ޔާމީންގެ ވެރިކަމުގައި، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ ލިއުން، ޣައްސާނާ ހަވާލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
19 މެއި 2025 - 16:41
ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގައި އެ މަނިކުފާނާ އެކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކަންތައް ކުރެއްވި ގޮތާ މެދު ދެރަވާ ކަމަށް ކުރީގެ ރައީސް އަދި ޣައްސާންގެ ބޮޑުބޭބެ، އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ޕީއެންއެފުން ބޭއްވި ޖަލްސާގައި މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސް ލީޑަރުން ދެއްވި ޕްރެސް ކޮންފަރެންސްގެ ރެކޯޑިން ދެއްކުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ފިޝަރިޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެ ބޭފުޅުން ތިއްބެވީ "ރައީސް ޔާމީނާ އެކު ވަރަށް ސާބިތުކަމާ އެކު ކަމަށް" އެ ވީޑިއޯގައި ވިދާޅުވެފަ އެވެ.
ވީޑިއޯއާ ގުޅޭ ގޮތުން ޔާމީން ރޭ ވިދާޅުވީ، އެ މަނިކުފާނު އެންމެ ހިތްހަމަޖެހިވަޑައިނުގަތީ އަދި ދެރަފުޅުވީ ވެސް ޣައްސާންގެ ވާހަކަތަކާ ގުޅިގެން ކަމަށެވެ. އެއްވެސް ޝަރުތެއް ނެތި، ޣައްސާން އެކުގައި ހުންނަވާނެ ކަމަށް ކަމަށް އުއްމީދު ކުރެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ.
ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި ނަމަ އެކަހަލަ ވާހަކަތަކެއް ދެއްކެވުމަށް ފަހު، ޑިފެންސް މިނިސްޓަރުގެ މަގާމުގައި ޣައްސާން ހުންނެވުމަކީ އިތުބާރު ގެއްލޭނެ ކަމެކެވެ.
"އަޅުގަނޑު ގަބޫލުކުރިން އެއީ ހަމަ އެއްވެސް ކަހަލަ ކޮންޑިޝަނެއް ނެތި އަޅުގަނޑާ އެކު ހުރި ބޭފުޅެއް ކަމަށް. އާއިލާގެ ގާތްތިމާގެ ކަމުގެ ލޭގެ އިތުރުން ޑެޑިކޭޓެޑް އަދި ވަރަށް ޑިވޯޓެޑް، އެކަމަކު އެ ވަރުގެ ވަރުގަދަ ވާހަކަފުޅުތައް ރައްޔިތުންގެ ކުރިމަތީގައި ދައްކަވާފައި މިއަދު ޑިފެންސްގެ މަގާމުގައި ހުންނެވީމަ ރައްޔިތުން އިތުބާރެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި، ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތުހުމަތުތަކަކާ އެކު ޖަލަށް ލި އިރު ވެސް ޣައްސާން ހުންނެވީ ޔާމީނާ އެކުގަ އެވެ.
އިދިކޮޅު ޕީޕީއެމުން މާލޭގައި ބޭއްވި ޖަލްސާގައި ޣައްސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޔާމީން ރޭ އިޝާރާތް ކުރެއްވި ވީޑިއޯގައި ވެސް ޣައްސާން ވިދާޅުވެފައި ވަނީ އޭނާ ކުރިއަށް އޮތްތަނުގައި ވެސް ސިޔާސީ މައިދާނުގައި ހުންނަވާނީ ޔާމީނާ އެކު ކަމަށެވެ.
ޣައްސާންގެ އިތުރުން ދެން މާޔޫސް ވަނީ މިނިސްޓަރު އާދަމް ޝަރީފްގެ ވާހަކަތަކުގެ ސަބަބުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އާދަމް ޝަރީފް ބޭފުޅަކަށް ހައްދަވައިދެއްވީ އެ މަނިކުފާނު ކަމަށް ޔާމީން ވިދާޅުވި އެވެ.
"ވަރަށް ޑިސްއެޕޮއިންޓްވޭ އާދަމް ޝަރީފް މިގޮތަށް މި ވާހަކަ ދެއްކުމުން. އާދަމް ޝަރީފް އުފެދިގެން އައިސް ޑިފެންސް މިނިސްޓަރަކަށް ހަދައި މިހުރިހާ ކަމެއް ކުރީ އަޅުގަނޑު،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު އެ ދެބޭފުޅުން ފިޔަވައި ދެން ތިއްބެވީ ސިޔާސީ ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ ވާހަކަތަކުން ދެރަފުޅު ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަބްދުއްރަހީމަކީ ސިޔާސީ ބޭފުޅެއް. އެމްޕީ ޝިޔާމަކީ ސިޔާސީ ބޭފުޅެއް. އެހެންވީމަ އެ ބޭފުޅުން އެ ވާހަކަ ދެއްކީމަ އަޅުގަނޑުގެ އެހާ ބޮޑު ހާޓެއް ނެތް އެކަމުގައި. އެކަމަކު ޣައްސާން އެ ކުރެއްވި ކަމަކީ ގަބޫލުކުރެވޭ ކަމެއް ނޫން."
މި ސަރުކާރު އުފެދެންދެން، ޔާމީނާ އެކުގައި ތިއްބެވި ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ބޭފުޅުން އެ މަނިކުފާނާ ދުރަށް ވަޑައިގަތީ، ވެރިކަމުގެ ވަރަށް ކުރީކޮޅު ޔާމީން ކަންކަން ކުރައްވަން ފެއްޓެވި ގޮތުން ކަމަށް އެ ބޭފުޅުން ވިދާޅުވެފައި ވެ އއެވެ. ޕާޓީގެ މަގާމުތައް ބަދަލުކުރައްވައި އެ މަނިކުފާނު ބާރުވެރިކަން ހޯއްދަވަން އުޅުއްވުމާ އެކު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފް އުފެއްދެވީ ވެސް ޔާމީނެވެ.
ޣައްސާނާއި ސެނެޓުގެ އެހެން ބޭފުޅުން ކުރިއަށް ވަޑައިގަތީ ނު ސަރުކާރާއެކުގަ އެވެ.
ޔާމީން ކަން ކުރެއްވި ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޣައްސާން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޕީޕީއެމް ދޫކުރެއްވިއިރު މައްސަލައެއް އުޅޭކަމެއް ވެސް ޔާމީން ވިދާޅެއް ނުވެ އެވެ. ޔާމީން ޕީޕީއެމް ދޫކުރެއްވީ އެއްވެސް ކަމެއް އަންގަވާ ނުލައްވާ ކަމަށް ޣައްސާން ވިދާޅުވެފައިވެ އެވެ.
ޣައްސާން ވިދާޅުވެފައި ވަނީ އޭނާ ފިޔަވައި ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާ އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.
ޕީއެންއެފް އުފެއްދެވި ފަހުން ޔާމީން ގެންދަވަނީ އެ ޕާޓީގެ ބައްދަލުވުންތަކުގައި، ކުރީގެ ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުތާ
20 May 2025
މަނިކުފާނަކީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ރައީސްކަމަށް އެއްވެސް ގޮތަކުން ކުފޫ ހަމަވާ ބޭފުޅެއްނޫން. މިހެން މިދެންނެވީ ކޮޓަރި ޖަލްސާތަކުގައާއި ފުވައްލަކު ޖަލްސާގައި މަނިކުފާނާއި، ގްރޫޕް ދައްކަވަނީ ސިޔާސީ ވާހަކައަށްވުރެ ޒާތީ ހުތުރު ވާހަކަތައް. މި ޤައުމަކަށް ތިޒާތުގެ ވަގެއް އަދި އަނގަހުތުރު ބޭފުޅެއް ބޭނުމެއް ނުވޭ. ބޭނުމީ ނަޒާހަތްތެރި ކަންކަންކުރެވޭ ރަނގަޅު ބޭފުޅެއް. އެއްޗެއް ވިސްނޭނެކަމަށް ހީކުރަން.
ސާނު
20 May 2025
މައުމޫނު އެންމެ ދެރަވީ މައުމޫނުގެ އަމިއްލަ ދަރި މީހަކު ޖަހައިގަނެގެން ގެންދިއުމުން
ހަތީބުގޭ ދަރިން
20 May 2025
މައުމޫން އެންމެ އުފާވާނީ ޣައްސާނު ފެއަށްދިޔާމަ. ސަބަބަކީ މުސްކުޅި އުމުރުގަ އިހްސާންތެރިކަން ހަނދާންނައްތާލާ ޖަލުގަ 7 މަހު ބޭއްވީމަ. ޔާމީނަކީ ހިތްހަރު ފޮނި މީހެއް.
ބައިރޯ
20 May 2025
އެކުދިންވެސް ( މުސްކުޅި ސާރިދޯޅި) ބައްޕާފުޅު ޖަލަށްލީ ހަދާންހުއްނާނެ
ޖިންޓެ
20 May 2025
ޣައްސާން ފެޔަށް ޖެހެން ނުޖެހޭ ސަބަބެއް ޔާމީން ބުނެދީބަލަ. ޅޯބިވާ ބައްޕާފުޅު މުސްކުޅި އުމުރުގަ ގޮޅިއަށް ލީ މީހަކާ އެކީ އުމުރު ދުވަހު އުޅެން ޖެހޭ ސަބަބެއް ބުނެދީބަލަ؟ މަ ހަމަ އަޖައިބު ވެއްޖެ ޣައްސާން ފެޔަށް ޖެހުނު ސަބަބު ޔާމީން އަށް ނޭގުނީމަ
ތަމީރު
20 May 2025
ލާރިއަކީ ހުރިހާވެސް އެއްޗެއް ކަމަށް ދެކުނީމަ މަނިކުފާނު ކައިރިން މީހުން ފެޔަށް ޖެހެން ޖެހުނީ. އަނިޔާވެރިކަން އިންތިހާއަށް ދިޔައިމަ މީހުން ފެޔަށް ޖެހުނީ. ވައްކަމާ ކޮރަޕްޝަން އިންތިހާއަށް ދިޔައިމަ މީހުން ފެޔަށް ޖެހުނީ. މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ކަންކަން ކިޔާ ކިޔާ ހުސް ނުވާނެ
ނިމާލްް
20 May 2025
އަހަރުން ދިވެހީން ދެރަވި ކަންކަން ތިބޭފުޅާއަށް އިހުސާސް ނުވީމަ ވެރިކަމުން ބާލުވާފަ ތިހުރީ
ބަނބުކެޔޮބޮނޑިބަތް
20 May 2025
ގިޔާމަތް ދުވަހު އަމިއްލަ މަންމަޔާ ބައްޕަވެސް ދަރިފުޅާ ދުރަށް ފިލަން ދުވާނެ ކަމަށް އަންގަވާފަ ވޭ. އެއީ އަދި މާ ދެރަ ވާނެ ދުވަހެއް. ހުސްއަތާ އެދުވަހާ ބައްދަލުވެދާނެކަމަށް ދެރަވެ ބިރެއްނުގަނޭތޯ؟ ތިހެން ހަރުގެ ފަޅުފިލުއްވަން ނީންނަވާ. ހެޔޮ އަމަލުތަކެއް ކުރެވޭތޯ ބައްލަވާ. ކާމިޔާބަށް އެދެން އެދުވަހު.
ބަޑިތަކުރު
20 May 2025
އަހަރެން އެންމެ ދެރަވަނީ އެވަރަށް ދައުލަތް ލޫޓްވައި އެތައް ބަޔަކާމެދު ވަރަށް އަނިޔާވެރިކޮށް އަމަލުކުރީމާވެސް މީނާގެ ފަހަތުގައި މަދުމީސްކޮޅެއް ނަމަވެސް ތިބީމައެވެ. ދެން ދުވަހަކުވެސް މިފަދަ އަނިޔާވެރި ކޮރަޕްޓް މީހެއް މިގައުމުގެ ވެރިކަމަށް އައުން މެދުވެރި ނުކުރައްވާށިއެވެ. އާމީން.
އެޑްމުންޑޯ
20 May 2025
ޔާމީނަކީ ކުރިއަށް އޮތްތާގައިވެސް ދެން ސިޔާސީ ގޮތުން އެއްވެސް އުރެއްޕެއް ހުންނާނެ މީހެއްނޫން ، ވެރިކަމަށް އާދެވޭނެ މީހެއްވެސްނޫން ، ސިޔާސީ ކެރިއަނިމި މަޑުމަޑުން ހިނދިގެންދާތަން ފެންނަނީ ، ކައިރީގެ ތިތިބެ މީހުންގެވެސް ސިޔާސީ ކެރިއަރ ވަނީ ނިމިފައި ، ، ރައްޔިތުންވެސް ބަލާނުގަންނަ ކަމުގެ ހެކި ޕާރޓީގެ މިންބަރުން މިހާރު 2500 އަށް ތިރިވުން ، ޢައްސާނުގެ ސިޔާސީ ކެރިއަރ ނިންމަން ބޭނުންނުވާތީ ފެއަށް ޖެހުނީ ، އެއީ ބުއްދީގެ އަހުލުވެރިން ކަންތައްކުރާގޮތް ،