ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މާރިޔާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
14 މެއި 2025 - 10:17
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" އަށް ބުޅާތައް ގެންދެވި ހިނގައިގަންނަން ފެށުމުން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ހުޅުމާލެ 2 ގައި ހަދާފައިވާ ބުޅާ ފެސިލިޓީއާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ.
އޮޅުހިޔާ އޭގެ ފުލް އޮކިއުޕަންސީގައި ހިންގާނެ އިރު ދާނެ ހަރަދާ ގުޅޭ ގޮތުން ސުވާލުކުރުމުން މާރިޔާ ވިދާޅުވީ، ފެސިލިޓީ ހިނގައިގަތުމަށް ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި އެ ތަނަށް 1.8 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.
އަދި، ފެސިލިޓީއަށް ބުޅާތައް ގެނެސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން މަހަކު 368 ރުފިޔާ [ބުޅަލަކަށް] ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވިގޮތުގައި، މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވިއިރު، އެ ތަން އޮތީ ރައްކާތެރިކަމާއެކު ބުޅާ ގެންގުޅެވޭނެ ހާލަތެއްގައެއް ނޫނެވެ. އެކަމަކު، އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ މަގުތަކުގައި އުޅުނު 30 ބުޅަލެއް ވަނީ އޮޅުހިޔާ ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށެވެ. ފެސިލިޓީގެ ކަންކަން ފުރިހަމަ ވުމުން މާލޭ މަގުތަކުގައި އުޅޭ ހުރިހާ ބުޅަލެއް އެ ތަނަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ފެސިލިޓީ ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅުހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ. ސިޓީ ކައުންސިލާއި މިނިސްޓްރީގެ ދެބަސްވުންތަކަށް ފަހު، އެ ތަނުގައި ހުރި ތަކެއްޗާ އެކު، މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެ ފެސިލިޓީ ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮބްލޫ
16 May 2025
"ބިމަށް ވެއްޓޭ ކާއެތިކޮޅެއްގެ ވެލިފޮޅާލައިގެން ނުކެވޭ ހާލާތެއްގައިނަމަ އެ އެއްޗެއް ކޮންމެވެސް ހައިވާނަކަށް ކާންދޭން މާތްރަސޫލާ އިރުޝާދުފުޅު ދެއްވާފައިވާކަން، ދަންނަބޭކަލުން ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާނެއެވެ. އަދި އެތަނެއްގައި ޖަނަވާރު ދިރިއުޅެ އެތަނަކުން އެ ތަކެއްޗަށް އޯގާތެރިކޮށް ހިތޭހައި ހިނދަކު އެތަނަކަށް ޚާއްޞަ އިލާހީ ރައްކާތެރިކަމެއްވެސް އޮންނަކަން ދަންނަބޭކަލުންނަށް ވަންހަނާވެވަޑައެއް ނުގަންނަވާނެއެވެ."
ދީނާ ކާޑު ނުކުޅޭ މިނިސްޓާ
16 May 2025
ތިޔަކު ނޯންނާނެ ބުޅާ ކޮށި ހަދާ އެޖަނަވާރު ބަބްދު ކޮއްގެން އުޅޭކަށް. އިސްލާމް ދީނާ އެއްކޮތައް ތިކަން ކުރަންޔާ ހަމަ އޮންނާނީ ބުޅާ ތަކައް މިނިވަންކަން ދީފަ ފަޅު ރަށަކަށް ލުން.
ފޮނިޓައްޕު ހަސަނު
15 May 2025
ވިއެޓްނާމް، ކެމްބޯޑިއާ ފަދަ ގައުމުތަކުގައި ބުޅާމަހުން ވަރަށް މީރު ކާނާތައް ތައްޔާރުކޮށް އުޅޭ. ވީމާ ރައްޖޭގައި ގިނަވެގެން އުޅޭ ބުޅާ ވިއެޓްނާމް ފަދަ ގައުމަކަށް އެކްސްޕޯޓްކޮށް ލުމުން ދައުލަތުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ސަލާމަތް ކޮށް ލެވޭނެ.
ބަހުލޫލު
16 May 2025
ދީނާއި ދުރު ކޮމެންޓެެއް. އިސްލާމް ދީނުގައި ވަނީ ބުޅަލަށް ހެޔޮކޮށް ހިތަން. އެތަކެތި މެރުން ނުވަތަ ކަތިލުމަކަށް ހުއްދައެއް ނެތް. ކަތިލުން ހުއްދަ ވަނީ މަސްކެއުން ޙަލާލު ތަކެތީގެ.
ޑޯގް
15 May 2025
ނިއުޒީލެންޑް ކަހަލަ ކޮރަޕްޝަން ކުޑަ، ރަނގަޅު ވެރިކަން ހިންގާ، ތިން ބާރު ވަކިވެފަ ހުންނަ ގައުމުތަކުގައި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުދިގެން ބުޅަލާ ކުއްތާގެ ހައްގު ގައި އުޅުނަސް މިތަނުގެ ވެރިންގެ ކޮރަޕްޓުކަމާ ހެދި ރައްޔިތުން އަދިވެސް އެންމެ އަސާސީ ހައްގުތައް ވެސް ނުލިބިގެން ބޯތަޅަނީ. މާރިޔާ ގެޓް ޔޫސްޑް ޓު އަވަ ރިއަލް ސިޗުއޭޝަން!!
ލިމިޓެޑް މެންޓަލް
15 May 2025
މިބިސްޓަރޭ މިއަދު މިޔަށް ކޮމެންޓް ކުރަނީ ލޮލް
އަންސިވިލައިޒްޑް
15 May 2025
ހަޖަމެއް ނުވިދޯ؟
އެނިމަލް ފެސިލިޓީ
15 May 2025
ހިއުމަން ރައިޓުސް އޮޅާލަަފަ މިސަރުކާރުން ފޯކަސް ކުރަނީ އެނިމާލް ރައިޓްސް އަށް
އަޖާބު ހީވޭ!
15 May 2025
ބުޅަލަކަށް ނުވަތަ ޖަނަވާރަކަށް ޚަރަދެއް ކުރަންޏާ އެދެމެދަށް ރައްޔިތު މީހާ ވައްދަން ޖެހޭތޯ. ބަލަ އެވެސް ކުރަންޖެހޭ ޚަރަދޭ. ބުޅަލަށް އެކުރާ ޚަރަދު ރައްޔިތު އެންމެންގެ ބޯތަކަށް ބެހީމާ ބޮލަކަށް 5ރުފިޔާވެސް ނުޖެހޭ. ދިވެހީންގެ ގިނަމީހުން ހަމަ އަމިއްލަ އެދުން ބޮޑީ.
ސަނޭ
15 May 2025
އަޖާބު ހީވޭ! ދައުލަތުގެ ބަޖެޓުން ވަކި ލާރިއެއް ވެސް ބޭކާރު ކުރާކަށް ނުޖެހޭ. ބުޅާތައް ފަޅު ރަށަކަށް އަޅާށޭ
މީދާ ފެސިލިޓީ ހަދާ ދެން
15 May 2025
މަބުނީ… ބުޅާ ފެސިލިޓީ ގޮތައް މީދާ ފެސިޓީ ވެސް ހަދަން ވީނު؟ އެވެސް ޖަނަވާރެއް. އަޅާލަން ވާނެތާދޯ މާރިޔާ މެންގެ ވިސްނުމާ ލޮޖިކުން ބަލަންޏާ. ދެން ކޮތަރާ ކާޅުތަކައް އަނެއް ފެސިލިޓީ. ދައުލަތުގެ ބަޖެޓުގެ %50 ޖަނަވާރު ފެސިލިޓީ ތަކަށް. މިގައުމުގެ އިންސާނުން ތައް ދެން ހާލުގައި އުޅެދާނެތާ. އަނެއްހެން މުއިއްޒު ވެސް އެހެރީ ތިން ބާރު އެއްކޮއްގެން ރަސްކަމަކާ ދިމާލަށް ވިއްޔަ ހިފާފަ. އެހެންވީމަ ރައްޔިތު އިންސާނާގެ ވޯޓު ވެސް ބޭނުމެއް ނުވާނެތާ ދޮ؟
ވަޒީރު އައުޓް
15 May 2025
ދެން މިހާރު ދީނީ ކާޑު ކުޅެނީ ބުޅަލަށް އަޅާލާ އޯގާތެރިވާން ދީނުގަ އޮވެޔޯ. އެވެސް ބުޅާ ކޮށި ހަދައިން ކަޓު ނަގަންވީމަ އެތަން ކޮޅު ފެނުނީ. ދީނުގައި ނޯންނާނެ ބުޅާ ކޮއްޓަކަށް ލާކަށް ބަންދުކުރާކަށް. އޭގެން އުނދަގޫ ވަންޔާ އާއްމުކޮއް އިންސާނުން ދިރި ނޫޅޭ ތާކަށް އޭއްޗިސް ގެންދަން ޖެހޭނީ އެއީ ޖަންގަޔެއް ވިޔަސް ފަޅު ރަށެއް ވިޔަސް.
ޕުރިންސް ބިން ބުޅާ
15 May 2025
ދިރޭ ތަކެއްޗަށް އޯގާވެރިވާން ދީނުގައި އޮވޭ. އޭގެ މާނައެއް ނޫން އެތަކެއްޗާ ހެދި އިންސާނުންގެ އާއްމު ދިރިއުޅުމަށް އުނދަގޫވެ، ދިރިއުޅޭ ވެށި ތަގައްޔަރު ވީމަ އަޅާނުލާށެކޭ. ބުޅާތައް ކޮއްޓެއްގައި ބަންދު ނުކޮށް ފަޅު ރަށަކަށް ގެންގޮސް ފުރީ ކޮއްލުމަކީ އެންމެ ރަގަޅު ގޮތް. މާތްﷲ އެތަކެތީގެ އެމާހައުލުން ކައިބޮއި އުޅޭނެ ގޮތް ވަނީ ލައްވާފަ. ވައްސަލާމް
ހޮނޑައިދޫ
15 May 2025
މެޑަމް… އިހަކައް ދުވަހު ސަން ޝިޔާމު އަތުން މެޑަމް އަތުލި ރަށަށް ތި ބުޅާތައް ގެންދަން ވީނު؟ ދެން މެޑަމް ގޮސް އެތާ ހުރޭ ބުޅާ ބަލަހައްޓަން. ދެން އެތާ ހުރެގެން ތީސިސް އެއް ލިޔެލާ ބުޅާ ކޮއްޓާ ބެހޭ ގޮތުން. ބުޅާ ނަޖިހުން ތަރަވެފަ އޮންނަ މާލެއަށް ވުރެ މާ ހިތްގައިމު ވާނެތާ. އެހެންޔަ އެންމެ 30 ބުޅާ ވިއްޔަ ތި ގެންދެވުނީ މާލެ މަގުމަތިން. ހުސް ނަޖިސް މަގުތަކުގައި ދުވާ ނުބައި ވަހުން ނޯއް ދަމާލަން ނުކުރޭ.
ލަގަބް
15 May 2025
އަޅުގަނޑަކީ ކުރިން ތައުލީމީ މަތީ ފާސް ނަގާފަ ތިބޭ މީހުންނަށް ވަރަށް އިހުތިރާމް ކުރި މީހެއް. އެކަމަކު މިސަރުކާރު ކެބިނަޓްގައި ޑޮކްޓަރު ޖަހައިގެން ތިބި މީހުން ނާ ހެދި މިހާރު ވަރަށް ފޫހިވޭ.