މިނިސްޓަރު ޣައްސާން: ސިޔާސަދަތަށް ގެއްލުން ނުވާ ގޮތަށް އެއްބަސްވުންތައް ދަނީ ބަދަލުކުރަމުން ކަމަށް ވިދާޅުވި
06 މެއި 2025 - 11:16
އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ގޮތަށް ހުރި މާއްދާތައް އިސްލާހު ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލު ކުރެވިފައިވާ ކަމަށާއި އަދިވެސް އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑިފެންސް މިނިސްޓްރީ ޒިންމާ ގޮތަށް އިންޑިއާއާ އެކު އޮތީ ހަތަރު އެއްބަސްވުމެކެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒެއް އިންޑިއާގެ އެހީގައި ހަދަން ގާއިމްކޮށްފައިވާ އެއްބަސްވުމެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ސިޔާސަދަތަށް އުނިކަން އަންނަ މާއްދާތައް ހުރި ކަމަށް މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވަރަށް ގިނައިން ވިދާޅުވެފައިވެ އެވެ. މިނިސްޓަރު މިއަދު ވިދާޅުވީ އެ މާއްދާތައް އިސްލާހު ކުރަމުން އަންނަ ކަަމަށެވެ. ނަމަވެސް، އޭގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްބަސްވުންތައް އަދި އެއްބަސްވުންތަކަށް ގެންނަ އިސްލާހުތައް ހާމަނުކުރަނީ "ކޮންފިޑެންޝަލިޓީ ކްލޯޒް" ހިމަނާފައިވާތީ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް އެއްބަސްވުންތައް ހާމަކުރަން މަޖިލީހުން އެދިއްޖެ ނަމަ، އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހައިޑްރޯގްރެފިކް އެއްބަސްވުން ފިޔަވައި، ބާކީ ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން ސީދާ އެ މަނިކުފާނު އެ ބޭފުޅުންނާ ވާހަކަ ދައްކަވައިގެން މިހާރު ހައްލުކޮށްފައިވާނެ ކަމަށެވެ.
"މިހާރަކު ނެތޭ ކަންބޮޑުވާ ކަމެއް. އެކަމަކު އިސްލާހު ގެނެވިފައިވި އެއްބަސްވުން ވިޔަސް ހާމަކުރުމުގައި ކޮންފިޑެންޝަލިޓީ ކްލޯޒް އޮންނާތީ ބައިލެޓްރަލް ޑިސްކަޝަންތަކެއް އެބަ ކުރިއަށް ދެއޭ، ދެ ފަރާތުގެ ބައްދަލުވުންތަކުގެ ތެރެއިން ދެ ގައުމުގެ ގާތްގުޅުމުގެ ތެރެއިން ޖެހޭނެއޭ މަޝްވަރާ ކުރަން،" ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އުންމީދުކުރަން މާ ލަސްތަކެއް ނުވެ ދެ ފަރާތުން އެއްބަސްވެވިގެން އެއްބަަސްވުމުގެ ކްލޯޒްތައް މީޑިއާއާ ހިއްސާ ކޮށްދިނުން."
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ކަން ކުރިއަށް ދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠޖބއޔ
06 May 2025
ރައީސް ކުރިންރޭ ބުނި އެގްރީމަންޓްތަކުގައި ނެތޭ އެއް ވެސް ކަމެއް ގޯސްކޮށް ދެންކޮންކަމެއް ބަދަލު ކުރަން އޮތީ
ސޮއިކުރުން
06 May 2025
އެއްބަސްވުންތައް އެގޮތަށް އޮއްވާ ސޮއިކުރެއްވީ ކީއްވެތޯ؟ އަޖައިބެއް.
ސަސި
06 May 2025
ދިފާއި ވަޒީރުކަމަށް ކުފޫހަމަ ނުވާކަން އަމަލާ ބަހުން ސާފުކޮށްދެމުން ތިޔަ ދަނީ
ކުރިން ބުނިއެތިވެސް އައުޓް
06 May 2025
ދެން ތި ކޮންފިޝަލިޓީ އަކާ ހުރެ އަހަރެމެން ޖެހޭނީ ޣައްސާނު ސަރ ބުނުއްވި އެއްޗެއް ގަބޫލުކުރަން. އެންމެފަހުން އަހަރެމެން އައުޓް!
އަފްރާސިޔާބު
06 May 2025
ބަދަލު ކުރަނީ ރާއްޖޭން އިންޑިޔާ އަށް މިސައިލު މަނަވަރަކާއި ހެލިކޮޕްޓަރަކާއި ވައިޑް ބޮޑީ ހަނގުރާމަކުރާ މަތިން ދުއްވާ ދެބޯޓް ހަދިޔާކުރާ ކަމަށް. މިތަކެތި ދުއްވަން 5 އަހަރުވާންދެން ތިބޭނީ ރާއްޖޭގެ ސިފައިން ކަމާއި ލައިން އޮފް ކޮންޓްރޯލުގައި މިތަކެތީގެ ބޭނުން ކުރަންވާނީ ސްޕެޝަލް މިލިޓަރީ އިކޮނޮމިކް ޒޯނަށް އަރާގޮތަށް ތަކެތި ބޭނުންކުރާނަމަ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމާއި މިލިޓަރީ ސާވޭލަންސަށް ބޭނުން ކުރުމަށް. ރާއްޖޭން ފޮނުވާނީ 75000 ސިފައިންކަމަށް.
ޗޫޤީ
06 May 2025
އަންނަނީ، އަންނަނީ، އަންނާނެޔޯ. މީ އޭގެ ދެވަނަ އެޕިސޯޑު.
ޗިކަނޭ
06 May 2025
ދައުރު ދެބައިވަނީ