"ސަނަމް ތޭރީ ކަސަމް"ގެ މަންޒަރެއްގައި ޕާކިސްތާނުގެ އެކްޓްރެސް މަވްރާ ހޮކޭން އާއި އިންޑިއާގެ އެކްޓަރު ހަރުޝްވަރްދަން ރާނޭ.
11 މެއި 2025 - 07:10
ޕާކިސްތާނުގެ އެކްޓްރެސް މަވްރާ ހޮކޭން އުޅެންޏާ "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައި ނުކުޅޭނެ ކަމަށް އިންޑިއާގެ އެކްޓަރު ހަރުޝްވަރްދަން ރާނޭ އިއްޔެ ބުނެފި އެވެ.
"ސަނަމް ތޭރީ ކަސަމް"ގެ ފުރަތަމަ ފިލްމުގައި ލީޑު ރޯލު ކުޅުނީ ހަރުޝް އާއި މަވްރާ އެވެ.
ޕާކިސްތާނާއި އިންޑިއާގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި މަވްރާ ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. މަވްރާގެ އެ ޕޯސްޓާ ގުޅިގެން "ސަނަމް ތޭރީ ކަސަމް 2" އިން އޭނާއަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ އިންޑިއާގެ އާންމުން ދަނީ އަޑުއުފުލަމުންނެވެ.
PAKISTAN ZINDABAD 🇵🇰 pic.twitter.com/YWgpPyJ6jl
— MAWRA (@MawraHocane) May 10, 2025
އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހަރުޝް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި، މަވްރާގެ ނަން ނުލިޔެ ބުނީ "ސަނަމް ތޭރީ ކަސަމް"ގެ ފުރަތަމަ ފިލްމުގައި އުޅުނު މީހުން ދެވަނަ ބައިގައި އުޅޭ ނަމަ، އޭނާ އެ ފިލްމު ނުކުޅޭނެ ކަމަށެވެ.
"މި ތަޖުރިބާއަށް އަހަރެން ވަރަށް ޝުކުރުވެރިވާ ހާލު، މިހާރު ކަންތައްތައް ހުރި ގޮތަށް ބަލާއިރު އަދި އަހަރެންގެ ގައުމާ ބެހޭ ގޮތުން ދައްކާފައިވާ ސީދާ ވާހަކަތައް ކިޔުމަށް ފަހު، ސަނަމް ތެރީ ކަސަމްގެ ދެވަނަ ބައިގައި ކުރީގެ ކާސްޓް ތަކުރާރުވުމުގެ އެއްވެސް ފުރުސަތެއް އޮތް ނަމަ، އެކަމުގައި ބައިވެރިވުމަށް، ވަރަށް އިހުތިރާމާ އެކުގައި އަހަރެން ދެކޮޅު ހަދަން ނިންމައިފިން،" ހަރުޝްގެ ބުންޏެވެ.
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާގެ އަސްކަރިއްޔާ އިން ޕާކިސްތާނާ ދެކޮޅަށް ފެށި "އޮޕަރޭޝަން ސިންދޫރު"އާ ގުޅިގެން އިންޑިއާގެ ފިލްމު އުފެއްދުންތެރިންގެ ޖަމިއްޔާ ކަމަށްވާ އޯލް އިންޑިއަން ސިނޭ ވޯކާސް އެސޯސިއޭޝަނުން ވަނީ އިންޑިއާގެ އެއްވެސް ފަންނާނަކު ޕާކިސްތާނުގެ ފަންނާނުންނާ އެކުގައި މަސައްކަތްކުރުން މަނާކޮށްފަ އެވެ.
Cooked him @MawraHocane 🙌🏻 https://t.co/LSUPLat2Cw pic.twitter.com/GNl1ASr9TC
— ✰.🇵🇰 (@cheesetakee) May 10, 2025
"ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައި ގެނެސްދޭނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް، އެ ފިލްމުގެ ޝޫޓިން އަދި ނުފަށަ އެވެ.
ހަރުޝް އާއި މަވްރާ ހޮކޭން ލީޑުން ފެނުނު، 2016 ވަނަ އަހަރު ގެނެސްދިން "ސަނަމް ތޭރީ ކަސަމް"އަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ފިލްމަކަށް ވިޔަސް، ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފިލްމެކެވެ. ނަމަވެސް، ސްޓްރީމިން ޕްލެޓްފޯމްތަކުގައި މި ފިލްމު ވަރަށް މަގުބޫލެވެ.
އިންޑިއާ އާއި ޕާކިސްތާންއާ ދެމެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދެ ގައުމުގެ ފަންނާނުންގެ މެދުގައި ވެސް ސޯޝަލް މީޑިއާގައި ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ޖައްމޫ އެންޑް ކަޝްމީރުގައި އޮންނަ ޔޫރީ ކިޔާ ހިސާބެއްގައި ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން އިންޑިއާގެ އަސްކަރިއްޔާއަށް ދިން ހަމަލާއަކަށް ފަހުގައި ވެސް ޕާކިސްތާނުގެ ފަންނާނުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު123
12 May 2025
މަވްރާ ޙުސައިން އެކުސްގައި ގައި އިންޑިޔާއަށް ފާޑެއް ކިޔާފައެއް ނެތް. އޭނާ އޮތީ ޕާކިސްތާނުގެ ވާހަކަ ދައްކާފައި. ޕާކިސްތާނު މީހެއް އޭނާގެ ގައުމާއި ގައުމުގެ ސިފައިންނާ ބެހޭ ގޮތުން ފާޅުކޮށްފައިވާ ގައުމީ ޝުޢޫރެއް
2025
12 May 2025
ޢެމަންޖެ ނޫޅެންޏާ މަވެސް ތިފިލްމެއްނުބަލާނަން.. ބޮއިހަލަކި
އަފްރާސިޔާބު
11 May 2025
މި އިންޑިޔާ މީހުންނަކީ މަވަރު ނެތިގެން އުޅޭ ބައެއްބާ؟ ފިލްމެއްކުޅުނަސް ޖަގަޑާ ނުހަދައި ނުތިބޭނެ. އެ މަންޖެ ރަށަށް ފޮނުވާލަ ބަލަ. އެމީހުންގެ ވެސް ފިލްމު އިންޑަސްޓްރީއެއް އޮވޭނުން. ނާސިރު ދައުރުގައި ޕާކިސްތާނު ފިލްމު މިގައުމުގައިވެސް ދެއްކި. ފަހުން ނޭގޭ ވީގޮތެއް.
ކިއްލާ2222
11 May 2025
ކަސަމް އެއް ނުން ކޮއްކޯ! ޤަސަމް! ކޭ އަކުރު އެމީހުން ބޭނުން ކުރަނީ 'ޤ' އަށް ސަންމް ތޭރީ ޤަސްމް!
ސަނަމް ޑޯންޓް ނީޑް ޔޫ ނައު
11 May 2025
އިހުތިރާމާއެކީ ދޯ ފުރަތަމަ ބައި ކުޅުނީ އެހެންވީމަ އެ މަންޖެއާއެކީ ފިލްމު ނުކުޅޭކަމަކަށް ނުވާނެ