އައިޖީއެމްއެޗް: ޓްރެއިނިން ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ ދަނީ ފަރުވާދެމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 މެއި 2025 - 21:17
ދ. ވާނީ ގައި ޕޮލިސް ޓްރެއިނިން ސެންޓަރުގައި ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ވާނީގައި ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން ރޭ ފަތިހު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މެންދުރުގެ ވަގުތެއްގައި ވައިގެ މަގުން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
އޭނާގެ ހާލު ސީރިއަަސް ކަމަށް ވެސް ފުލުހުން ބުންޏެެވެ.
އެކަމަކު އޭނާގެ ހާލު ސީރިއަސްވީ ކޮން ކަމެއްގެ ސަބަބުން ކަމެއް ފުލުހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޓަޔަޑް މޭޖަރ
05 May 2025
ކުރީފަހަރުވެސް ކުދިން ތަކަކަށް ކާނާ ވިހަވެގެންވެސް ފަރުވާދިން.. މީހުންގެ ފުރާނައަށްވުރެ މުހިއްމް ޓްރޭނިންގއެއްތީ.. ކުއްޖަކުވެސް ގެނބިގެން މަރުވި އެކުއްޖާ ތިމަންނަށް ބަލިވެގެން އަޑިއަށްދަނީއޭ ބުނީމަވެސް އަޅާނުލި.. އާޢިލާއަށް އަންގާނީވެސް ވާނެ ހައެއްޗެއްވީމާ
ގުދުގުދާބެއްޔާ
05 May 2025
ފުލުހުންގެ ޓުރެނިންގ އިންސްޓެކްޓަރުން ނައް މެޑިކަލްކަންތައްތައް ނޭގޭތީ މިކަން މިގޮތައްވަނީ!
މިރަކަން
05 May 2025
ޑޮކްޓަރުން ކައިރިންވެސް ކަންކަން ހިނގާ. އެއީ އެމީހުން ޕޮލިސް ޓްރޭނިންގ ނަހަދާތީބާ އަނެއްކާ. ދިވެހި ލޮޖިކް. މެޑިކަލް އޮފިސަރުން ވަކިން ތިބޭ ޓްރޭނިންތަކުގައި
ގުދުގުދާބެއްޔާ
06 May 2025
މިރަކަން ނަމުގަ ކޮމެންޓްކޮއްފައިވާ ފަރާތައް!ގިރިފުށީ ޓުރެއިންގަ އެމްއެންޑީއެފް ރެކްރޫޓް ސިފައިންގެ މީހެއް ޓުރެއިން ހަދަނިކޮއް ހީޓް ސްޓްރޯކެއް ޖެހިގެން ދިޔައިރުވެސް އެމީގޮތައް އިންސްޓްރަކްޓަރއަށް ނޭގުނު! ދެން ޑޮކްއަށް ގޮވައިގެން ގެނެސް ބެލި އިރު ވާނެ ހަތަރެތި ވެފައޮތީ! އައިދީއެމް އެޗް ހޮސްޕިޓަލްއަށް ގެންގޮސް މާގިނަ އިރު ތަކެއް ނުވެ މަރުވެއްޖެ!
ފުލުސް
04 May 2025
ނުބުނާނެ. އަބަދުވެސް ކަންކަން ސިއްރުކޮށް މަތިޖަހަންތިބޭ ބައެއް. މާލޭގެ ޕާކިންގ ހަމައަކަށް ނޭޅެވޭބައެއަ.
ބޭޗާރަ
05 May 2025
ކޮންކަމެއް ހަމަޔަކަށް އެޅުވެނީ؟ އަމިއްލަ ބިލްޑިންގް އެޅުމުގައިވެސް ވައްކަން