22 އޯގަސްޓް 2025 - 18:19
މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އިތުރު ޑްރެޖަރުތަކުގެ ބޭނުން ހިފަން އެޗްޑީސީން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ރިޔާސީ އެއް ވައުދު ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން، މާލެ ސަރަހައްދުގައި ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރު ފަޅު އަދި އުތުރުތިލަފަޅުގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅުން ހިއްކާ ބިމަކީ މިހާތަނަށް މާލެ ސަރަހައްދުގައި ހިއްކާ އެންމެ ބޮޑު ބިމެވެ.
ފުށިދިއްގަރުފަޅު ހިއްކައި ނިމުމުން ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރެވޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި 2023 ގައި ވިދާޅުވެފަިއ ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަންޒަމާނަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން
23 August 2025
އެޗް ޑީ ސީ އިން ސުޕީޑް އަވަސްކޮށް ރަސްމާލެއިން ގޯޗަށް ހުޅުވާލާ އެންމެ އިސްކަމެއް މިހާރު ކުލި ދީގެން މާލޭ ގައި އުޅެ ރައްޔިޔުން ނަށް ދިނުން މުހިއްމު ، އޭރުން ރައްޔިތުންގެ ޖީބަށް ލުޔެއްވާނީ ، އަދި ކުލީ އަޅުން މިނިވަންވާނީ މީކުރީގެ އެއްވެސް ރައީސަކަށް ނުވިކަމެއް މުއިއްޒު މިރޯޑް ހަދައިފިނަމަ ތާރީހްގައި އެމަނިކުފާނު ނަން ލިޔެލެވޭނެ ، މާލީ މިނިވަންކަން ހޯފައިދިން ރައީސްގެ ގޮތުގައި ،،
ކައުންސިލް އިންތިހާބު
23 August 2025
އިންތިހާބެއް ގާތްވެއްޖެކަމުގެ މަލަމަތި ފެންނަން ފަށައިފި.. ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ އެބަ މިކަހަލަ ކަންތައްތަކަށް.
ނާސިދޫ
23 August 2025
އެއްފަސްކުރުމުގެ ސިޔާސަތަކީ ރަނގަޅު ކަމެކެވެ.ތަނެއް ނުވަތަ ސިޓީއެއް ކުރިއަރިގެންދަނީ ހަދާ ބިލްޑިންގ ނުވަތަ މަގުތަކަކުންނޫން. އެހެންނަމަ އައްޑޫ ލިންކު ރޯޑްހެދީމަ އައްޑޫ ތަރައްގީވީސް. ގިނަމީހުން އެއްތަނެއްގަ އުޅޭނަމަ ވިޔަފާރިތައް ކުރިއަރާ ގޮސް ސިއްހީ ހިދުމަތް ދެކޮޅުޖެހޭ ގޮތެއްގަ ހިންގޭނެ ކަމަކީ ސައްކެއް އޮތްކަމެއްނޫން.މިސާލެއްގެ ގޮތުން ހޮންކޮންގް ،ޗައިނާގެ ސެންޒެން ފަދަ ތަންތަނަކީ މިކަހަލަ މޮޑެލްތަކެއް
ބަރުފަތި
23 August 2025
މި ސަރުކާރުގެ މެގަ ޕޮރޮޖޮކޮޓެއް ކަމުގައިވާ ރާއްޖެ ހުރިހާ ގޭބީސީއެއްގައި ސުޓެލްކޯއިން ސުމާޓު މީޓަރު ހަރުކުރުން ސެޕްޓެމްބަރު މަހުގެކުރިން ނިންމާނެޔޭ ރައީސް ވިދާޅުވި. މަ އެހެން ބުނި ފަހުން ގޭ ދޮރުމަތިން ދުރަށް ނުދަން، ސުޓެލްކޯއިން މީހުން އަނާނެ ކަމުގެ އުންމީދުގަ. އެހެން ވިދާޅުވީ މިދިޔަ އޭޕްރީލް މަހު ކުރީކޮޅު މިޔަދު މީ ސެޕްޓެމްބަރު 23.
إبراهيم
23 August 2025
ގުޅީ ފަޅުން އަލުން ހިއްކި ބަޔާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް އަވަހަށް ގޯތި ހަވާލު ކޮށްލުން ރަނގަޅުހެން ހީވަނީ. ރަސްމާލެ ހިއްކުމަކީ މައްސަލައެއް ނޫން. އެއީވެސް ހަމަ ބޯހިޔާ ވަހިކަން. އެއްފަސް ކުރުމުގެ ސިޔާސަތަކީ ގައުމެއްގެ ތަރައްގީއަށް ވަރަށްވެސް މުހިންމު ކަމެއް. އިތުރު ޑްރެޖަރުތައް ގެނެސްގެން ތިކަން ކުރަން ފެށުމަކީ އުފާވެރި ހަބަރެއް.
އޮނަރަބުލް ފަލާޙް
23 August 2025
މާތްކަލާ ކޮޮއްޓަކާ މިހިރަ ރާއްޖެތެރޭ ބޭސް ފާމަސީތަކުން އެހަށް ބޭސް ގުޅައެއް ލިބޭވަރު ކޮއްލަދީބަލަ ކަލޭނޭ ކުދިންނޭ. މިތިބަ ހަނާ ވަނީ.
ބަބްސް
23 August 2025
މަވެސް ބޭނުން 35000 ރ. މުސާރަ ލިބޭ ބޮޓަކަށް ވާން. މިނެޓަކު ސަނާ ކިޔާފަ 10 ކޮމެންޓް ކުރާނަން.
ބެއްަޔާގެ ދަރި
23 August 2025
އަންނަ އޮކްޓޫބަރުގައި ކުރަން އޮތް ކަމެއް މިއަދު އިއުލާނުކުރީ. ތިޔަހެން ފޮނިނުކަނޑާ އަމަލުން ދައްކަބަލަ. ކުރީ ސަރުކާރުން ބަޔަކަށް ގޯތި ދީފައި އޮތް ތަން ތަން ނުހިއްކައި ރަސްމާލެ ހިންކަނީ ރަނގަޅު ނިޔަތެއް ނެތީމަ. ބަޔަކު ގޯތީގެ އިންތިޒާރުގައި ތިބި ތަންތަން ހިއްކާފަ ދެން އިތުރު ތަނެއް ހިއްކަން ވާނީ. އޮކްޓޫބަރުގައި ބުނާނެ އަންނަ އަހަރޭ. އެހެން ގޮސް ކައުންސިލް އިންތިހާބަށް ކަޑަޖަހަން ތިޔަކަން ވާނީ
ސޮބީހާ
23 August 2025
ކަމެއް ކުރެވުނުކަމަށްވާނީ ހިއްކާފަ މާލެމީހުނަށް ގޯތިދީފަ، އެ ގޯތިތަކުގަ ގެ އަޅަން މިލިއަނުން ލޯނުދީފަ، ކުލީގެއަޅުން ގެނެސް އެތަންތަނައް ވައްދާފުރާލިއްޔާ، އޭރުން ރައްޔިތުން ހިންހަމަޖެހި އިޖްތިމާއީ މައްސަލަތައް މަދުވެ އުފެއްދުންތެރިކަން ހުންނާނީ 15 ޕަސެންޓުގަ،
ޖައްސާޖައްސާ
23 August 2025
މާލޭގެ އިރުމަތީ ފަރާތް ހިއްކާ ބޮޑު ކުރާށޭ މާލޭގެ އިރުމަތީ ފަރާތުން ހިއްކޭނެ 2 ކިލޯ މީޓަރު އިރަށް އެތަން ހިއްކާ ދެން އެތަނާއި ހުޅުލެ އާއި ދެމެދު ފްލައިއޯވަރ ބްރިޖް އަޅާ ސްކައި ޓްރެއިން އިން މާލޭން ހުޅުލެ އަށް އޮޓޮނޯމެސް ޑްރައިވިންގް މޯޑް ގައި ދެވޭނެ ގޮތް ހަދާ ހިއްކާ ބިންތައް ވިއްކަންވީ އިންޓަރނޭޝަނަލް ޑޭޓާ ސެންޓަރު އަދި ޑޭޓާ ވެއަރ ހައުސް ހަދަން 2 ހެކްޓަރުގެ ބިން ކޮންމެ ކުންފުންނަކަށް މާލެ އަކީ ޑޭޓާ ސެންޓަރު އަޅަން އެންމެ ޕާރފެކްޓް ލޮކޭޝަންދޯ
އަހުމަދު55
23 August 2025
ބިން ހިއްކަން ބަލާއިރު ވަކިވަރެއްގެ ފުންމިނެއް ހުރެގެން ހިއްކޭނީ. 200މީޓަރު ހިއްކުނަސް ހިއްކޭނީ މާލޭގެ އިރަށް މިގޮތަށް ބަލާއިރު. އޭރުން ރާޅުގަނޑު ދާނެ އެއްކޮށް. 2ކިލޯމީޓަރު މާލޭގެ ދިގުމިނުގަ ނުހުންނާނެ އަދި މާލެއާ ހުޅުލެއާ ދެމެދުވެސް ނުހުންނާނެ.
ސަލީމު އިދުރީސް
23 August 2025
ކޮންޑޭޓާސެންޓަރެއްގެ ވާހަކަ މިދައްކަނީ މަހުން ފުރިފަވާ ވަށިގެން ކަނޑުއޮތްތާކު މަސްފެކުޓުރީއެއް ނުހިންގޭ ބަޔަކު