އައްޑޫގެ މަގެެއް--
06 މެއި 2025 - 13:34
އައްޑޫ މަރަދު އާއި މަރަދޫފޭދޫގެ ހިއްކި ސަރަހައްދުން 251 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަރަދޫން ދިރިއުޅުމަށް ދޫކުރާ 175 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ 1،500 އަކަފޫޓުގެ ގޯތިތަކެކެވެ.
މަރަދޫ ހިއްކި ސަރަހައްދުން ގޯތި ދޫކުރަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ކައުންސިލުން ބުނިގޮތުގައި އެއީ މަރަދޫ އަވަށުގެ ރައްޔިތުންނަށް 158 ގޯއްޗާއި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް 17 ގޯއްޗެވެ.
އެ ކައުންސިލުން ބުނީ މަރަދޫފޭދޫ ހިއްކި ސަރަހައްދުން ދޫކުރަނީ 1،500 އަކަފޫޓުގެ 76 ގޯތި ކަމަށެވެ. އެއީ މަރަދޫފޭދޫގެ މީހުންނަށް ހާއްސަ ކޮށްފައިވާ 68 ގޯއްޗާއި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ހާއްސަ 8 ގޯއްޗެވެ.
އައްޑޫގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާއިރު، އެންމެންނަށް ވެސް އެ ގޯތިތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އޮންނާނެ އެވެ. ފޯމު ހުށަހަޅަން ޖެހެނީ އެ ރަށެއްގެ އޮފީހަކަށެވެ.
އައްޑޫން ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން، ގޯތިތަކަަށް ޝަރުތު ހަމަވާނީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވާ މީހުންނާއި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެރިން
06 May 2025
ދޮގުހެދުމާ އޮޅުވާލުމުގެ ވެސް ހައްދެއް އޮއްނަން ވާނެ،1500 އަކަފޫޓޫ ކިޔާފަ ދެނީ 1000 އަކަފަޫޓު،ލިޔެކިޔުމުން 1500 ހަގީގަތުގަ 1000، އަނެއްކަމަކީ ދިރިއުޅެން ދެނީ 1500 އަކަފޫޓޯ،އެހެން ބޭނުން ތަކަށް އެޔަށް ވުރެ ބޮޑުކޮށް، އެކަމަކު ބިން ހިއްކީ ދިރިއުޅުމަށް ގޯތިދޫކުރަން
ހުސީނު
06 May 2025
މާލެއިންވެސް ދޫކުރީ ތިވަރުގެ ގޯތި ތަކެއް. ތަފާތަކީ މާލޭ ގޯތިގައި 8 މިލިއަނުގެ އަގު. ޢައްޑޫ ގޯތި 1 ލައްކަ. ޢިންސާފުވެރި ގޮތަކީ މިގޮތަށް ރާއްޖެތެރެއިން ބަހާ ގޯތި ތަކާއި އެކު ބާކީބައި (7.9 މިލިއަން) ރާއްޖެތެރޭ މީހާއަށް ދިނުން. ނޫނީ ސަރުކާރުގެ ހުރިހާ ވުޒާރާތައް އަތޮޅު ތަކަށް ބަދަލުކޮށްގެން ވިޔަސް، އަތޮޅުތައް ތަރައްގީ ކުރުން.
ނޯޓުނިޒާރު
06 May 2025
އޭތް. ނިޒާރު ބޭރުކުރާނަން މިފަހަރު އައްޑޫ ހަލާކުކޮށްފަ ވެރިކަމަކު ނުހުރެވޭނެ ދެނެއް!
އޮނަރަބްލް އަފީފު ދީދީ
06 May 2025
އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ޤާއިމް ކުރަން ތައްޔާރު ވަމުންދާއިރު މިފަދަ ބޭނުންތަކަށް Diplomatic Enclave Area އަކާއި، ފައިނޭންޝަލް ސެންޓަރު ތަކަށާއި، އެއަރލައިން އޮފީސް އަދި ޓްރޭޑް ސެންޓަރު ތަކަށާއި، ޔޫނިވަސިޓީ ކޮލޭޖް ތަކާއި، ހޮސްޕިޓަލް ފަދަ ސިއްޙީ ބޭނުންތަކަށް، ކުޅިވަރު ސްޓޭޑިއަމް އާއި އެރީނާ ފަދަ ތަންތަނާއި، ސިނަމާ ސްޓޫޑިއޯ ފަދަ ކަންކަމުގެ އިތުރަށް ބޭރުން އަންނަ މެހުމާނުންނަށް ޙާއްސަ ސްޓޭޓް ހައުސް ފަދަ ކަންކަމަށް ބިން ބޭނުން ވާނެ.
ލޮލްޒް
06 May 2025
މަ ބެނީ ހިލޭތަ ގޯތި ދެނީ؟
ގުދުގުދާބެއްޔާ
06 May 2025
އޮނަރަބަލް އަފީދުދީދީއަށް ހަމަ ރަގަޅު އައްޑޫ މީހުންނަށް އެކަނި 251 ގޯތި ދިނަސް! މީނާގެ ހަމަ ހުންނަނީ މިގޮތައް! މަލޭ މީހުންނަށް ގޯތި ދިނީމަ ހީވަނީ ގަޔަށް ހިނިއަރައިގެން އުޅޭބީދައިން އުޅޭހެން! ބަލަ މިބިމަކީ ހަމަ އަހަރުމެން މާލޭ މީހުންގެ ފައިސާވެސް ހިމެނޭ ގޮތައް ހިއްކިތަނެކޭ!
އާދޭސްކުރަން
06 May 2025
އޮނަރަބަލް އަފީފު ދީދީ އަށް ގޯއްޗެއް ބާއްވަދޭތި.
މަޒީ
06 May 2025
ކިހިނެހް މިވީ، ތިޔަ ރަށްރަށުން އެރަށުގެ މީހުންނަށް ހާއްސަކޮށްގެން ގޯތި ދެވޭ. މާލެ މީހަކަށް ދޭއިރަށް އެންމެ ހީވަނި ދިފައި އެއްތާ ނުޖެހި ތެޅިބާލަނެ.
މައްކޫ
06 May 2025
ގޯތި ދިނުން ހުއްޓާލާށޭ، އެމްޑީޕީ ކައުންސިލުން. ތިއީ ދެރަކަމެއް. ވަކި ބަޔަކަށް ދީފަ ވަކި ބަޔަކަށް ނުދެވޭ، ދަރިންގެ ދަރިންނާ ދޭތެރޭގަވެސް ވިސްނަން ޖެހޭ
ހައްގެއް
06 May 2025
އެންމެނަށްވެސް ލިބެންޖެހޭ، މުއްސަނދިންނަށް އެކަންޏެއް ނޫން ބިންލިބެންވާނީ، ބަދަލްކުރަންވީ ކަމަކީ ލިބޭ ގޯތި ކިހާމުއްދަތެއް ތެރޭ ތަރައްގީކޮށް ދިރިއުޅެން ފެށުން. އެއްވެސްކަމެއް ނުކޮށް ދޫކޮށްލާފަހިރިގޯތިތަށް، ނޯޓިސްދީ ވަކިމުއްދަތެއް ތެރޭ މަސައްކަތް ނުފަށާނަމަ އަތުލުން.
ޝާމިލް އަލި
06 May 2025
ހިލޭ ގޯތި ދިނުމުގެ ބޭނުމެއް ނެތް. ގޯތި ވިއްކާ. ނޫނީ ފުލެޓް އަޅާ. ލޭންޑް ޔޫސްް ފުލޭނެއް ނެތި ބިން ބަހާލުން ހުއްޓުވާން ޖެހޭ.