްވެސް ނުކުރެ އެވެ. ފިހާރަ ކެފޭ ފަދަ ތަންތަން ހަދަން ދީފަ ހުރި ކުލި ހާމަ ވެއްޖެނަމަ ގިނަ ބަޔަކު ހައިރާން ވާނެ އެވެ. ކޮންމެ ސަރުކާރެއް އަޔަސް ސިޔާސީ މީޙުން ސިޔާސީ މީހުންގެ މައްސަލަ ނުބަލަނީ އެވެ. އަހަރެއް ވީ އިރު ބެލުނު ކޮރަޕްޝަންގެ ބޮޑު މައްސަލަ އެއް ނެތެވެ.
އާން
03 May 2025
ބަސް މަދުކޮށް އަމަލު ގިނަ ކުރައްވާ ރައީސް. ވައުދުތައް ފުއްދުމަށް ގޮވާލަން.
ނޯގުޑް
03 May 2025
ފަށާފަ ހުރި ތަން ތަން ނިންމާފަ އެހެން ކަމަކާ އުޅެބަލަ. 5 އަހަރު ނިމިގެން ދާއިރުވެސް ނުނިމޭނެ މިދާ ވަރުން.
ޢަލްޓިކޯ
03 May 2025
ޖަލެއްގެ ވިސްނުން އޮތީ ރައްޔިތުންގެ މައްޗަށް ވިސްނާ ފިކުރު ކޮށްބަލަ..ރަގަޅު މިރާއްޖޭގަ ރައީސުންވެސް ޖަލަށްލާ ފެންވަރު ރަގަޅު ވީއައިޕީ ގޮޅި ހުންނާނެ ކަމަށް އުއްމީދު ކުރަން އަންނަ ފަސްއަހަރު ކަންވާނެ ގޮތެއް ނޭގެ