ބުޅަލުގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ބުނި ގޮތުގައި، މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅަލުގެ އަދަދު 3،000 އަށް ވުރެ ގިނަ.
މާލޭގެ މަގުމަތީގައި އުޅޭ ބުޅަލެއް: "ހާލުގައި ޖެހިފައިވާ" 15 ބުޅާ މިދިޔަ އީދު ޗުއްޓީ ތެރޭ އޮޅުހިޔާއަށް ގެންގޮސްފައިވޭ.-- ފޮޓޯ: ދި އެޑިޝަން
07 އެޕްރީލް 2025 - 10:52
މަގުމަތީގައި "ހާލުގައި ޖެހިފައިވާ" 15 ބުޅާ މިދިޔަ އީދު ޗުއްޓީ ތެރޭގައި އޮޅުހިޔާއަށް ގެންގޮސްފައިވާ ކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ބުނީ މަގުމަތީގައި "ހާލުގައި ޖެހިފައިވާ" އިތުރު 15 ބުޅާ، އީދު ޗުއްޓީގައި "އޮޅުހިޔާ" ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ފެސިލިޓީއަށް މަދުވާ ސާމާނުތަކާއި ބުޅާ ބައިތިއްބާނެ ކޮށިތައް ރަނގަޅުކޮށް، އިތުރު ބުޅާ ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި 15 ބުޅަލާ އެކު، މި ވަގުތު އޮޅުހިޔާގައި ޖުމްލަ 30 ބުޅާ ގެންގުޅެ އެވެ.
"އަލަށް ސަލާމަތްކުރެވުނު މި ބުޅާތަކަށް، ފުރަތަމަ ބެޗުގައި ގެނައި ބުޅާތަކާ އެކު، އެއަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން މި އަންނަނީ ދެމުން. އަޅުގަނޑުމެންގެ މަސައްކަތް ފުޅާކުރުމަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް މި އަންނަނީ މަޑުމަޑުން ހޯދަމުން. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، މަގުމަތީގައި އުޅޭ އިތުރު ބުޅާތައް މިތަނަށް ގެންނާނަން،" މިނިސްޓްރީން ބުންޏެވެ.
ބުޅަލުގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ބުނި ގޮތުގައި، މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅަލުގެ އަދަދު 3،000 އަށް ވުރެ ގިނަ އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، އެ ފެސިލިޓީގައި އެއްފަހަރާ 3،000 ބުޅާ ބެލެހެއްޓޭނެ އެވެ.
We’re now caring for 30 rescued stray cats, thanks to recent upgrades like a reinforced net cover to keep our littlest escape artists safe. Every improvement helps us save more lives! 📷 #CatRescue #AnimalShelter pic.twitter.com/X4368S4TNw
— Ministry of Agriculture and Animal Welfare (@MAAWmv) April 6, 2025
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ފެސިލިޓީ ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅުހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ. ސިޓީ ކައުންސިލާއި މިނިސްޓްރީގެ ދެބަސްވުންތަކަށް ފަހު، އެތަނުގައި ހުރި ތަކެއްޗާ އެކު، މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެ ފެސިލިޓީ ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ.
އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެ އެވެ. އެއީ ޖަނަވާރުނަގެ ހާއްސަ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އުޅޭނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނަ
07 April 2025
މަގުމަތިން ހިގާލާފަ ދެވޭކަށްނޯވޭ ބުޅާ ފަހަތުން އަންނަވަރުން.
އަފްރާސިޔާބު
07 April 2025
މިރާއްޖޭގައި އިންސާނުންނަށް ބުޅަލުގެ ދަރަޖައަށްވުރެވެސް ދަށު ދަރަޖައެއް މިދެނީ. 10 ބާރަ މީހުން އެއް ކޮޓަރިއެއްގައި ނިދާއިރު ކޮންމެ ބުޅަލަކަށް ވަކި އެދެއް ހުރޭ. އެއްވެސް ކަމެއް ނުކޮށް ކާން ބޯން ބޭސް ލިބޭ.
މީ ކޮންކަމެއް. މިހާރު ކޮތަރުތަށް ތިބެނީ ބިތްޖެހިފަ.
07 April 2025
މާ މީހުނަށް އަޅާލާ ބަޔެއްކަން ދައްކަން، އިހަކަށް ދުވަހު އަޑު އެހިވާހަކަ އަކުންވެސް، އަހަރުމެންތެރޭ އިންސާނިއްޔަތުކަން ހުރިވަރު އަޑުއިވިފަ ގިސްލަން.
ދަކައިތު
07 April 2025
ތިޔަ ބުޅާތައް ޙާލުގައިޖެއްސި މީހުން ގޮވައިގެން ދަޢުވާ ކުރަންކެހޭނެ. ބުޅާތައް ޙާލުގައި ޖެހުފައިވާކަން އެނގުނީ ކިހިތެއްކަން ބުނެލި ނަމަތާދޯ. ހިއުމަން ރައިޓްސް އަކުން ތިޔަކަމަކަށް ބުނާނެބަހެއް ނެތްތަ.
ކުދުބެއްޔާ
07 April 2025
މަގުމަތީގައި "ހާލުގައި ޖެހިފައިވާ" 15 ބުޅާ މިދިޔަ އީދު ޗުއްޓީ ތެރޭގައި އޮޅުހިޔާއަށް ގެންދިއުމަކީ މުޅި ދުނިޔޭގަވެސް ހިންގުނު މިބާވަތުގެ އެންމެ ބިޔަ މަޝްރޫއު ކަންނޭގެ!!!!!!
ޑރ ވާންޗޯ
07 April 2025
30 ބުޅާ މީހަކުއަޅެފަހެ ހޭދެބައި ނުވާނެތަ؟.
އަޅި އަލީ
07 April 2025
ތަންކޮޅެއް ރީއްޗަށް ސުރުހީ ލިޔެލާ! ޓާސިއަރީ ފެންވަރުގައި 15 ބުޅަލުގެ ބެލެނިވެރި ކަމާ ދިވަހި ދައުލަތުން ހަވާލުވެއްޖެ! ވަރަށް ބޮޑުކަމެއް މިކުރެވުނީ! މަދުވެގެން އުޅޭ 15 ބުޅާ މިއީ!
އާދަނުި33
07 April 2025
ނުވިހާބޭސް ކާންދީފަ ބައިތިއްބަންވީ..
ޚަބަރޭ
07 April 2025
މަގޭ ގޯތި ދޮށުގައި ދޭތި އެބަ އުޅޭ 10 އެތި ވިހާއިގެން! މިހާރު ޓީމެއް ހަމަވާން އުޅެނީ އަދި އެކަތި ލިބިގެން ކަމަށްވާތީ އޮޅު ހިޔާގެ ރައީސަށް ލޭޓަރ އެއް ވައްޓާލައިގެން މި އުޅެނީ! އަދި ޚަބަރެއް ނުވޭ
ހައިދދރު
07 April 2025
ތިތާ ގިނައީ ސިޔާސީ ފަރާތްތަކާ ގުޅިފަވާ ބުޅާތައް