ކްރިމިނަލް ކޯޓު: ފަނޑިޔާރަކަށް ހަމަލާދިން މީހަކު ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 މެއި 2025 - 17:31
ފަނޑިޔާރަކާ މެދު މާރާމާރީ ހިންގި މައްސަލައެއްގައި ކްރިމިނަލް ކޯޓުން ފަސް ދުވަހަށް މީހަކު ބަންދުކޮށްފި އެވެ.
ކޯޓުން އިއްޔެ ބަންދުކުރީ ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ބަންދު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފަނޑިޔާރަކާ މެދު މާރާމާރީ ހިންގުން ކަމަށާއި އޭނާ ފަނޑިޔާރަކާ މެދު މީގެ ކުރިން ވެސް މާރާމާރީ ހިންގާފައި ކަމަށެވެ.
އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް، އޭނާ ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހެކިންގެ ހެކިބަސް ހިމެނެ އެވެ.
އެހެންވެ، އޭނާ ބަންދުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް އަމުރުގައިވެ އެވެ.
އޭނާގެ ބަންދަށް ފަސް ދުވަސް ދީފައި ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރުމާން
15 May 2025
ނެޕޯ ބޭބީ އެއް ނަމަ ފަނޑިޔާރަށް 5 ދުވަސް ޖެހީސް.
ހަޖާމްބެ
14 May 2025
މަޖިލިސް މެމްބަރުންވެސް 5 ދުވަހަށް ބަންދުކުރަންވީނު.