11 މެއި 2025 - 10:10
އެމްއެޗްއޭ އިން ރާއްޖެ އަށް އެތެރެކޮށް އުފައްދާ އައިސްކްރީމް އުފެއްދުންތަކުން 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ވިއްކާ ހުރިހާ ސައިޒެެއްގެ އުފެއްދުންތަކަކުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
އެމްއެެޗްއޭ އިން އަންނަނީ ރާއްޖޭގައި އެންމެ މަގްބޫލު އައިސްކްރީމް ބްރޭންޑުތައް ވިއްކަމުންނެވެ. އޭގެ ތެރޭގައި ނެސްލޭ އާއި ހާގަންޑާޒް އާއި ޖޮއިޑޭ އާއި ލަންޑަން ޑެއިރީ އާއި ކުއަންޓާ އާއި އިގްލޫ ވެސް ހިމެނެ އެވެ.
އެމްއެޗްއޭ އިން ބުނީ، މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އެމްއެޗްއޭގެ ފިހާރަތައް މާލޭގެ އެކި ސަރަހައްދުތަކާއި ހުޅުމާލޭގައި ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy