11 މެއި 2025 - 22:03
ބާސެލޯނާ (މެއި 11) - ރެއާލް މެޑްރިޑް ވަރުގަދަކޮށް ފެށި އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ފަހަތުން އަރައި 4-3 އިން މޮޅުވެ، ލީގު ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި އެވެ.
މިއީ ބާސެލޯނާ މި ސީޒަންގައި ރެއާލް މެޑްރިޑްގެ މައްޗަށް ގަދަވި ހަތަރުވަނަ މެޗެވެ. ލީގުގެ ދެ މެޗު ކާމިޔާބު ކުރި އިރު، ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުން ވެސް ވަނީ ރެއާލް ބަލިކޮށް ތަށި އުފުލާލައިފަ އެވެ.
ރެއާލް ވަނީ މިރޭ ކުޅުނު މެޗުގެ 14 މިނިޓުތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފަސްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ލީޑު ނަގައިދިން އިރު، ނުވަ މިނިޓު ފަހުން އޭނާ ވަނީ ދެވަނަ ގޯލެއް ޖަހައި ރެއާލްގެ ސަޕޯޓަރުންނަށް އުންމީދު ހޯދައިދީފަ އެވެ.
ނަމަވެސް ބާސެލޯނާ ވަނީ ފަހަތުން އަރައި މި ހާފު ނިމުމުގެ ކުރިން ހަތަރު ގޯލު ޖަހައި ރެއާލް ސިއްސުވާލައިފަ އެވެ. އެގޮތުން 19 ވަނަ މިނިޓުގައި ކޯނަރެއްގައި އެރިކް ގާސިއާ ފަރަގު ކުޑަ ކޮށްދިން އިރު، 32 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ ލަމީން ޔަމާލް އެެވެ. ބާސާގެ ފަހު ދެ ލަނޑު 34 ވަނަ މިނިޓާއި 45 ވަނަ މިނިޓުގައި ޖަހައިދިނީ ރަފީނިއާ އެވެ.
މެޗުގެ 70 ވަނަ މިނިޓުގައި އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ނަމަވެސް، ރެއާލް ކޮޅަށް ނަތީޖާ އަނބުރައެއް ނުލެވުނެވެ.
މި މެޗުން މޮޅުވެގެން، ދެ ވަނައިގައި އޮތް ރެއާލަށް، އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓަކާ ގާތަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މި ނަތީޖާއާ އެކު ބާސެލޯނާ މި ވަނީ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.
ކޮންމެ ޓީމަކަށް ވެސް ބާކީ ތިން މެޗު އޮތް އިރު، ބާސާ އެއްވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައި ވަނީ 75 ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާޕާ ޕެރޭޒް
12 May 2025
އެލް ކްލެސިކޯ މެޗެއްގައި މިހާތަނަށް ރެފްރީއެއްގެ ފަރާތުން ފެނުނު އެންމެ ފީކަޅާ ފާޅުކަން ބޮޑުކޮށް ރެއާލް ކޮޅަށް ޖެހިގެން ގިނަ ނިންމުން ތަކެއް ނިންމުމުންވެސް މޮޅު ނުވެ ލީގު ގެއްލިގެން ދިޔަ ތާރީހީ މެޗެއް. ޖެހިޖެހިގެން ހަތަރު އެލް ކްލެސިކޯގައި ބަލިވެ ކޮޕާޑެލްރޭގެ ދެވަނައަށް ދިން ދޮލަނގާއި އެކު ސީޒަނެއް ނިންމާލުމަކީ ރެއާލް ގައި އެތިބަ ސްޕަރ ސްޓާރުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް
ރަދީފްއޮފިޝަލް / ވިސްކައެލް ބާސާ
12 May 2025
މަރުހަބާ ދުނިޔޭގެ އެންމެ ގަދަފަދަ ޓީމް.ވިސްކައެލް ބާސާ.ޕުތަ މެދްރިދް.
އާކުކުޅު
11 May 2025
މިދިޔަ ސީޒަންގައި ރެއާލުން ބާސާ ބަލިކުރި ހަތަރު މެޗުން، އެހެންވީމަ ތިޔަ މާ ފޯރި އަރައިގެން އުޅޭވަރު ކަމެއް ނޫން
މެދްރިޑް ކުކުޅު.
12 May 2025
އަނގައިން ކަލޭ ދެރަނުވާތި.ރެއާލް ނިންމާލަން ޖެހެނީ ހުސްއަތާ ދޯ.
އަހުމިއްޓޭ
11 May 2025
އަދި ކޮބާ ބާސާއިންޖެހި އެހެން ގޯލްތައް. ކޮންމެވެސް ކަމަކާއި އެގޯލުތައް ގަބޫލުނުކުރި ނަމަވެސް ރެއާލްގެ ކުޅުންތެރިން ވާނުވާގަ ބައިތިއްބާފަ ޖެހި ގޯލްތަކެއް. ކޮބާތަ އޮފިޝިއަލް.
ރަދީފްއޮފިޝަލް /
12 May 2025
ސާބަހޭ ބްރަދާ