އިމިގްރޭޝަން އޮފިސަރުންތަކެއް: އެތަނުގެ ވަޒީފާއަށް ގިނަ ބަޔަކު ނަގަން އިންޓަވިއު އަންނަ ހޮނިހިރުދުވަހު ކުރިއަށް ގެންދާނެ.
19 މެއި 2025 - 12:28
މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން "ވޯކް އިން އިންޓަވިއު" އަންނަ ހޮނިހިރުދުވަހު ބާއްވަން ނިންމައިފި އެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00އަށް ގަލޮޅު ސްކޫލުގައި ކަމަށެވެ.
- އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑީ" ލިބިފައި ވުމާ އެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހިން ދަށްވެގެން "ސީ" ލިބިފައިވުން
- ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން
- އިއުލާނުގެ މުއްދަތު ހަމަވާ ދުވަހަށް އުމުރުން 40 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން
އިމިގްރޭޝަނުން އޮފިސަރުން ހޯދަން އިއުލާންކޮށްފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމާ ދިމާކޮށެވެ. ސަރުކާރުން އަންނަނީ އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމަން މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމްބޯލް
19 May 2025
ހަސަނަށް ވަޒީފާއެއް. ތަޖުރިބާއަކީ މަގުމަތީގައި މާރާމާރީ ހިންގުމާއި - ކުށުގެވެއްޓަށް މީހުން ތަމްރީނުކުރުން. އިލްމެއް ހިލްމެއް ނެތަސް، ދަން ނިކަން ގިނަމީހުން ސިޔާސީ މަގާމުގައި ތިބޭތީ - އަހްމަދު ކިޔަވައިގެން ހުއްޓަސް ދަންނަ މީހަކުނެތް. ޝުކުރުއަދާކޮށް އަތްޖަހަންވީ!!!
ޜޯނު އެދުރު އަލަމާ
19 May 2025
ތިތަނަށްވެސް ވާނެ މަގޭ ދަރިއަކު ވައްދަން. ސަޅި ވަޒީފާއެއް
މުހައްމާ.
19 May 2025
ކިތައް ދަރިންތަ ހޯދައިގެން ތިއުޅެނީ ؟ ތަނަކުން ވަޒީފާއެއް އިއުލާން ކުރާ އިރަށް އެތަނަކަށް ދަރި ވައްދަން ތިއުޅެނީ ؟
ދެކެ ދެކެ ވެސް
19 May 2025
މުހައްމާ އިސް މައިން