އަބަދަށް ފެހިމަގުގައި ކުރިން ހުރި މޫވެންޕިކްގެ ރެސްޓޯރެންޓް މަޖީދީ މަގު ހެންވޭރު ދަނޑު ކައިރިއަށް ބަދަލުކޮށްފި އެވެ.
ތަފާތު ބާވަތްތަކުގެ އައިސްކްރީމް ވިއްކާ ރެސްޓޯރެންޓް ހުޅުވައިދިނީ ރާއްޖޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) އެވެ. މި ރަސްމިއްޔާތުގައި އެ ފިހާރައިގެ އިސް ފަރާތްތައް ވެސް ބައިވެރިވި އެވެ.
މޫވެންޕިކުގެ އައިސްކްރީމް އައުޓްލެޓްތައް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގައި ހުންނައިރު މާލޭގައި ހުޅުވި އެ ބްރޭންޑުގެ އާ ރެސްޓޯރެންޓް ވަނީ މޫވެންޕިކުގެ އާ ޑިޒައިނަށް ބަދަލުކޮށްފަ އެވެ.
އާ ރެސްޓޯރެންޓާ އެކު އާ ފްލޭވާތަކުގެ އައިސްކްރީމް ވެސް ލިބޭނެ ކަމަށް މޫވެންޕިކުން ބުންޏެވެ.
މޫވެންޕިކުގެ އާ އައުޓްލެޓެއް ކްރޮސްރޯޑްސްގައި ވެސް ވަރަށް އަވަހަށް ހުޅުވަން ދަނީ މަސަައްކަތް ކުރަމުންނެވެ.