ޚަބަރު / މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

ބަންކަރިން ހިދުމަތުން މިހާތަނަށް 7 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ބަންކަރިން ހިދުމަތުން މިހާތަނަށް 7 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވިދާޅުވި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި މިރޭ ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށި ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ 114 މިލިއަން ރުފިޔާ އެވެ.

"ގާތްގަނޑަކަށް ފަސް މަހާ ދުވަސްކޮޅެއް މިވީ [ބަންކަރިން ހިދުމަތަށް]. ކުޑައެއް ނޫނެއް ނޫންތޯ [7.4 މިލިއަން ޑޮލަރު]،"

ސަައީދު ވިދާޅުވި ގޮތުގައި އެ ހިދުމަތަށް ލިބުނު 7.4 މިލިއަން ޑޮލަރުގެ 95 ޕަސެންޓް އާމްދަނީ ލިބުނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ބަންކަރިން މެދުވެރިކޮށެވެ.

"މި ދެންނެވީ ވީއެލްއެސްއެފްއޯ ކިޔާ ޕްރޮޑަކްޓެއް ދިވެހިރާއްޖެއަށް މުޅިން އަލަށް. ލޯ ސަލްފާ އޭ ކިޔާ، ދިވެހިރާއްޖެއަށް ދުވަހަކު ވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މި ދެންނެވި 7.4 މިލިއަނުގެ 95 ޕަސެންޓަކީ ވީއެލްއެސްއެފްއޯ ބަންކާ ކޮށްގެން ހޯދި ފައިސާ." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންކަރިންގެ ހިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނަ ކަމަށާއި ސަރުކާރުން ދަނީ އެކަމާ ގުޅޭ ގާނޫނުތަކާއި ދައުލަތުގެ ތެރެއިން އިންތިޒާމުތައް ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކުރަމުން ކަމަށެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.

އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ފޯރުކޮށްދެނީ ލޯ ސަލްފާ ފިއުލް އެވެ.

29 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 4%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 35%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަދު ސަލީމް

16 May 2025

އެހެންވެގެންތާ މާ ޑޮލަރު އަގުހެޔޮވެގެން މިއުޅެނީ، މިއަދުވެސް އެންމެ 19.25 އަށް ޑޮލަރ ވިއްކާތީ ޑޮލަރު ގަންނަން މީހުންގަޑު ކިޔުޖެހިގެން އުޅޭތަންފެނޭ.

The name is already taken The name is available. Register?

ބާޒީގަރު

15 May 2025

ބަންކަރިންއާއެކު އުޅެން ދަސްކުރަންޖެހޭ.

The name is already taken The name is available. Register?

ބަންކަރު އައްޔާ

15 May 2025

އަނެކަކު ކަނޑާލި ފަހުން 1 ބޯޓު ވެސް ވަން ކަމަށް އެނގިފައިނުވޭ؟ ކަލޯ 7 ލިބުނީ ހުވަފެނުންތަ

The name is already taken The name is available. Register?

ފަރަންޖީ

15 May 2025

އާމްދަނީ 7 މިލިއަން ޑޮލަރު ލިބުނި އިރު ޚަރަދުވިވަރެއް މިހާރުން ސާފުކޮށްލިނަމަ؟ އާމްދަނީ ބޮޑުވެދާނެ %2 ޕްރޮފިޓުގަވެސް.

The name is already taken The name is available. Register?

ޓިނު

15 May 2025

ތިލިބޭ ފައިސާއިން ކުރާކަމެއް ނުފެނޭ.

The name is already taken The name is available. Register?

ސައީދު 400

15 May 2025

400 މިލިއަން ލިބެން 57 އަހަރު ނަގާނެ ދޯ، އެހެންވީމަ.

The name is already taken The name is available. Register?

ޢަލްޓިކޯ

15 May 2025

ސަރުކާރު ކުންފުނި ތަކުގަ ހުރި ހުރިހާ ބޯޓެއް ތިލަފުށި ފަޅުގަ އަޅަންފެނޭ ޑޮލަރު ހޯދަން..ތިބުނާ ބަންކަރިން ޖައްސާ ބޯޓް ތިލަފުށި ފަޅުގަ ބާދަގަޑަށް ވެފަ އޮންނަތާ ކޮންދުވަހެއް ދެން ކޮން ތަތްދިހަ މިލިޔަނެއް ލިބޭނީ ...

The name is already taken The name is available. Register?

ފުންފެން

15 May 2025

ބަލަގަ، ތިކަން އެނގޭ ރައްޔިތެއް ނެތެއްނު، ކިތައް މީހުންނަށް ވަޒީފާ ލިބުނީ، ކުރިން ބުނި އެތިވެސް އޮތީ ބޮލަށް ގޮވާފަ

The name is already taken The name is available. Register?

ޑރ ވާންޗޯ

15 May 2025

އަހުންއަތުގަ އެބަހުރި ކަޅުހަން، އޭގަ ބަންކަރިންއަށް ލޯސުގަރ ޖޫސް ފޮނުވާދީފާނަން. މުޅިންއަލަށް.

The name is already taken The name is available. Register?

އެކްސްް

15 May 2025

އެކަމަކު ކުރިން ބުނީ އަހަރަކު 400މިލިއަން ޑޮލަރު ލިބޭނޭ.. މިރޭޓުން ދަންޏާ 400 މިލިއަން ޑޮލަރު ހަމަކުރެވޭނީ 27 އަހަރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454