06 މެއި 2025 - 11:04
ސްކޮޓިސް ލީގުގައި އާދިއްތަ ދުވަހު ވާދަވެރި ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި ރޭންޖާސްގެ ސަޕޯޓަރުން ދަނޑުގައި ދެމި ބެނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އަމިއްލަ ދަނޑު އައިބްރޮކްސް ސްޓޭޑިއަމްގައި ރޭންޖާސްގެ ސަޕޯޓަރުން ދެމި ބޮޑު ބެނާގައި ފެންނަނީ އެ ޓީމުގެ ކުރީގެ ގްރޭމް ސޫނެސް ބަޑިއެއް ހިފަހައްޓައިގެން އަމާޒު ކުރާ މަންޒަރެވެ.
މިހާރު އުމުރުން 72 އަހަރުގެ ސޫނެސް ވަނީ ޕްލޭޔާ ކޯޗެއްގެ ގޮތުގައި 1986-191 އަށް ރޭންޖާސް އަށް އިރުޝާދު ދީފަ އެވެ.
އެ ބެނާގައި ދެން ލިޔެފައި ވަނީ: ބާޣީންގެ ކުނިތަކާ ދެކޮޅަށް ތެދުވޭ" މިހެންނެވެ.
ސަޕޯޓަރުން ދެމި އެ ބެނާގެ މައްސަލަ ބޮޑުވެ ސްކޮޓްލެންޑްގެ ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުގެ ފަސްޓް މިނިސްޓަރު ޖޯން ސްވިނީ ވިދާޅުވީ އެ ފަދަ މެސެޖެއް ދޭ ބެނާއެއް ދަނޑުގައި ދެމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރޭންޖާސްއިން ވެސް ވަނީ ސަޕޯޓަރުންގެ އެ އަމަލާ ދެކޮޅަށް ބަޔާނެއް ނެރަފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެކަން ކުރި މީހުން ފާހަގަވެއްޖެ ކަމަށެވެ. އެކަމުގައި ފުލުހުންގެ ތަހުގީގަށް އެއްބާރުން ލުން ދޭނެ ކަމަށް އެ ކްލަބުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޕަޓޭ
06 May 2025
ރޭންޖާސް އަކީ އިޒްރޭލު ދިދައާއި އިޒްރޭލަށް ސަޕޯޓްކޮށްފަ ހުންނަ މެސެޖުތައް ދައްކުވާ ބެނާތައްވެސް ބައެއްމެޗުތަކުގަ ހިފައިގެން އުޅޭ ބައެއް. އެހެންވީމަ މިކަމުން އެއްވެސް ވަރަކަށް ހައިރާނެއްނުވޭ.